ރާޅާ އަޅަނިކޮށް ގެއްލުނު މީހާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ރާޅާއަޅަންގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.


އެމީހާ  ގެއްލިފައިވަނީ މ.މުލި ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުމުގެ ތެރޭގައެވެ.

އެމްއެންޑީއެފްން ބުނީ އެ ފަތުރުވެރިޔާ ގެއްލުނީ އޭނާ އާއި އަދި އިތުރު ހަ ފަތުރުވެރިއަކު އެސަރަހައްދުގައި ރާޅާ އަޅަމުން ދަނިކޮށް ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިއަދު 12:47 ހާއިރުކަމަށާ އެ މައުލޫމާތު ލިބުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.

އަދި މުލީ ކައުންސިލާއި ހަވާލާދީ އެމްއެންޑީއެފްން ބުނީ މުއްޔާ ކައިރީގައި އޮންނަ ވޭވަށުން މިހާރު އެމީހާ ފެނިފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް