ރާޅާ އަޅަން ގޮސް ހުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި

Loading

Facebook
Twitter
WhatsApp

ރާޅާއަޅަން ގޮސްއުޅުނު މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން  ބުނީ ގެއްލިގެން ހޯދަމުން ދަނީ ފަތުރުވެރިއެއް ކަމަށާ އޭނާ ގެއްލިފައިވަނީ މ.މުލި ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުމުގެ ތެރޭގައި ކަމަށެވެ.

އެމްއެންޑީއެފްން ބުނީ އެ ފަތުރުވެރިޔާ ގެއްލުނީ އޭނާ އާއި އަދި އިތުރު ހަ ފަތުރުވެރިއަކު އެސަރަހައްދުގައި ރާޅާ އަޅަމުން ދަނިކޮށް ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ފަތުރުވެރިޔާ ގެއްލިގެން ހޯދަމުން އަންނައިރު މިދިޔަ ހުކުރު ދުވަހު ލޯންޗެއް ބަންޑުން ވެގެން އޭގެއިން ދަތުރުކުރިކަމަށް ބުނާ ދެ މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށް ބަލައި އެ މީހާ ހޯދުމުގެ މަސައްކަތްވެސް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް