އީރާނުން އިއުލާނުކުރަން މި އުޅެނީ ކޮންކަމެއް؟

ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުގެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވަމުންދާތީ، ބަދަލު މަގެއްގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާނެ އާ މަގެއް އިއުލާނުކުރުމަށް އީރާނުން ދަނީ ތައްޔާރުވަމުންނެވެ. އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލް މުހްސިން ރިޒާއީ ވިދާޅުވީ، އެ ކަނޑުއޮޅީގެ ކައިރީގައި ވަކި ޒޯނެއް ކަނޑައަޅައި، އޮމާނާއެކު އެއްބަސްވެފައިވާ އާ މަގު ”ކުރިއަށް އޮތް ދުވަސްތަކުގައި“ ތެހެރާނުން އާންމުކުރާނެ ކަމަށެވެ. އީރާނުގެ އޮފިޝަލުން މީގެ ކުރިން ވިދާޅުވެފައިވަނީ ވަގުތީ ގޮތުން ހަމަޖައްސާ […]

އެޑިޑާސް ބޯއިކޮޓްކުރުމަށް ގޮވާލައިފި

އެއްފައި ނެތް މީހުންނަށް ޚާއްޞަކޮށްގެން އެއް ބޫޓު ވިއްކުމުގެ ޚިދުމަތް އިޝްތިހާރުކުރުމަށް ހިންގި ކެމްޕޭނެއްގައި، އިސްރާއީލު ސިފައިންގެ ކުރީގެ މީހަކު ބައިވެރިކުރުމާ ގުޅިގެން، ކުޅިވަރު ސާމާނު އުފައްދާ މަޝްހޫރު ކުންފުނި އެޑިޑާސް ބޯއިކޮޓްކުރުމަށް ގޮވާލުންތައް އަމާޒުވެއްޖެއެވެ. މި ކެމްޕޭނުގައި ފެންނަނީ، 2021 ވަނަ އަހަރު އިސްރާއީލާއި ޣައްޒާއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ޒަޚަމްވެ ފައި ބުރިކޮށްލަން ޖެހުނު، އިސްރާއީލު ސިފައިންގެ ކުރީގެ މީހެއް ކަމަށްވާ ޝަލޭވް ބިޓޯން އެވެ. މި އިޝްތިހާރުގައި ދައްކަނީ އިސްރާއީލުގައި ހުންނަ އެޑިޑާސް […]

އިންޑޮނީޝިޔާގައި އަލިފާން ފަރުބަދައެއްގޮވައި ބޯ ދުން އަރަމުން ދިއުމާއި ގުޅިގެން މައި އެއާޕޯޓްގެ ދަތުރުތައް މެދުކަނޑާލައިފި

އިންޑޮނީޝިޔާގައި އަލިފާން ފަރުބަދައެއްގޮވައި ބޯ ދުން އަރަމުން ދާތީ މައި އިންޓަރނޭޝަލް އެއާޕޯޓްގެ ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން އެތައްހާސް ފަސިންޖަރުން އެއާޕޯޓްގައި ބަންދުވެފައިވާކަމަށް ޚަބަރުލިބެއެވެ. އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި ވެރިރަށް ޖަކާޓާގެ މައި އިންޓަރނޭޝަނަލް އެއާޕޯޓާއި ކައިރީގައިވާ އަނަކް އަލިފާން ފަރުބަދައިން އާދީއްތަދުވަހު ހެދުނު ބޯދުމާއި އެކު އަލިފާނުގެ ގިނިތައް އަރަން ފެށުމާއި ގުޅިގެން 209 ފްލައިޓް ވަނީ ސަސްޕެންޑް ކޮށްފައެވެ.ހުކުރު ދުވަހުގެ ރޭންފެށިގެންވެސް އަލިފާން ފަރުބަދަ ގޮވަން އުޅޭކަމުގެ ނިޝާންތައް ދިޔައީ ފެންނަމުން ކަމަށް […]

އަލިފާނުގެ ހާދިސާއެއްގައި ހިތްވަރު ދެއްކި ނަރުހެއް!

ޕާކިސްތާނުގެ ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއިން ސަލާމަތްވި ހަމައެކަނި ތުއްތު ކުއްޖާ ސަލާމަތްކުރި ނަރުސް، 14 ކުދިން މަރުވި އެ ބިރުވެރި ވަގުތުކޮޅުގެ ހަނދާންތައް އާކޮށްފިއެވެ. އިސްލާމްއާބާދުގެ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގެ ސްޓާފް ނަރުހެއް ކަމަށްވާ ރަޒިއާ ނޫރީން، އޮގަސްޓް 26 ވަނަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 6:38 ހާއިރު ހެނދުނުގެ އިންޖެކްޝަންތައް ތައްޔާރުކުރަން ހުއްޓާ، ނާސަރީގެ އެއާކޮންޑިޝަނަރ ކައިރިން އަލިފާން ރޯވެފައިވާތަން ފެނުނެވެ. އޭނާ ވަގުތުން އެ […]

ނޭޕާލަށް ކުރިމަތިވި ކާރިސާގެ އަދާހަމަތައް

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތެރެއިން، ޗައިނާގެ ހައިޑްރޯޕަވަރ މަސައްކަތްތެރިއަކާއި ނޭޕާލުގެ އަންހެނަކު، ސަލާމަތްކުރާ ޓީމުތަކުން، ދިރިތިއްބާ ސަލާމަތްކޮށްފިއެވެ. މިކަމުގެ ސަބަބުން، އެތައް ހާސް ބަޔަކު ގެއްލިފައިވާ މި ދަނޑިވަޅުގައި އިތުރު ބަޔަކު ދިރިތިއްބާ ފެނިދާނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ. ކަތުމަންޑޫގެ އުތުރުން އޮންނަ ރަސުވާ ޑިސްޓްރިކްޓްގެ ތްރިޝޫލީ-3އޭ ހައިޑްރޯޕަވަރ ޕްރޮޖެކްޓްގެ ފެންބޮޑުވެފައިވާ ޓަނަލެއްގެ އެތެރެއިން ގާތްގަނޑަކަށް 225 މީޓަރު އަޑިން، ޗައިނާގެ ރައްޔިތެއް ކަމަށްވާ ލޫ ހައިތާއޯ ސަލާމަތްކޮށްފައިވަނީ […]

ފައްތާލާނެ ކަމަށް ބުނެ އެމެރިކާއިން މި ދިނީ ކޮން އިންޒާރެއް؟

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް ހަމަލާދިނުމާ ގުޅިގެން ވޮޝިންޓަނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، ހޮރްމޫޒް ކަނޑުއޮޅިއާއި އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގައި އެމެރިކާއާ ގުޅުން އޮންނަ ތިން އުޅަނދަކަށާއި ތިން ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ. އައި.އާރު.ޖީ.ސީން ބުނި ގޮތުގައި އެ ޖަމާއަތުގެ ކަނޑުގެ ސިފައިން އަމާޒުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ”ހުއްދަ ނެތް“ މަގުތަކުން ދަތުރުކުރި އުޅަނދުތަކަކަށެވެ. އަދި އެމެރިކާއާ […]

އެމެރިކާއިން މުޅި ދުނިޔެއާއި ދެކޮޅަށް ”ހަނގުރާމައެއް“ އިއުލާނުކުރީތަ؟

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހުރިހާ ޤައުމުތަކަކާ ދެކޮޅަށް ”އިޢުލާންކުރި ހަނގުރާމައެއް“ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާއިން އެންމެ ފަހުން އެޅި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހުރިހާ ޤައުމަކާ ދެކޮޅަށް ”އިޢުލާންކުރި ހަނގުރާމައެއް“ ކަމަށް ސިފަކޮށްފައެވެ. އަދި އދ. ގެ މެންބަރު މިނިވަން ޤައުމުތަކުގެ މައްޗަށް އެމެރިކާގެ ޤާނޫނުތައް ގަދަކަމުން ހިންގަން މަސައްކަތްކުރާ ކަމަށް ވޮޝިންގޓަނަށް ވަނީ ތުހުމަތުކޮށްފައެވެ. މި ބަޔާން ނެރެފައި މިވަނީ، ހޮރްމުޒް ކަނޑުއޮޅިއަކީ މިހާރު އެމެރިކާގެ ސަރަޙައްދެއްގެ ގޮތުގައި […]

އިންޑިއާގެ އަސާމުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ

ޖުލައި މަހުގެ މެދުތެރޭގައި ތިން ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހި، އިންޑިއާގެ އަސާމް ސްޓޭޓުގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެ، 2،700 އަވަށް ހަލާކުވެ، 700،000 ރައްޔިތުންގެ ގެދޮރު ގެއްލިފައިވާކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ. ޖުމްލަ 1.2 މިލިއަން މީހުންނަށް މި ކާރިސާގެ އަސަރު ވަނީ ކޮށްފައެވެ. ޖުލައި 18 އިން 20 އަށް ވެހުނު ބޯވާރޭގެ ސަބަބުން އަސާމްގެ ސިވަސާގަރު ޑިސްޓްރިކްޓަށާއި އަވަށްޓެރި ނާގަލޭންޑުގެ ނާގާ ހިލްސް ސަރަހައްދަށް […]

ޔޫ އެސް އެސް އަބްރަހަމް ލިންކަން ގަލްފު ސަރަހައްދުގައި ބޭއްވޭކަންނެތް

އެމެރިކާގެ ފްލެގްޝިޕް އެއާރކްރާފްޓް ކެރިއަރ މެދުއިރުމަތީގައި އިތުރު 9 މަސްދުވަސް ހޭދަކުރަންޖެހުމުން އެ އުޅަނދުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިން ބޯގޮވައި އަމިއްލައަށް މަރުވަން ކަނޑަށް ފުންމާލަން މަސައްކަތް ކުރަމުން އަންނަކަން ޔޫ އެސް މީޑިއާއިން ރިޕޯރޓް ކޮށްފިއެވެ. ކާ ބޯ އެއްޗެހި ރޭޝަންކޮށްފާ އޮތުމާއި ފާޚާނާތައް ހަލާކުވެ ތާހިރުވެވެން ނެތުމާއި ފެނަށްޖެހި ފެންވަރާ ގައިންތާހިރުވޭވެނެ ގޮތެއްވެސް ނެތްކަން އެނގިފައިވާކަމަށް ގަލްފު ސަރަހައްދުގައި ތާށިވެފާއޮތް އެއާރކްރާފްޓް ކެރިއަރ ގައި މަސައްކަތްކުރާ ސިފައިންގެ މީހުންގެ އާއިލާތަކުން މީޑިއާތަކަށް ކިޔާދީފައިވެއެވެ. […]

އޮމާނުގައި މޮސާޑުން ހިންގަން އުޅުނު ޖާސޫސް ކުރުން ފަޅާއަރުވާލައިފި

ކިއުންތެރިންނާ ހަމަޔަށް ގެނެސްދެވޭތޯ މިބަލަނީ ކޮލެޕްސް ކްރޯނިކްލް އިން ކޮށްފައިވާ ޖިއޯ ޕޮލިޓިކަލް ފުން ކަވަރޭޖެއްގެ ތަންތަންކޮޅެވެ. ގަލްފުގައި ހިނގަމުންދާ ހަނގުރާމައިގާ މިއީވެސް އެނގުންބޭނުން މައުލޫމާތަކަށް ވާނެއެވެ. މިދިޔަ ހަފުތާގައި އޮމާނާއި އީރާނުން ގުޅިގެން ހިންގި ކައުންޓަރ ޖާސޫސީ ހަރަކާތަކީ އިސްރާއީލާއި އެމެރިކާގެ ސިއްރު އޭޖެންސީތައް ލަދުގަންނުވާލި ހަރަކާތެކެވެ. މިފަހަރު އަތުލައިގަތީ ހަމައެކަނި މޮސާޑުގެ ޖާސޫސުންނެއް ނޫނެވެ. އެމީހުންގެ ހަރަކާތްތަކުގެ ތަފްސީލަށް ދާންދެން ކުރަހާފައިވާ ބުލޫ ޕްރިންޓާވެސް އެކުގައޭ ބުނެވިދާނެއެވެ. އޮމާނުން އެ ޖާސޫސުންނަށް ފާރަލުމުގައި އީރާނުގެ […]