ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ބިދޭސީ އަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ބިދޭސީ އަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަލީލް މިއާ، ބަންގްލަދޭޝް (35އ)

ފުލުހުން ބުނީ ޖަލީލް ހޯދަމުންދާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ.

އޭނާ ހޯދަން އިއުލާން ކުރީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގާ ޕޮލިސް ސްޓޭޝަނަށް ޖަލީލު މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ހާޒިރުވުމަށް އެދިފައެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި އެކަން ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް