ގޯއްޗާއި ފްލެޓަށް އެދި ލާފައިވާ ފޯމްތައް އިވެލުއޭޓްކުރަން ތިން މަސް
މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލިއޭޓްކޮށް ނިންމަން ތިން މަސް ނަގާނެ ކަމަށް ހައުސިން މިންޓްރީން ބުނފިއެވެ. ހައުސިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް 35,861 ފޯމް ހުށައަޅާފައިވާކަމަށާ މި ފޯމްތައް ސަބްމިޓްކުރާ ހިސާބުން އެޓޮމެޓިކުން އިވެލުއޭޓް ކުރަން ފަށާނެ ކަމަށެވެ. އަދި އޭގެ ފަހުން ފައިނަލް ވެރިފިކޭޝަނެއް ހަދާނެކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުސަތު ރޭ ހަމަވިއިރު ރާއްޖެ އާއި ރާއްޖެއިން […]
ހަ މީހުންނާ އެކު ދަތުރުކުރި ދޯންޏެއް އޮޔާދާތީ ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި
ކ.ކާށިދޫ ކަނޑުން އިންޖީން ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަންފަށައިފިއެވެ. އެމްއެންޑީއެފްން ބުނީ އެ ދޯންޏަކީ ހަ މީހުންނާއެކު މިއަދު މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ދޯނީގެ އިންޖީނު ހުއްޓި އޮޔާދާ ދޯންޏެއް ކަމަށާ މި ދޯނި ހުއްޓުނުއިރު ދަތުރުކުރަމުންދިޔައީ ކާށިދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ. ”ހައިރާތު“ ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:01 ހާއިރުކަމަށް އެންއެންޑީއެފްން […]
އަރުޝަދު ދޫކޮށްލި މައްސަލައިގައި ފުލުހުން އޮޅުވާލައިވާކަމުގެ ތުހުމަތު ޕީޖީން ކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމުގެ އިސްކޮށްހުންނަ ފަރާތެއްކަމަށް ތުހުމަތުކުރެވޭ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ދޫކޮށްލި މައްސަލައިގައި ފުލުހުން އޮޅުވާލައިފައިވާކަމުގެ ތުހުމަތު ޕީޖީން ކޮށްފިއެވެ. ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފައި ވަނިކޮށް އަރުޝަދު ދޫކޮށްލި މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހަދައި ބައެއް ކަންކަން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ޕީޖީން ބުނީ އަރުޝަދު ކޯޓަށް ހާޒިރުކުރުމުގެ ކުރިން އޭނާ ދޫކޮށްލުމަށްފަހު އެކަމާ ގުޅޭ ލިޔުމެއް ފުލުހުންގެ ފަރާތުން އަރުޝަދުއަށް ދިން ކަމަށެވެ. […]
ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހިޔާގައި ހުޅުވައިފި
ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހއްދުގައި ހުޅުވައިފިއެވެ.ނަފްސު ސައިކޮލޮޖިކަލް ސަރވިސަސް ނަމުގައި ހުޅުވި މި ކްލިނިކް ހުޅުވާފައިވަނީ ހިޔާ 11 ވަނަ ޓަވަރުގައެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނީ މި ކްލިނިކަކީ ނަްފސާނި ބަލިތަކަށް ހާއްސަކޮށްގެން ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވި ފުތަރަމަ ކްލިނިކް ކަމަށާ އެ ކްލިނިކުން މިހާރު އާންމުންނަށް ހިދުމަތް ދޭން ފަށާފައިވާކަމަށެވެ. އެޗްޑީސީން ބުނީ މި ކްލިނިކަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވީހާވެސް […]
ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނުރަސްމީ މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސުލް ޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރު ފުޅެއްކަމަށެވެ. މި ދަތުރުފުޅާ ބެހޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަ ނުކުރައްވައެވެ. ރައީސް މީގެ ކުރިންވެސް ސިއްހީ ފަރުވާއަސް ނުރަސްމީ ދަތުރުފުޅުތަކެއް ސިންގަޕޫރަށް ވަނީ ކުރައްވާފައެވެ. އެގޮތުން އޭޕްރީލް މަހުވެސް ރައީސުލް ޖުމުްހޫރިއްޔާ ވަނީ ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފައެވެ.
ރާޅާ އަޅަނިކޮށް ގެއްލުނު މީހާ ފެނިއްޖެ
ރާޅާއަޅަންގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ. އެމީހާ ގެއްލިފައިވަނީ މ.މުލި ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުމުގެ ތެރޭގައެވެ. އެމްއެންޑީއެފްން ބުނީ އެ ފަތުރުވެރިޔާ ގެއްލުނީ އޭނާ އާއި އަދި އިތުރު ހަ ފަތުރުވެރިއަކު އެސަރަހައްދުގައި ރާޅާ އަޅަމުން ދަނިކޮށް ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިއަދު 12:47 ހާއިރުކަމަށާ އެ މައުލޫމާތު ލިބުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ. އަދި މުލީ ކައުންސިލާއި ހަވާލާދީ އެމްއެންޑީއެފްން ބުނީ މުއްޔާ […]
ރާޅާ އަޅަން ގޮސް ހުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި
ރާޅާއަޅަން ގޮސްއުޅުނު މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ފަތުރުވެރިއެއް ކަމަށާ އޭނާ ގެއްލިފައިވަނީ މ.މުލި ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުމުގެ ތެރޭގައި ކަމަށެވެ. އެމްއެންޑީއެފްން ބުނީ އެ ފަތުރުވެރިޔާ ގެއްލުނީ އޭނާ އާއި އަދި އިތުރު ހަ ފަތުރުވެރިއަކު އެސަރަހައްދުގައި ރާޅާ އަޅަމުން ދަނިކޮށް ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.ފަތުރުވެރިޔާ ގެއްލިގެން ހޯދަމުން […]
އަރުޝަދު ރާއްޖެ އައުމުން ހައްޔަރުކޮށްފި
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ރާއްޖެ އައުމުން ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މާލެއި ހުޅުމާލެއިން އަތުލާގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސްމީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެއެވެ. އަރުޝަދު މިދިޔަ ދުވަސްތަކުގައި […]
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ޏ. ފުވައްމުލައް. ދޫޑިގަން ނިއުވެލީ، އިބްރާހިމް ޝާހީން ( 35އ) ހޯދުމަށެވެ. ފުލުހުން ބުނީ ޝާހިން ހޯދަނީ ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާތީ ކަމަށެވެ. އަދި ޝާހިންގެ އާއިލާއަށް ވެސް […]
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ބިދޭސީ އަކު ހޯދަނީ
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ބިދޭސީ އަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަލީލް މިއާ، ބަންގްލަދޭޝް (35އ) ފުލުހުން ބުނީ ޖަލީލް ހޯދަމުންދާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ. އޭނާ ހޯދަން އިއުލާން ކުރީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ […]