ޕްރިންސިޕަލް މަރާލައިގެން މުއްސަނދިވީ ކުދިންތަކެއް ފަޅާއަރައިފި!

އިންޑިއާގެ ތެލަންގާނާގެ ނަލްގޮންޑާ ޑިސްޓްރިކްޓްގެ ސްކޫލެއްގެ ޕްރިންސިޕަލް މަރާލި މައްސަލަ، އެކަން ކުރި ފަރާތްތަކުން ކުއްލިއަކަށް ޕާޓީތަކަށާއި އަގުބޮޑު އިލެކްޓްރޯނިކް ސާމާނަށް ކުރަންފެށި ޚަރަދުތަކުގެ ސަބަބުން ފަޅާއަރައި، ގްރޭޑް 10 ގެ ދެ ދަރިވަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ކޮންޑަމައްލެޕައްލީގެ ނާގާރްޖުނާ ޕަބްލިކް ސްކޫލުގެ ޕްރިންސިޕަލް އަދި ޑިރެކްޓަރު، އުމުރުން 48 އަހަރުގެ ކައްލޫ ރޫޕާ ރެޑީ، އޭނާގެ ގޭގެ ތެރޭގައި 27 ފަހަރު ވަޅިޖަހައި މަރާލާފައި އޮއްވާ ފެނުނީ އޯގަސްޓް 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. […]

އީރާނަށް ”އިގްތިސާދީ ޑީ-ޑޭ“ އެއް ގެންނާނެކަމުގެ އިންޒާރު!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް މިހާތަނަށް ހިންގާ އެންމެ ވަރުގަދަ އަދި ”ފުނޑުފުނޑުކޮށްލަނިވި އިގްތިސާދީ އޮޕަރޭޝަން“ އިއުލާނު ކުރައްވާފައެވެ. މިއީ ފަސް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، ތެހެރާނަށް ދޭ ޕްރެޝަރު އިންތިހާއަށް އިތުރުކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. ބުދަ ދުވަހު ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް އީރާނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގައި އެ ގައުމު […]

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަނބުރާ ޖަލަށް ގެންގޮސްފި

ޖަލަށް ލާފާއިހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލުގައި މެޑިކަލް ޓެސްޓް ތައް ހެދުމަށް ފަހު ހުކުރު ދުވަހު ހެނދުނު އަނބުރާ ޖަލަށް ގެންގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.އިސްލާމް އާބާދުގައި ހުންނަ ޝިފާ އިންޓަރނޭޝަނަލް ހޮސްޕިޓަލަށް ގެންދެވި ހެދުނު ޓެސްޓް ތަކަށް ފަހު އިމްރާން ”މެޑިކަލީ ފިޓް“ ނުވަތަ ސިއްހީ މައްސަލައެއް ނެތް ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރ އަތާއުﷲ ތަރާރު މައުލޫމާތު ދީފައިވާ ގޮތުގައި ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓަރަކާ ހިތުގެ […]

އީރާނު އަނެއްކާވެސް އެލާޓަށްއައިސް ތައްޔާރުވަނީ!

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، ”އިގްތިސާދީ ގޮތުން އެކަހެރިކުރުމުގެ ތާރީޚުގައި ވެސް ދުވަހަކު ފެނިފައިނުވާ ވަރުގެ“ ގެއްލުންތަކެއް ދޭނެކަމުގެ އިންޒާރު ދެއްވަމުން، އީރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އެޅުމަށް ވޮޝިންޓަނުން ދަނީ ތައްޔާރުވަމުންނެވެ. އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހޯމަ ދުވަހު ހަމަވުމާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މި އިންޒާރު އިތުރަށް ވަރުގަދަކުރައްވާފައެވެ. އަދި ހަނގުރާމަވެރި އަމަލުތައް ނިމުމަކަށް ގެނައުމަށް އެއްވެސް އަވަސްއަރުވާލުމެއް ނެތް ކަމަށް […]

ފޭސްބުކް އަދި އިންސްޓަގުރާމާއި ދެކޮޅަށް ބޮޑު ދައުވާއެއް

ފޭސްބުކާއި އިންސްޓަގްރާމަކީ ޒުވާން އުމުރުގެ ކުދިން އެއަށް ދެވިހިފާ ގޮތަށް ގަސްދުގައި ފަރުމާކޮށްފައިވާ ވަސީލަތްތަކެއް ކަމަށް ބުނެ، އެމެރިކާގެ 29 ސްޓޭޓެއްގެ އެޓާނީ ޖެނެރަލުން ކުރާ ތުހުމަތުތަކާ ގުޅިގެން، ފޭސްބުކު އަދި އިންސްޓަގުރާމުވެސް ހިންގާ މެޓާ ޕްލެޓްފޯމްސް އިން އަންގާރަ ދުވަހު ކެލިފޯނިއާގެ އޯކްލެންޑްގެ ފެޑެރަލް ކޯޓަށް ހާޒިރުވެއްޖެއެވެ. ޔޫ.އެސް ޑިސްޓްރިކްޓް ޖަޖް އިވޯން ގޮންޒާލޭޒް ރޮޖާސް ބައްލަވާ މި މައްސަލަ ބިނާވެފައިވަނީ، ސްޓޭޓްތަކުގެ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުތަކާއި ފެޑެރަލް ޗިލްޑްރަންސް އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓާ […]

”އައިވީއެފް“ ހެދުމުގައި ބައެއް ބޭރުގެ ކްލިނިކްތަކުން އޮޅުވާލުން ތަކެއް ގެންގުޅޭކަން ހާމަ ވެއްޖެ

ދަރިން ނުލިބޭ ފަރާތްތަކުން ހޯދަމުންގެންދާ އައިވީއެފް ފަރުވާ ދިނުމުގައި ބައެއް ބޭރުގެ ކްލިނިކް ތަކުން އޮޅުވާލުން ތަކެއް ގެންގުޅޭކަން ހާމަ ވެއްޖެއެވެ.ބީބީސީ އިން ހޯދި ހޯދުން ތަކަކުން ހާމަވެފައިވާގޮތުގައި އުތުރު ސައިޕްރަސްގައި ހުންނަ މިފަދަ ކްލިނިކަކުން އައިވީއެފް ހެދި މަދުވެގެން 30 މީހަކަށް،އެމީހުން އެދުނު ޑޯނަރުން ނޫން މީހުންގެ ސްޕަރމް އަދި އެގް ބޭނުންކޮށްފައިވާކަން ވަނީ ހާމަވެފައެވެ.މީގެ ތެރޭގައި ގިނައީ އިނގިރޭސި ވިލާތުން އެތަނަށް ފަރުވާ ހޯދުމަށް ދިޔަ ފަރާތްތައްތައްކަމަށް ވެއެވެ. ކްލިނިކް ތަކުން އައިވީއެފް ފަރުވާ […]

ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލު ކުރުމަށް ސުޕްރީމް ކޯޓުން އަންގާރަ ދުވަހު އަމުރު ކޮށްފި އެވެ.އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލު ކުރަނީ ސިއްހީ މައްސަލަ ތައް ކުރިމަތިވަމުންދާތީ މެޑިކަލް ޗެކްއަޕް ތަކަށާ ފަރުވާއަށް ކަމަށް ޚަބަރު ލިބެއެވެ.އިމްރާންގެ ސިއްހީފަރުވާ ކުރިޔަށް ގެންދިއުމަށް އޭނާގެ ޕާޓީން ގޮވާލަމުން ގެންދާތާ އެތައްމަހެއް ވަނީ ވެފައެވެ. އުމުރުފުޅުން 73 އަހަރުގެ އިމްރާން ޚާން ކޮރަޕްޝަންގެ ކުށުގައި ޖަލަށް ލެވުނީ 2023 ވަނަ އަހަރުއެވެ. ސުޕްރީމް […]

މެދުއިރުމަތީ ހަނގުރާމައިގެ އެންމެ ފަހުގެ އަދާހަމަތައް!

އެމެރިކާ މެދުވެރިވެގެން އީރާނާއެކު ވެވުނު ފަހުމުނާމާގެ މުއްދަތު 17 އޮގަސްޓް 2026 ގައި ހަމަވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ އެމެރިކާއިން ”ބޮޑެތި“ ޚިލާފުވުންތަކެއް ވެފައިވާތީ، މި މުއްދަތަކީ މިހާރު ”އެއްވެސް މާނައެއް ނެތް“ އެއްޗެއް ކަމަށާއި، އީރާނުގެ ފައުޖުތައް އޮތީ ކުރިމަތިލުމަކަށް ތައްޔާރަށް ކަމަށެވެ. އައި.އާރު.ޖީ.ސީގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ޔަދުﷲ ޖަވާނީ އިޝާރާތް ކުރެއްވި ގޮތުގައި އީރާނުން ދިފާޢީ ޙާލަތުން ހަމަލާދިނުމުގެ […]

މީހެއްގެ ބްލެޑަރ އިން 3 ކިލޯއަށް ވުރެ ބަރު ހިލައެއް ނަގައިފި

.ސްރީލަންކާގައި ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހެއްގެ ބްލެޑަރ އިން 3.1ކިލޯގެ ހިލައެއް ޑޮކްޓަރުން ނަގާފައިވާކަމަށް ޚަބަރު ލިބެއެވެ.މިއީ މިގޮތަށް އިންސާނެއްގެ ކުޑަކަމުދާ ނިޒާމުން ނެގި އެންމެ ބޮޑު ހިލަކަމަށް ޑޮކްޓަރުން ބުނެއެވެ. މިއޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ހަފްތާގައި ޓްރިންކޮމަލީގެ ހޮސްޕިޓަލެއްގައި ކަމަށް ވެއެވެ. އުމުރުން 55 އަހަރުގެ ބަލިމީހާ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސްޓްރޯކެއް ޖެހިގެން ކަމަށް ވެއެވެ.ނަމަވެސް އޭނާއަށް ކުޑަކަމުދިއުމަށް ދަތިވާތީ ބެލި ބެލުމުން ބްލެޑަރ ގައި ހިލަހުރިކަން ފާހަގަ ކުރެވުނު ކަމަށް ވެއެވެ.އެމީހާގެ […]

އިންޑޮނީޝިޔާގެ ބިންހެލުމަށްފަހު ވަގުތީ ހިޔާތަކުގައި ކާބޯތަކެތި ދަތިވެފައި

އިންޑޮނީޝިޔާ އަށް ހޮނިހިރު ދުވަހު 7.7 އަދި 6.9 ގެ ބާރު މިނުގައި އައި ދެ ބިންހެލުމަށްފަހު ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ފުދޭވަރަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށް ދެވެމުން ނުދާކަމަށް ޚަބަރުތައް ބުނެފި އެވެ. 7.7ގެ ބާރު މިނުގައި ފަތިހު 5 ޖެހިއިރު ފްލޮރެސްޖަޒީރާ އަށް ފުރަތަމަ ބިންހެލުން އައުމަށްފަހު އޭގެ ހަގަޑިއިރު ފަހުން ފްލޮރެސްގެ އަނެއްކޮޅުގައިވާ ޕްރޮވިންސްއަށް 6.9 ގެ ބާރު މިނުގައި ދެވަނަ ބިންހެލުމެއް އައިސްފައި ވެއެވެ. ބިންހެލުމާއި ގުޅިގެން ފްލޮރެސް […]