ތަފާތު ޑިޒައިނެއްގައި ހެދި މީދޫ ބަނދަރު ނިންމާލައިފި

Loading

Facebook
Twitter
WhatsApp

 

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)ން ކުރިން ހަދާފައިވާ ބަނދަރުތަކާ ތަފާތު ޑިޒައިނެއްގައި ހެދި އައްޑޫ މީދޫ ބަނދަރުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި އެކުންފުނިން ތަރައްގީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިނާއި ތަފާތު ހިތްގައިމު ބަނދަރެއްކަމަށެވެ.
ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށްކަން ހަނދާފައިވާ މި ބަނދަރުގައި ވާ އައްސާނެ ކުޅިތަކުގެ އިތުރުން ވާ އައްސާ ބޮލާރޑްވެސް ވަނީ ހަރުކޮށްފައެވެ.

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 36.5 މިލިއަން ރުފިޔާ ހަރަދުކޮށްގެންކޮށްފައިވާ މި ބަނދަރު މަޝްރޫއު
ޕްލޭނިންގ މިނިސްޓްރީން އެމްޓީސީއާ ހަވާލުކޮށްފައިވަނީ ޖޫން 2019ގައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ  ދަށުން މީދޫ ބަނދަރާއި ނެރު ފުންކޮށް 621 މީޓަރުގެ އެއްގަމު ތޮށިލާފައިވާނެކަމަށެވެ. އަދި އެއްގަމު ތޮށި ވަށައިގެން 3125 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ބާޖާއި އުފުލި ފަދަ އުޅަނދުފަހަރަށް ފަސޭހައިން ބަނދަރާއި ކައިރިކުރެވޭނޭހެން ރޭމްޕެއް ހަދާފައިވާނެކަމަށް ވެސް އެކުންފުނިން ބުނެއެވެ. އަދި މީގެ އިތުރުން ނެރުބައްތި ހަރުކުރުމާއި، ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމާއި މޫރިންގ ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކޮށްފައިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް