ބަހްރައިންގައިހުރި އެމެރިކާގެ މިލިޓަރީ ވަސީލަތްތަކަށް އީރާނުން ވޭންދެނިވި ޙަމަލާތަކެއް ދީފި

ފާއިތުވެގެން މިދާ ދުވަސްތަކުގައި ބަހްރައިންގައި ގާއިމްކޮށްފައިހުރި އެމެރިކާގެ ނޭވަލް ސަޕޯރޓް އެކްޓިވިޓީ ބޭސްއަށް އީރާނުން ދެމުންގެންދާ ހަމަލާތަކުން ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑުކަން ނޭވީންނާބެހޭ އެސިސްޓެންޓް ސެކްރެޓަރީ ހާމަކުރައްވައި އެމެރިކާއިން މެދުއިރުމަތީގައި ގެއްލުންތައް އަލުން މަރާމާތު ކުރެވިދާނެތޯ އެމެރިކާގެ ނޭވީން ބަލަން ފަށައިފިއެވެ. ބަހްރައިންގައި ހުންނަ އެމެރިކާގެ 5 ވަނަ ފްލީޓްގެ ހެޑްކުއާރޓަރަށް އީރާނުން ދިން ހަމަލާ ސިފަކޮށްދެމުން މިދިޔަ ބުދަދުވަހު އިޕޯކް ޓައިމްސްއަށް އެމެރިކާގެ އެކްޓިންގ ސެކްރެޓަރީ އޮފް ސްޓޭޓް އޮފް ދަ ނޭވީ ހަންގް […]
އީރާނުން އިއުލާނުކުރަން މި އުޅެނީ ކޮންކަމެއް؟

ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުގެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވަމުންދާތީ، ބަދަލު މަގެއްގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާނެ އާ މަގެއް އިއުލާނުކުރުމަށް އީރާނުން ދަނީ ތައްޔާރުވަމުންނެވެ. އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލް މުހްސިން ރިޒާއީ ވިދާޅުވީ، އެ ކަނޑުއޮޅީގެ ކައިރީގައި ވަކި ޒޯނެއް ކަނޑައަޅައި، އޮމާނާއެކު އެއްބަސްވެފައިވާ އާ މަގު ”ކުރިއަށް އޮތް ދުވަސްތަކުގައި“ ތެހެރާނުން އާންމުކުރާނެ ކަމަށެވެ. އީރާނުގެ އޮފިޝަލުން މީގެ ކުރިން ވިދާޅުވެފައިވަނީ ވަގުތީ ގޮތުން ހަމަޖައްސާ […]
ފައްތާލާނެ ކަމަށް ބުނެ އެމެރިކާއިން މި ދިނީ ކޮން އިންޒާރެއް؟

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް ހަމަލާދިނުމާ ގުޅިގެން ވޮޝިންޓަނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، ހޮރްމޫޒް ކަނޑުއޮޅިއާއި އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގައި އެމެރިކާއާ ގުޅުން އޮންނަ ތިން އުޅަނދަކަށާއި ތިން ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ. އައި.އާރު.ޖީ.ސީން ބުނި ގޮތުގައި އެ ޖަމާއަތުގެ ކަނޑުގެ ސިފައިން އަމާޒުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ”ހުއްދަ ނެތް“ މަގުތަކުން ދަތުރުކުރި އުޅަނދުތަކަކަށެވެ. އަދި އެމެރިކާއާ […]
ޔޫ އެސް އެސް އަބްރަހަމް ލިންކަން ގަލްފު ސަރަހައްދުގައި ބޭއްވޭކަންނެތް

އެމެރިކާގެ ފްލެގްޝިޕް އެއާރކްރާފްޓް ކެރިއަރ މެދުއިރުމަތީގައި އިތުރު 9 މަސްދުވަސް ހޭދަކުރަންޖެހުމުން އެ އުޅަނދުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިން ބޯގޮވައި އަމިއްލައަށް މަރުވަން ކަނޑަށް ފުންމާލަން މަސައްކަތް ކުރަމުން އަންނަކަން ޔޫ އެސް މީޑިއާއިން ރިޕޯރޓް ކޮށްފިއެވެ. ކާ ބޯ އެއްޗެހި ރޭޝަންކޮށްފާ އޮތުމާއި ފާޚާނާތައް ހަލާކުވެ ތާހިރުވެވެން ނެތުމާއި ފެނަށްޖެހި ފެންވަރާ ގައިންތާހިރުވޭވެނެ ގޮތެއްވެސް ނެތްކަން އެނގިފައިވާކަމަށް ގަލްފު ސަރަހައްދުގައި ތާށިވެފާއޮތް އެއާރކްރާފްޓް ކެރިއަރ ގައި މަސައްކަތްކުރާ ސިފައިންގެ މީހުންގެ އާއިލާތަކުން މީޑިއާތަކަށް ކިޔާދީފައިވެއެވެ. […]
އީރާނަށް ”އިގްތިސާދީ ޑީ-ޑޭ“ އެއް ގެންނާނެކަމުގެ އިންޒާރު!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް މިހާތަނަށް ހިންގާ އެންމެ ވަރުގަދަ އަދި ”ފުނޑުފުނޑުކޮށްލަނިވި އިގްތިސާދީ އޮޕަރޭޝަން“ އިއުލާނު ކުރައްވާފައެވެ. މިއީ ފަސް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، ތެހެރާނަށް ދޭ ޕްރެޝަރު އިންތިހާއަށް އިތުރުކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. ބުދަ ދުވަހު ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް އީރާނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގައި އެ ގައުމު […]
އީރާނު އަނެއްކާވެސް އެލާޓަށްއައިސް ތައްޔާރުވަނީ!

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، ”އިގްތިސާދީ ގޮތުން އެކަހެރިކުރުމުގެ ތާރީޚުގައި ވެސް ދުވަހަކު ފެނިފައިނުވާ ވަރުގެ“ ގެއްލުންތަކެއް ދޭނެކަމުގެ އިންޒާރު ދެއްވަމުން، އީރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އެޅުމަށް ވޮޝިންޓަނުން ދަނީ ތައްޔާރުވަމުންނެވެ. އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހޯމަ ދުވަހު ހަމަވުމާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މި އިންޒާރު އިތުރަށް ވަރުގަދަކުރައްވާފައެވެ. އަދި ހަނގުރާމަވެރި އަމަލުތައް ނިމުމަކަށް ގެނައުމަށް އެއްވެސް އަވަސްއަރުވާލުމެއް ނެތް ކަމަށް […]
މެދުއިރުމަތީ ހަނގުރާމައިގެ އެންމެ ފަހުގެ އަދާހަމަތައް!

އެމެރިކާ މެދުވެރިވެގެން އީރާނާއެކު ވެވުނު ފަހުމުނާމާގެ މުއްދަތު 17 އޮގަސްޓް 2026 ގައި ހަމަވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ އެމެރިކާއިން ”ބޮޑެތި“ ޚިލާފުވުންތަކެއް ވެފައިވާތީ، މި މުއްދަތަކީ މިހާރު ”އެއްވެސް މާނައެއް ނެތް“ އެއްޗެއް ކަމަށާއި، އީރާނުގެ ފައުޖުތައް އޮތީ ކުރިމަތިލުމަކަށް ތައްޔާރަށް ކަމަށެވެ. އައި.އާރު.ޖީ.ސީގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ޔަދުﷲ ޖަވާނީ އިޝާރާތް ކުރެއްވި ގޮތުގައި އީރާނުން ދިފާޢީ ޙާލަތުން ހަމަލާދިނުމުގެ […]
ހޮރްމޫޒް ކަނޑުއޮޅިއާއި ބެހޭގޮތުން ނޭނގޭ ހަގީގަތް

އީރާން އަދި ސްޓްރެއިޓް އޮފް ހޮރމޫޒް، މި ދެ ލަފްޒް އެއް ޖުމްލައެއްގައި އައުމުން ހިތަށް ވަންނަނީ ކޮންކަމެއްތޯއެވެ؟ ޓެންޝަން(މަޝްރަޙް ހޫނުވުން)، ތުރެޓް(ބިރުދެއްކުން) އަދި ކެއޯސް (އިންތިޒާމް ނެތް ތަނެއް) މިކަންކަން ތޯއެވެ.ހަބަރު ސުރުހީތަކުގެ ހަގީގީ ބޭނުކަކީވެސް އެއީއެވެ. ހޮރްމޫސް ކަނޑުއޮޅިއާއި ބެހޭގޮތުން ޚަބަރު ހެޑްލައިން ތަކުގައި ހާމަ ނުކުރާ ހަގީގަތްތަކެއްވެސް އެބަހުއްޓެވެ.އެހަގީގަތަކީ އެއްވެސް ކަހަލަ ފީއެއް ނެގުމެއްނެތި، ސުވާލެއް ކުރުމެއްނެތި ދުނިޔޭގެ އުޅަދުތަކުން 40 އަހަރުވަންދެން ހޮރުމޫޒް ކަނޑުއޮޅި ބޭނުން ކުރަމުން ދިއުމުގެ ފުރުސަތު އީރާނުން […]
އީރާނުގެ ކިބައިން އިސްރާއީލު ރައްކާތެރި ކުރެވިދާނެ ގާބިލްކަން އެމެރިކާއަށް ލިބިފައެއް ނެތް

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ މިހާތަނަށް 37.5 ބިލިއަން އެމެރިކާ ޑޮލަރ ހޭދަވެގެން ހިނގައްޖެކަން އެސޯޝިއޭޓެޑް ޕްރެސްއަށް ލީކްވެއްޖެއެވެ. އެމެރިކާއިން ޔޫރަޕްގެ ކޮމާންޑް ކަމުގައި ކަނޑައަޅާފައިވާ ޖެނެރަލް އެލެކްސަސް ގްރީންކެވިޗް ހާމަކޮށްފައިވާގޮތުގައި އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ބޯޓުފަހަރު ހުއްޓުވަން އެމެރިކާއިން އަޅާފައިވާ ނޭވަލް ބްލޮކްގެ ސަބަބުން އީރާނުން ދީފާނެ ހަމަލާތަކުން އިސްރާއީލް ރައްކާތެރި ކުރަން ބޭނުންވާ ހަތިޔާރު އެމެރިކާގެ މިލިޓްރީގައި މިހާރު ވަނީ ހުސްވުމާ ކައިރިވެފައެވެ. ޖެނެރަލް އެލެކްސަސް ގްރީންކެވިޗް ޕެންޓގަން […]
އީރާނުގެ އިންޒާރަށް ބިރުން ގައުމަށް ވަޑައިގެންނެވީ ސިއްރު ފްލައިޓެއްގައި

މި ހުސްވި ޖުލައިމަހު ތުރުކީގައި ބޭއްވުނު ނޭޓޯގެ ބައްދަލުވުމަށްފަހު ރައީސް ޑޮނާލްޑް ޓްރަމްޕް އެނބުރި ގައުމަށް ވަޑައިގެންނަވާނީ އެއާރފޯސް -1 ގައިކަމަށް ވައިޓް ހައުސް އިން ބުނެފައިވީ ނަމަވެސް އެ މަނިކުފާނު ވަޑައިގެންނެވީ ސިއްރު މިލިޓްރީ އެއާރކްރާފްޓެއްގައިކަން ވޮޝިންގޓަން ޕޯސްޓުން ހާމަކޮށްފިއެވެ. ވޮޝިންގޓަން ޕޯސްޓުން ބުނެފައިވާގޮތުގައި ރައީސް ޓްރަމްޕް އެގޮތަށް ކަންތައް ކުރެއްވީ އީރާނުން ދީފައިވާ އިންޒާރުގެ ސަބަބުންނެވެ.އަންކާރާގައި އޮތް ނޭޓޯގެ ސަމިޓަށް ރައީސް ޓްރަމްޕް ވަޑައިގަތީ ގަތަރުން ހަދިޔާއަކަށް ދިން ޖެޓްގެ ފުރަތަމަ ދަތުރުގައެވެ. ގަތަރުން […]