އިންޑޮނީޝިޔާގައި އަލިފާން ފަރުބަދައެއްގޮވައި ބޯ ދުން އަރަމުން ދާތީ މައި އިންޓަރނޭޝަލް އެއާޕޯޓްގެ ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން އެތައްހާސް ފަސިންޖަރުން އެއާޕޯޓްގައި ބަންދުވެފައިވާކަމަށް ޚަބަރުލިބެއެވެ.
އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި ވެރިރަށް ޖަކާޓާގެ މައި އިންޓަރނޭޝަނަލް އެއާޕޯޓާއި ކައިރީގައިވާ އަނަކް އަލިފާން ފަރުބަދައިން އާދީއްތަދުވަހު ހެދުނު ބޯދުމާއި އެކު އަލިފާނުގެ ގިނިތައް އަރަން ފެށުމާއި ގުޅިގެން 209 ފްލައިޓް ވަނީ ސަސްޕެންޑް ކޮށްފައެވެ.
ހުކުރު ދުވަހުގެ ރޭންފެށިގެންވެސް އަލިފާން ފަރުބަދަ ގޮވަން އުޅޭކަމުގެ ނިޝާންތައް ދިޔައީ ފެންނަމުން ކަމަށް ވެއެވެ.އެއާއެކި ސަލާމަތީ ފިޔަވަޅުތައް އަޅަން ވަނީ ފަށާފައެވެ.
އާދީއްތަ ދުވަހު ފްލައިޓްތައް ކެންސަލް ކުރުމާއ ގުޅިގެން 22،000ފަސިންޖަރުންގެ ދަތުރަށް ބުރޫ އަރާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ފްލައިޓް ތައް ފުރަތަމަ މެދުކަޑާލެވުނީ އާދީއްތަ ދުވަހުގެ މެންދުރު 13:30 އާއި ހަމަޔަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދަތުރުތައް މެދުކަނދާލުމުން އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ސިންގަޕޫރުގެ އިތުރުން ބައިނަލްއަގްވާމީ ރޫޓުންވެސް ދޯހާ ސިޑްނީ އަދި ކުއާލަލަންޕޫރަށް ކުރަން އޮތް އަދި އެތަންތަނުން އަންނަން އޮތް ފްލައިޓް ތަކަށެވެ.
ޖާވާ އަދި ސުވަޓްރާ އާއި ދެމެދުގައިވާ އަލިފާންފަރުބަދަ ގޮވުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިނުވާ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ. އަދި އެހިސާބާއި ކައިރީގައި ދިރިއުޅެމުންދާ މީހުން ގޭން ބޭރަށް ނުނިކުތުމަށާއި އަދި ދުމުން ސަލާމަތްވުމަށްޓަކައި މާސްކް އަޅައިގެން އުޅުމަށްވެސް ދަނީ އަންގަމުންނެވެ.
![]()
