ގައިދީން ފޯނު ބޭނުންކުރުން ހުއްޓުވުމަށް ޖޭމަރު ހަރުކުރަނީ

Loading

Facebook
Twitter
WhatsApp

ޖަލުގައި ތިބޭ ގައިދީން މޮބައިލް ފޯނު ވައްދައިގެން ހިންގާ އަމަލުތައް ހުއްޓުވުމަށް  ޖޭމަރުތައް ހަރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މާފުއްޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށްވުމުން އެތަނަށް މިހާރު ދޫކޮށްފައިވަނީ ހައިރޭންޖްގެ ނެޓުވޯކެއްކަމަށާއި، އޭގެ ނާޖާއިޒު ފައިދާ ޖަލުގައިތިބޭ
ބައެއް ގައިދީން ނަގަމުންދާކަމަށެވެ.

އެހެންކަމުން މޯބައިލް ފޯނު ބޭނުންކުރުން ހުއްޓުުވުމަށް  ޖަލުގެ މޮބައިލް ނެޓްވޯކް ކަނޑާލުމަށް އަންނަ އަހަރުތެރޭ  ޖޭމަރު ހަރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖަލުތެރެއިން ފޯނުގެ ނެޓްވޯކް ޖޭމްކުރުމަކީ ފަންނީ ކަމަކަށް ވާތީ އެ ކަމަށް ހައްލެއް ހޯދަން މުއާ ސަލާތީ ހިދުމަތްދޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މި މަސައްކަތަކީ ފައިސާވެސް ބޭނުންވާކަމަކަށްވުމުން، ބޭނުންވާ ބަޖެޓާއި ކަންކުރެވެން ހުރި ގޮތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާކަމަށެވެ.
މާފުށީޖަލުގައި މީގެ ކުރިންވެސް ވަނީ ޖޭމަރުތައް ބޭނުންކޮށްފައެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އޭރު ބޭނުންކުރި ޖޭމަރުތައް ޖަލުގައި ބޭނުންކުރުމުގައި މައްސަލަތަކެއް ހުރިކަމަށެވެ. އޭނާ ވީދާޅުވީ އޭރު ޖޭމަރުތައް އޭރު ހުރީ ޖަލުގެ ވަށާފާރުގެ މަތީގައި ކަމަށް ވުމުން  އެތަނަކީ މޫދާއި ކައިރިތަނަކަށްވުމުން ގިނަ އެއްޗެތި ދަބަރުޖަހައި ހަލާކުވެފައިވާކަމަށެވެ.

ނަމަވެސް ދެން ހަރުކުރާނީ ރާއްޖޭގެ މާހައުލާވެސް ގުޅޭ، އަދި ފަސޭހައިން ހަލާކުނުވާ ފަދަ ޖޭމަރުތަކެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޖަލުގައި ރަނގަޅުވާނީ ކޮންކޮން އާލާތްތަކެއްތޯ ވެސް ދިރާސާކުރަމުން ދާކަމަށްވެސް އަހްމަދު މުހައްމަދުފުޅުވިދާޅުވިއެވެ.

ޖަލަށް އެކިގޮތްގޮތުން މޮބަލް ފޯނު ވައްދާ މައްސަލަ އަބަދުވެސް ދިމާވާ ބޮޑު މައްސަލައެކެވެ. އަދި ޖަލުތަކުގައި ތިބޭ ގައިދީން ފުލުހުންނަށާއި އާންމުންނަށް ގުޅާ އިންޒާރުތައް ދިނުމަކީވެސް މިހާރަކަށް އައިސް ބޮޑުވެފައިވާ ކަމެކެވެ.

މި ކަންކަން ހުއްޓުވުމަށް ޖަލުގައި  ހިންގާ އެކި އެކި އޮޕަރޭޝަންތަކުގައި ވަރަށް ގިނައިން ފޯނުތައް އަތުލައެވެ. އެގޮތުން އެންމެފަހުން  ހިންގި ބޮޑު އޮޕަރޭޝަނުން މާފުށީ ޖަލުން 40 އަށް ވުރެ ގިނަ ފޯނު އަތުލައިގަތެވެ.

މި އޮޕަރޭޝަނާ ގުޅުވައިލައިގެން  އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ސަލަމަތީ ބާރުތަކުން ހިންގި އެ އޮޕަރޭޝަނަކީ މިހާތަނަށް ޖަލުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި އޮޕޭޝަންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް