ގައިދީން ފޯނު ބޭނުންކުރުން ހުއްޓުވުމަށް ޖޭމަރު ހަރުކުރަނީ

ޖަލުގައި ތިބޭ ގައިދީން މޮބައިލް ފޯނު ވައްދައިގެން ހިންގާ އަމަލުތައް ހުއްޓުވުމަށް  ޖޭމަރުތައް ހަރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މާފުއްޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށްވުމުން އެތަނަށް މިހާރު ދޫކޮށްފައިވަނީ ހައިރޭންޖްގެ ނެޓުވޯކެއްކަމަށާއި، އޭގެ ނާޖާއިޒު ފައިދާ ޖަލުގައިތިބޭ ބައެއް ގައިދީން ނަގަމުންދާކަމަށެވެ. އެހެންކަމުން މޯބައިލް ފޯނު ބޭނުންކުރުން ހުއްޓުުވުމަށް  ޖަލުގެ މޮބައިލް ނެޓްވޯކް […]

ތަފާތު ޑިޒައިންތަކަކާއެކު ނައިފަރުގައި އިމާރާތްކުރި ހައުސިން ޔުނިޓްތައް ނިއްމާލައިފި

    ސަރުކާރުން އެކިއެކި ރަށްރަށުގައި މިހާތަނަށް ގެދޮރު އަޅަމުން އައި ޑިޒައިންތަކާ މުޅިން ތަފާތު ޑިޒައިނެއްގައި ޅ. ނައިފަރު އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމާލައިފިއެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ތަކަކީ ސަރުކާރުން މި ހާތަނަށް ގެދޮރު އަޅަމުން އައި ޑިޒައިންތަކާ މުޅިން ތަފާތު އަދި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް އަޅާފައިވާ ހައުސިން ޔުނިޓްތަކެކެވެ. އާރުސީސީން ބުނީ މި ހައުސިން […]

އަފްޣާނިއްތާނު ޖަލުގައި ތިބި ދިވެހި ކުޑަކުދިން ނުގެނެވުނީ ބެލެނި ވެރިން އެއްބަސްނުވެގެން: އެޗްއާރުސީއެމް

އަފްޣާނިސްތާނުގެ ޖަލެއްގައި ތިބި ދިވެހި ހަތަރު ކުޑަކުދިން ރާއްޖެ ގެނައުމަށް ދެކޮޅު ހެދީ ބެލެނިވެރިންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް)އިން ބުނެފި އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަފްޣާނިސްތާނުގެ ތުގައި ބައިވެރިވެ ހަނގުރާމަކުރަމުންދިޔަކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ދިވެހި ދެ މަފިރިންނާއެކު އެ ދެމީހުންގެ ހަތަރު ކުދިންވެސް ތިބީ ޖަލުގައިކަމަށެވެ. ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްޣާނިސްތާނުން  ހ. މޫންލައިޓް އަލީ ޝާފިއު އާއި […]

އަފްޣާނިސްތާނުގައި ހައްޔަރުކުރި ދިހެވި އާއިލާއަށް ދިވެހި ފުލުހުން އަނިޔާކުރިވާހަކަ ދޮގުކޮށްފި

  ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްޣާނިސްތާނުން ހައްޔަރުކުރި ދިވެހި އާއިލާއަށް އެ ގައުމަށް ދިޔަ ދިވެހި ފުލުހުން އަނިޔާކޮށް ހުތުރު ބަހުން މުހާތަބު ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.   އަފްޣާނިސްތާނުން ހައްޔަރު ކޮށްފައި ވަނީ އަލީ ޝަފީއު، ހ. މޫންލައިޓްވެލީ ގެ އިތުރުން އޭނާގެ އަންހެނުންނާއި އެ ދެމަފިރިންގެ ހަތަރު ކުދިންނެވެ. ފުލުހުން ބުނީ އަލީ ޝަފިއުއަށާ އޭނަގެ އާއިލާއަށް ދިވެި ފުލުހުންގެ ހިދުމަތަށް ނިސްބަތްވާ ފިލުހުން […]

އައްމަޓީ ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދުމަށްފަހު ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ހަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަހްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24 ވަނަ […]

ދެން އޮންނަންވީ ރޯންތޯ؟: މަހްލޫފް

  ދެން އޮންނަންވީ ރޯންތޯ އައްސަވައި ޔޫތު މިނިސްޓަރު މަހްލޫފް ސުވާލެއް ކުރައްވައިފިއެވެ. އެމްއެމްޕީއާރިސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ މިނިސްޓަރު މަހްލޫފް ދެން އޮންނަންވީ ރޯންތޯ އައްސަވައި ސުވާލު ކުރެއްވީ އޮންލައިން ނޫހެއްގައި މަހްލޫފާ ގުޅޭގޮތުން ލިޔެފައިވާ އާޓިކަލް އެއް ޝެއާ ކުރައްވަމުން ފޭސްބްކްގައެވެ. އޮންލައިން ނޫހުގައި ލިޔެފައި އޮތް އެ އާޓިކަލްގައި އޮތީ މަހްލޫފު ސަސްޕެންޑް ކުރިފަހުންވެސް ކުޅިވަރާބެހޭ އެކިއެކި ޓްވީޓްތައް ކުރައްވަމުން ގެންދަވާ ކަމަށާ މަހްލޫފް އުޅުއްވާގޮތުން އެއީ ސަސްޕެންޑް ކޮށްފަ ހުންނެވި ވަޒީރެއް […]

ހަރުކަށިފިކުރަށް ތުމުހަތުކުރެވޭ ފަސް މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލް ކޮށްފި

  ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮަޕަރޭޝަނުގެ ތެރެއިން އައްޑޫ ސީޓީން ހައްޔަރު ކުރި ފަސް މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފި އެވެ. ފުލުހުންގެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ބަންދަށް ފުރަތަމަ 15 ދުވަސް ދިން ނަމަވެސް، މެއި 30 ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެމީހުންގެ ތެރެއިން ފަސް މީހަކު ވަނީ ދޫކޮށްލައިފަ އެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި […]

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލި މީހަކު ހައިކޯޓުން ދޫކޮށްލައިފި

    މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި މީހަކު ހައި ކޯޓުން ދޫކޮށްލައިފި އެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އުމުރައްޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ ހ. ބްރެޑްލީ، ހުޒައިމަތު ނައީމް އެވެ. އޭނާ ހައްޔަރުކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު ދެ ވަނަ ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ކްރިމިނަލް ކޯޓްގެ ހުކުމުގައިވަނީ ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހުޒައިމަތު ހުރީ މަސްތުގެ ހާލަތުގައި ކަމަށާ، އޭނާ […]

ހިޔާ ފްލެޓްތައް އަންނަ މަހު ހަވާލުކުރަނީ

  ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންނާއެކު އަންނަ މަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހު އެއްބަސްވުން ތަކުގައި ސޮއިކުރަން ފަށާނެ ކަމަށެވެ.އޭނާ ވިދާޅުވީ މި އެއްބަސް ވުންތައް މަސް ދުވަހުގެ ތެރޭގައި ނިންމަން […]

ވިނަރެސް ފްލެޓްތައް އަންނަ މަހު ވިއްކަން ހުޅުވައިލަނީ  

  ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަޅަމުން އަންނަ “ ވިނަރެސް“ ފްލެޓްތައް މިއަންނަ މަހު ވިއްކުމަށް ހުޅުވައިލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނު ( އެޗްޑީސީ)ން ބުނެފި އެވެ. ހުޅުމާލޭގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ ގާތްގަނޑަކަށް 45 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ވިނަރެސް މަޝްރޫގައި ހުންނަނީ ތިން ކޮޓަރީގެ 1344 ފްލެޓެވެ. […]