އައްޑޫ ފްލައިންގ ސްކޫލުން ކިޔަވާ ދަރިވަރުންގެ ލޯންތައް ހަޔަރ އެޑިއުކޭޝަނަށް ބަދަލުކޮށްފި

  އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ސްޓޫޑެންޓް ލޯނު ނަގާފައިވާ 15 ދަރިވަރެއްގެ ލޯނު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން )އެމްއެޗްއީ)ގެ ދަށަށް ބަދަލުކޮށްފި އެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމާއި އެއްގޮތަށް އެމްއެޗްއީ އަށް މި ދަރިވަރުންގެ ލޯނު ބަދަލުވުމުން އެއްވެސް އިންޓްރެސްޓް އެ ދަރިވަރުން ދައްކާކަށް ނުޖެހޭނެކަމަށެވެ. އަދި މލޯނު އަނބުރާ […]

ހޯރަފުށި އެއަރޕޯޓްގެ ދަތުރުތައް އަންނަ ހަފްތާގައި ފަށަނީ

  ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއްވެފައިވާ ހޯރަފުށި އެއަރޕޯޓްގެ ދަތުރުތައް މި މަހު 15 ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނެފިއެވެ. މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ކުޅުދުއްފުށި އެއަރޕޯޓްގެ ޓާމިނަލް އިމާރާތުގެ ދޮރުތައް ވެއްޓި އިމިރާތަށް ގެއްލުންވެފައިވާއިރު އުދަ އެރުމުގެ ސަބަބުން އެއާޕޯޓުގެ ހައިވޭ އަދި ރަންވޭއަށް ވަނީ ވެއްޔާއި ގާ އަރައިފަ އެވެ. އަދި ހޯރަފުއްޓާ ހޯރަފުށީ އެއަރޕޯޓް ގުޅާލާ ކޯޒްވޭއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ގެއްލުންތަކުގެ ސަބަބުން އެއަރޕޯޓަށް ދަތުރުތައް […]

ދައުލަތުން އަނިޔާ ލިބުނު ފަރާތްތަކުން އިންސާފަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ

  ދައުލަތުން އެކިގޮތްގޮތަށް އނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި  އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މި އަންނަ އާދީއްތައިން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ. އެ އޮފީހުން ބުނީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ގެއްލުމާއި ބަދަލު ނަގައިދިނުމަށް އެދޭ ފޯމު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ އޮފީހުން ލިބޭނެ އެވެ. އަދި އެ ދުވަހުން ފެށިގެން މައްސަލަތައް ހުށަހަޅަން ދެ މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އެ […]

ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ލިސްޓް އިއުލާންކުރުން ލަސްކޮށްފި

  މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އިއުލާންކުރުން ލަސްކޮށްފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓު އިއުލާން ކުރުން ލަސްކުރަން ނިންމީ ކޮވިޑް-19 ހާލަތު އިތުރަށް ގޯސްވުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި ތަނުގެ މުއައްޒަފުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ދިމާވި ދަތިތަކެއްގެ ސަބަބުންކަމަށެވެ. އަދި މީގެ އިތުރުން ސްޓޫޑެންޓް ލޯނާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ވީހާވެސް ރަގަޅަށް ބެލުމަށްފަހު ދަރިވަރުންނަށް […]

އަސްލަމާއި ޝިފާވެސް 241 ކޮމިޓީއަށް ހާޒިރުކޮށްފި

    ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޕްލޭނިން މިނިސްޓަރ އަހްމަދު އަސްލަމް އާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހާޒިރުކޮށްފި އެވެ. ސެކިއުރިޓީ ބްރީޗްވި ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ކަމާގުޅޭ މުއައްސަސާތަކުގެ ވެރިންނާއި މުއައްޒަފުން ހާޒިރުކޮށް އެ ކޮމިޓީން އަންނަނީ މައުލޫމާތު ސާފުކުރަމުންނެވެ. މި އިންކްއަރީއަށް ހާޒުރުކުރާ ފަރާތްތަކާއެކު […]

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މަޖިލީހަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ އިންކްއަރީ މައުލޫމާތު ހޯދަން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހާޒިރުކޮށްފިއެވެ. ޝަމާލް މަޖިލީހަށް ހާޒިރުކޮށް 241 ކޮމިޓީން ބޭއްވި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. މިއަދު ހަވީރު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް މަޖިލީހަށް ހާޒިރު ކުރަން ކޮމިޓީން ވަނީ […]

ޑެލިވަރީ ޕާމިޓްތައް އަންގާރަ ދުވަހުން ފެށިގެން ބޭނުންނުކުރެވޭނެ

  ވިޔަފާރިތަކަށް މިހާރު ދޫކޮށްފައިހުރި ޑެލިވަރީ ޕާމިޓްތައް މި ހަފްތާގެ އަންގާރަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފަވަނީ މިހާރު ދޫކޮށްފައި ހުރި ވެހިކަލް ޕާމިޓްތައް ’ސަޕޯޓް ޕާމިޓް’ތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި މިއާއެކު ކުރިން ދޫކޮށްފައިހުރި ވެހިކަލް ޕާމިޓްތައް މިމަހުގެ އަށްވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށެވެ. ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް، ’ސަޕޯޓް ޕާމިޓް‘ އަށް އެޕްލައި ކުރެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ. […]

ޖެޓްސްކީ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

  ށ. އަތޮޅު ފުނަދޫގައި ޖެޓްސްކީ އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ޖެޓްސްކީ ދުއްވަނިކޮށް އޭގައި އައްސާފައި އޮތް ސީބެޑްގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ވިއްސައިގެން ގޮސް ގޮނޑުދޮށުގައި ހުރި ހަޓެއްގެ ތަނބެއްގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ޝުނާން ޝަރީފެވެ. ފުލުހުން ބުނީ ޝުނާން މަރުވީ އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ. […]

ޑިފެންސް މިނިސްޓްރީގެ ނައިބަށް ދައުވާކޮށްދޭން މަޖިލީހުން އެދިއްޖެ

    ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު މިނިސްޓަރު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދޭން މަޖިލީހުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެދިއްޖެ އެވެ. ޒަމީލަށް ދައުވާކޮށްދޭން އެދި މަޖިލީހުގެ ފަރާތުން ޕީޖީއަށް އޮފީހަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލީހުން ފޮނުވި މި ސިޓީގައި އެދިފައިވަނީ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ގާނޫނުގެ ދަށުން ޒަމީލުގެ މައްޗަށް ދައުވާކޮށް ދިނުމަށެވެ. ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އިންކުއަރީއެއް މަޖިލީހުގެ […]

ހުޅުމާލޭގައި ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް ގާއިމް ކުރަނީ

  ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރޭން ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް ގާއިމު ކުރަން ނިންމައިފިއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ މިއީ އެ ކޯޕަރޭޝަނުގެ ހިދުމަތްތަކާއި ފަންނީ އެހީތެރިކަން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރު ކޮށްދިނުމުގެ ގޮތުން ފެށި ”ގޯ ބިޔޯންޑް ހުޅުމާލެ“ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެޗްޑީސީން ބުނީ މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ޑިވެލޮޕަރުންނަށް ފުރުސަތުތައް އިތުރުކޮށްދީ އެ ކޯޕަރޭޝަންގެ މަސައްކަތްތަކުގައި […]