ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހިޔާގައި ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހއްދުގައި ހުޅުވައިފިއެވެ.
ނަފްސު ސައިކޮލޮޖިކަލް ސަރވިސަސް ނަމުގައި ހުޅުވި މި ކްލިނިކް ހުޅުވާފައިވަނީ ހިޔާ 11 ވަނަ ޓަވަރުގައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނީ މި ކްލިނިކަކީ ނަްފސާނި ބަލިތަކަށް ހާއްސަކޮށްގެން ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވި ފުތަރަމަ ކްލިނިކް ކަމަށާ އެ ކްލިނިކުން މިހާރު އާންމުންނަށް ހިދުމަތް ދޭން ފަށާފައިވާކަމަށެވެ.



އެޗްޑީސީން ބުނީ މި ކްލިނިކަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވީހާވެސް ގިނަ ހިދުމަތްތަކެއް އެ ސަރަހައްދުން ދެވޭނެހެން ހަދަމުން އަންނަ ޕްލޭން ތަކަށް ލިބުނު ކުރިއެރުމެއްކަމަށެވެ. އަދި މި ކްލިނިކްގެ ސަބަބުން ހިޔާ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ގަބޫލް ކުރެއެވެ.


އެޗްޑީސީން އަންނަނީ ހިޔާ ސަރަހައްދުގައި ތަފާތު ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކްލަވާލި ޕްލޭންގެ ދަށުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭން ވިޔަފާރިވެރިންނަށް ޖާގަތަށް ވެސް ދޫކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް