އަރުޝަދު ރާއްޖެ އައުމުން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ރާއްޖެ އައުމުން ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.
އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މާލެއި ހުޅުމާލެއިން އަތުލާގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސްމީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެއެވެ. 

އަރުޝަދު މިދިޔަ ދުވަސްތަކުގައި ދިރިއުޅެމުން ދިޔައީ ސްރީލަންކާގަ އެވެ. އޭނާ މާލެ އައިސްފައި މިވަނީ ލަންކާގައި ހުރެފައި އަމިއްލަ ބޭނުމަކު ދުބާއީ އަށް ދިއުމުން ދުބާއީ އަށް އެތެރެވުމަށް ފުރުސަތު ނުދީ އަނބުރާ ލަންކާއަށް ފޮނުވާލި ފަހުންނެވެ.

ފުލުހުން ބުނީ ހައިކޯޓުގެ އަމުރެއް ތަންފީޒްކުރުމަށްޓަކައި އަރުޝަދު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ. އއަރުޝަދާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލާގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ.

އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރުއޮތީ ހައި ކޯޓުގައެވެ.

Loading

One Response

  1. މިހާރު ދެން ރާއްޖޭގައި މަސްތުވާތަކެތީގެ ވާހަކަ ދެއްކުންވެސް ލަދުވެތި. ބޮނީ ކަންމަތީ ހުރެ. ފުލުސް މީހާ އަންނަަން ފެށީމާ ބޯން އިން އެތިކޮޅު އެއްލާލަނީ އެފުލުސް މީހާއާއި ދިމާލަށް. އެއްލާލައިފާ ބުނަނީ ތިމަންނަގެ ބޮލުގައި ޑްރަގް ޑީލް އަޅުވަން ނޫޅޭށޯ. އަނެކަމު ބުނެޔޯ މަ އެބޯލަން ހިފަހަށްޓައިގެން ހުރީ މަޖަލަކަށޯ މަށެއް ނުބޮމޯ!! މީހުންގެ ވިސްނުންވެސް މިވަނީ ރަނގަޅުކޮށްލަދީފަ. އާހ! އެހެންތާ ވާނީ ބޮވެން ޖެހޭނެ، ބިރެއްނެތި މަޖާކުރެވެން ޖެހޭނެ އެގޮވާ ބައިގަނޑު މިތީބީ ވަރަށް ވެފާވިއްޔާ. ނޫންތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް