އިންޑޮނޭޝިއާއަށް އައި ދެ ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދަނީ

އިންޑޮނޭޝިއާއަށް ހޮނިހިރުދުވަހު އައި ބާރުގަދަ ދެ ބިންހެލުމަށްފަހު ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ބަޔަކު ތިބިތޯބަލާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއުޓީމް ތަކުން ބާރަށް ކުރިޔަށް ގެންދާކަމަށް ޚަބަރުލިބެއެވެ. ދެބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 47އަށް އަރާފައެވެ.7.7ގެ ބާރުމިނުގައި ފުރަތަމަ ބިންހެލުން އައިސްފައިވަނީ ފަތިހު ފަހެއް ޖެހިއިރު ފްލޮރެސް ޖަޒީރާ އަށެވެ. އޭގެ ހަގަޑިއިރު ފަހުން 6.9 ގެ ބާރުމިނުގައި ބިމުގެ 158 ކިލޯމީޓަރު އަޑިން، ދެވަނަ ބިންހެލުން އައިސްފައިވަނީ އަނެއްކޮޅުގައިވާ ސުމަތުރާއަށެވެ.ދެވަނަ ބިންހެލުން އައި […]
އެމެރިކާއިން އިންޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށް ބުނެފި

އިންޑޯ-ޕެސިފިކް ކޮމާންޑް (އިންޑޯޕެކޮމް) ގެ ނަން އަލުން ޕެސިފިކް ކޮމާންޑް (ޕެކޮމް) އަށް ބަދަލުކުރުމަކީ އިންޑިއާއަށް އެމެރިކާއިން ދޭ ސަމާލުކަން ކުޑަވެގެން ދިޔުމުގެ ނިޝާނެއް ކަމަށް ދެކެވޭ ވާހަކަތައް ޕެންޓަގަނުން ދޮގުކޮށްފިއެވެ. އަދި ވޮޝިންޓަންގެ ސްޓްރެޓީޖިކް ޕްލޭންތަކުގައި ނިއުދިއްލީއަކީ އަދިވެސް ވަރަށް ”މުހިންމު ބާރެއް“ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެމެރިކާގެ އަންޑަ ސެކްރެޓަރީ އޮފް ވޯ ފޮރ ޕޮލިސީ އެލްބްރިޖް އޭ. ކޯލްބީ މިކަން ސާފުކޮށްދެއްވީ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލެންޑް އަދި ކެމްބޯޑިއާއަށް ކުރެއްވި ދަތުރުފުޅުގެ […]
ހުރުމުޒް ކަނޑުއޮޅި: ޓްރަމްޕާއި އީރާނުގެ ވަރުގަދަ ކުރިމަތިލުމެއް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ކުރިއަށްދާ ހަނގުރާމަ ނިންމުމަށް އީރާނަށް މަޖުބޫރުކުރުވުމުގެ ގޮތުން އިގްތިސާދީ ފިޔަވަޅުތައް ވަރުގަދަކުރަން ތައްޔާރުވަމުންދާއިރު، ހުރުމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ”ވަރަށް އަވަހަށް“ ހަމަޖައްސަވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވަނީ މިވާހަކަތަކަށް ރައްދު ދެއްވައި، އެ މުހިންމު ކަނޑުގެ މަގު އަބަދުވެސް އޮންނާނީ އީރާނުގެ މިލްކިއްޔާތެއްގެ ގޮތުގައި ކަމަށާއި، ވޮޝިންޓަނުން ”ބަލިގަބޫލުކުރަންދެން“ އީރާނުން އެ ކަނޑުއޮޅި ބަންދުކުރުމުގެ މަސައްކަތް ކުރިއަށްދާނެ […]
ގަދަ ހޫނުގެ ސަބަބުން ޔޫރަޕުގައި ހަފްތާއެއްތެރޭ 16،000 މަރު!

ޔޫރަޕިއަން މޯޓަލިޓީ މޮނިޓަރިންގ ނެޓްވޯކުން ހާމަކުރި ގޮތުގައި، ޖޫން މަހުގެ ތެރޭގައި ކުރިމަތިވި އިންތިހާއަށް އެންމެ ހޫނުގަދަވީ ހަފްތާތެރޭ މުޅި ޔޫރަޕުގައި މީހުން މަރުވި ނިސްބަތް ތާރީޚީ މިންވަރަކަށް މައްޗަށް ދިޔައެވެ. އަދި މި މުއްދަތުގައި އާންމުކޮށް މަރުވާ އަދަދަށްވުރެ ގާތްގަނޑަކަށް 16،000 މީހުން އިތުރަށް މަރުވެފައިވާ ކަމަށް ވަނީ ރެކޯޑުކުރެވިފައެވެ. މަރުވި މީހުންގެ އަދަދު ސައިންސްވެރިން ލަފާކުރި މިންވަރަށްވުރެ އިތުރުވެފައިވާއިރު، ފިނި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތަކުގައި މަރުވާ މީހުންގެ އަދަދަށްވުރެ ވެސް މި އަދަދު […]
ފުރާނަފުޅަށް ބިރުން ކޭޓަރިން ޓްރަކެއްގައި ރައީސް ޓްރަމްޕް ފިއްލަވާފާނެކަން ގަބޫލުކުރާނީ ކާކު؟

މި ހަފުތާގައި މީޑިއާތަކުން އެންމެ ގިނަ ކިއުންތެރިން ފާހަގަކުރަމުން ގެންދާތަންފެންނަނީ މި ހުސްވި ޖުލައިމަހު ތުރުކީގެ އަންކާރާގައި ބޭއްވުނު ނޭޓޯ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަންތައް ކޮށްފައިވާގޮތާމެދު ފާޑުކިޔައި މަލާމާތް ރައްދު ކުރަމުން ގެންދާ ޚަބަރުތަކެވެ. ބައެއް އެހެން ސިޔާސީ ބޭފުޅުން ގެންދަވަނީ އެއީ ތެދެއްކަމާދޭތެރޭވެސް ސުވާލު އުފައްދަވަމުންނެވެ. އެމެރިކާގެ އިންޓެލިޖެންސުން ވަރަށް ގިނަ ގޮތްގޮތުން ހޯދި މައުލޫމާތުގެ އަލީގައި ސަމިޓްގެ […]
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި 47 މީހުން މަރުވެއްޖެ

މިއަދުގެ ހެނދުނުގެ ވަގުތެއްގައި އިންޑޮނޭޝިއާގެ ފްލޯރެސް ރަށުގެ ބޭރަށް އައި މެގްނިޓިއުޑް 7.7 ގެ ބިންހެލުމެއްގައި މަދުވެގެން 47 މީހުން މަރުވެ، ސުނާމީގެ އިންޒާރެއް ނެރުމަށްފަހު މިހާރު ވަނީ އުވާލާފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސަވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި މި ބިންހެލުމުގެ މަރުކަޒު ހުރީ އީސްޓް ނޫސާ ތެންގާރާ ޕްރޮވިންސްގެ އެންޑޭ ސިޓީގެ އުތުރު-ހުޅަނގުއުތުރުން 68 ކިލޯމީޓަރު ބޭރުގައި، 10 ކިލޯމީޓަރުގެ ފުންމިނެއްގައެވެ. މިއީ ބިމުގެ މަތީ ފަށަލައަށް އަންނަ ލޮޅުންތައް ބޮޑުވާ ސަބަބެކެވެ. މި […]
އެމެރިކާގެ އެއާރކްރާފްޓް ކެރިއަރގައި ސާޅަނގައިން އެއާރކްރާފްޓް ލޯންޗް ކުރާ ނިޒާމާ ދިމާލަށް

އެއާރކްރާފްޓް ކެރިއަރުން ސާޅަނގަ ބޭނުންކޮށްގެން އެއާރކްރާފްޓް ލޯންޗްކުރުންއެމެރިކާގެ ކުރިއަށް ހުރި ބައެއް އެއާރކްރާފްޓް ކެރިއަރ ތަކުގައި މިހާރު ބޭނުންކުރާ އެންމެ މިޒަމާނުގެ އިލެކްޓްރޯމެގްނެޓިކް އެއާރކްރާފްޓް ލޯންޗް ކުރާ ނިޒާމް ހުއްޓާލައި ކުރީ ޒަމާނުގައި ބޭނުންކުރި ސްޓީމް ޕަވަރޑް ކެޓަޕަލްޓް (ސްޓީމް އާވި ބޭނުންކޮށްގެން ސާޅަނގަބޭނުންކޮށްގެން އެއާރކްރާފްޓް ލޯންޗް ކުރާ ) ނިޒާމަށް ބަދަލުކުރަން ދިފާއީ ވަޒީރު ޕީޓް ހެގްސެތަށް ވައިޓް ހައުސްއިން އަންގައިފިކަމަށް ސީ އެން އެންގެ ޚަބަރުގައި ބުނެފިއެވެ. އަދި މިހާރު ބަންނަމުންދާ ޔޫ އެސް […]
ޖަޕާނުގެ ޗީބާ ސަރަހައްދަށްބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ

ޖަޕަނުގެ އިރުމަތީފަޅީގެ ޗީބާ ޕްރީފެކްޗާ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ބޯކޮށްވާރޭ ވެހި ކުރިމަތިވި ހާދިސާތަކުގައި ހަތަރުމީހުން މަރުވެ، އެކަކު ގެއްލި އަދި ފަސްމީހުންނަށް އަނިޔާތައްލިބިފައިވާކަމަށް ޚަބަރު ލިބެއެވެ. ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި ކަރަންޓް ކެނޑުން ފަދަ ހާދިސާތައް ކުރިމަތިވަމުން ދާތީ ލައްކައެއްހާ ގޭބިސީގައި ދިރިއުޅެމުންދާ މީހުން އެހެން ތަންތަނަށް ބަދަލުވުމަށް ދަނީ އަންގަމުންނެވެ.އަދި އެމީހުން ތިބުމަށް ދަނީ ވަގުތީ ހިޔާތައް ގާއިމް ކުރަމުންނެވެ. ޗީބާ ސަރަހައްދުގައި ރޭވަނީ ފުރަތަމަ ފަހަރަށް އެންމެ މަތީ […]
ހޮރްމޫޒް ކަނޑުއޮޅިއާއި ބެހޭގޮތުން ނޭނގޭ ހަގީގަތް

އީރާން އަދި ސްޓްރެއިޓް އޮފް ހޮރމޫޒް، މި ދެ ލަފްޒް އެއް ޖުމްލައެއްގައި އައުމުން ހިތަށް ވަންނަނީ ކޮންކަމެއްތޯއެވެ؟ ޓެންޝަން(މަޝްރަޙް ހޫނުވުން)، ތުރެޓް(ބިރުދެއްކުން) އަދި ކެއޯސް (އިންތިޒާމް ނެތް ތަނެއް) މިކަންކަން ތޯއެވެ.ހަބަރު ސުރުހީތަކުގެ ހަގީގީ ބޭނުކަކީވެސް އެއީއެވެ. ހޮރްމޫސް ކަނޑުއޮޅިއާއި ބެހޭގޮތުން ޚަބަރު ހެޑްލައިން ތަކުގައި ހާމަ ނުކުރާ ހަގީގަތްތަކެއްވެސް އެބަހުއްޓެވެ.އެހަގީގަތަކީ އެއްވެސް ކަހަލަ ފީއެއް ނެގުމެއްނެތި، ސުވާލެއް ކުރުމެއްނެތި ދުނިޔޭގެ އުޅަދުތަކުން 40 އަހަރުވަންދެން ހޮރުމޫޒް ކަނޑުއޮޅި ބޭނުން ކުރަމުން ދިއުމުގެ ފުރުސަތު އީރާނުން […]
ކެރޮލީން ލެވިޓް ޕްރެސް ސެކްރެޓަރީ ކަމުން ވަކިވާކަން ޓްރަމްޕް އިއުލާން ކުރައްވައިފި

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލެވިޓް އޮގަސްޓް މަސް ނިމުމާއިއެކު މަގާމުން ވަކިވާނެ ކަން ބުދަދުވަހު ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައި ވެއެވެ.މިއީ މިއަހަރު ބާއްވަން ތައްޔާރު ވަމުންދާ މިޑް-ޓަރމް އިލެކްޝަންއަށް ތިންމަހަށް ވުރެވެސް ކައިރި ވެފައިވަނިކޮށް ސަރުކާރުގެ ކޮމިޔުނިކޭޝަން ޓީމަށް ގެންނަ މުހިންމު ބަދަލެއްކަން ފާހަގަ ކުރެވެއެވެ.ލެވިޓް އަކީ އެންމެ އިތުބާރު ކުރެވޭ އެއިޑުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށް ސިފަ ކުރައްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ އޮގަސްޓް މަސް ނިމުމުން ލެވިޓް މަގާމުން ވަކިވަނީ ކުދިންނާއި […]