ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ޏ. ފުވައްމުލައް. ދޫޑިގަން ނިއުވެލީ، އިބްރާހިމް ޝާހީން ( 35އ) ހޯދުމަށެވެ.


ފުލުހުން ބުނީ ޝާހިން ހޯދަނީ ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާތީ ކަމަށެވެ. އަދި ޝާހިންގެ އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.


ފުލުހުން ވަނީ  މިމަހު  17 ވަނަ ދުވަހުގެ 14:00 އަށް، ޝާހިދު ފުލުހުންގެ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް އަންގާފައެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ގުޅުއްވައި އެކަން ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.

Loading

One Response

  1. މަސްތުވާތަކެތީގެ ވަބާ….ޖިންސީ ގޯނާ ކުރުން…..ނުރައްކާތެރި މާރާމާރީ… ޓެކުމާ ފޭރުން…. ރިޝްވަތާ ފަސާދަ….. ހައްގަކާނުލައި މީހުންމެރުން…. އެންމެ ހަތަރު ލައްކަ މީހުންގެ އާބާދީއެއްގައި މިހުރިހާކަމެއްގެ ނުރައްކާތެރިކަން ފެތުރެމުންދާއިރު ކުރިއަށް އޮތް ދަރިފަސްކޮޅު ހެޔޮ ގޮތުގައި ބިނާކުރާނީ ކިހެނެއްހެއްޔެވެ ؟ ވެރިކަމުގައި ތިބި މީހުން މިކަމާދޭތެރޭ ވިސްނައި މިފަސްގަނޑު އަމާންތަނަކަށް ހަދާނީ ކޮންއިރަކުން ބާވައެވެ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް