ގޯއްޗާއި ފްލެޓަށް އެދި ލާފައިވާ ފޯމްތައް އިވެލުއޭޓްކުރަން ތިން މަސް

Loading

Facebook
Twitter
WhatsApp

މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލިއޭޓްކޮށް ނިންމަން ތިން މަސް ނަގާނެ ކަމަށް ހައުސިން މިންޓްރީން ބުނފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް 35,861 ފޯމް ހުށައަޅާފައިވާކަމަށާ މި ފޯމްތައް ސަބްމިޓްކުރާ ހިސާބުން އެޓޮމެޓިކުން އިވެލުއޭޓް ކުރަން ފަށާނެ ކަމަށެވެ. އަދި އޭގެ ފަހުން ފައިނަލް ވެރިފިކޭޝަނެއް ހަދާނެކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުސަތު ރޭ ހަމަވިއިރު ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް ވަނީ މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާފައެވެ. އެގޮތުން 64 ގައުމެއްގައި ތިބި ދިވެހިން ވަނީ މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާފައިވެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ފޯމްގެ ތެރޭގައި ހިމެނެނީ  ބިންވެރިޔާ ސްކީމްއަށް ހުށައެޅި 15،164 ފޯމާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ކަމަށެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

އަދި މި ޕްރޮގްރާމްގެ ދަށުން ތިން ކޮޓަރިއާއި ދެ ކޮޓަރީގެ 4000 ފްލެޓް ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް