އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފި

އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފިއެވެ.މިކަން ވަނީ ޖަޕާން އަދި ދެކުނު ކޮރެޔާއިންވެސް ކަށަވަރު ކޮށްދީފައެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ ޓެސްޓްގައި މިސައިލް ޖައްވަށް ފޮނުވާލިތާ މާގިނަ އިރެއްނުވެ ވަނީ ކަނޑަށް ވެއްޓިފައެވެ. ދެކުނު ކޮރެޔާއިން ބުނީ މިސައިލް ފޮނުވާލާފައިވަނީ އުތުރު ކޮރެޔާގެ އިރުމަތީ އައްސޭރި ފަށުން ކަމުގައެވެ. މީގެ 8ދުވަސް ކުރިންވެސް އުތުރު ކޮރެޔާއިން ވަނީ ސީއޮފް ޖެޕޭން އާއި ދިމާލަށް އެތައް ޝޯޓް […]
ރަޝިޔާގެ އާންމު އިންތިހާބް ކުރިޔަށްދާއިރު ވޯޓު ނިޒާމަށް ބާރުގަދަ ސައިބަރ ހަމަލާތަކެއް ދެމުން އެބަދޭ

ރަޝިޔާގައި އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެއް ބޭނުން ކޮށްގެން ޕާލިމެންޓަރީ އިންތިހާބްގެ ވޯޓުލުން ކުރިޔަށް ގެންދަމުން ދަނިކޮށް އެނިޒާމަށް ވަރަށް ބާރުގަދަ ސައިބަރ ހަމަލާތަކެއް ލިބެން ފަށާފައިވާކަމަށް އޮފިޝަލުން ހާމަކޮށްފައި ވެއެވެ. ރަޝިޔާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަންގެ ޗެއާ އެލާ ޕެމްފިލޯވާ ވިދާޅުވީ ވޯޓުލުމުގެ ދެވަނަދުވަސް ކަމަށްވާ ހޮނިހިރުދުވަހު ފެށުނު ސައިބަރ ހަމަލާތައް މުޅިހޮނިހިރު ދުވަހުގެރޭވެސް ކުރިޔަށް ގޮސްފައިވާ ކަމުގައެވެ. އަދި މެދުނުކެނޑި ހަމަލާތައް ކުރިޔަށް ދާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން ހުކުރު ދުވަހުވަނީ […]
އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ބައެއް އުސްއަލިތައް އެނަލިސްޓުންގެ ރިޕޯރޓުން

އެންމެ ކުރީ ޒަމާނުއްސުރެން މެދުއިރުމަތީގެ އިސްލާމީ ކޮންމެ ގައުމަކަށްވެސް ދިވެހިންގެ ހިތުގައި ޚާއްސަ ގަދަރަކާއި އިޙްތިރާމެއް ވަނީ ދެވިފައެވެ. އޭރުވެސް އަދި މިހާރުވެސް މަޒްހަބީ ތަފާތުކުރުމަކީ ދިވެހިން މާބޮޑު އަހަންމިއްޔަތެއް ދެމުން ގެންދާކަމަކަށް ނުވެއެވެ. ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅުންގެ ތެރޭގައި ބަރުބަރީއާއި ތަބްރޭޒީގެ ނަންފުޅު ގެނެވޭ ހިނދު އެބޭފުޅުންގެ މަޒްހަބު އޮޅުންފިލުވާކަށް ބޭނުމެއް ނުވެއެވެ. މިއަދު މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އަރަބި ގައުމުތަކުގައި ތިބި އެމެރިކާގެ ލަޝްކަރުތަކުން ފަނާކުރަނިވި ހަމަލާތަކެއް […]
ސައުދީގެ މައްޗަށް ހޫތީންގެ ބޮޑެތި ތުޙުމަތުތަކެއް ފެންމަތިވެއްޖެ

ޔަމަނުގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަ ވަރުގަދަވަމުންދާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސައޫދީ އަރަބިއްޔާއިން 26 ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ތުހުމަތުކޮށްފިއެވެ. ހުކުރު ދުވަހު ހޫތީން ބުނި ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ސައޫދީން ދިން ހަމަލާތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް 300 އަށް އަރާފައެވެ. މި މައުލޫމާތު އޭއެފްޕީން ރިޕޯޓުކޮށްފައިވާއިރު، ސައޫދީގެ ކަމާބެހޭ ފަރާތްތަކުން […]
ނޭޕާލުގައި ފެންބޮޑުވި ކާރިސާއާއި ގުޅިގެން ބޮޑެތި ސުވާލުތަކެއް ފެންމަތިވެއްޖެ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަރުބަދަމަތީ ސަރަޙައްދުތަކުގައި ކުއްލި ކާރިސާތައް ހިނގުމުގެ ފުރުޞަތު އިތުރުވަމުންދާތީ، ހިމާލިޔާ ސަރަޙައްދުގެ ރައްޔިތުންނަށް ވަގުތުން ވަގުތަށް އިންޒާރު ލިބިދާނެތޯ ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ކަންބޮޑުވުން އުފެދިއްޖެއެވެ.އޯގަސްޓް 26 ގައި ނޭޕާލުގެ ރަސުވާ ޑިސްޓްރިކްޓުގައި ގުލޭޝިއަރެއް ވެއްޓި ގަނޑުފެނާއި ހިލަ ފުނިޖެހުމުގެ ސަބަބުން، ލެންޑޭ ކޯލާ ކޯރުގެ ތެރެއިން ބާރުގަދަ ފެނާއި، މަޑާއި އަދި ކުނިބުނީގެ ރާޅުތަކެއް އުފެދުނެވެ. މި ފެންބޮޑުވުމުގައި ނޭޕާލާއި ޗައިނާގެ ބޯޑަރާ ހަމައަށް މީހުން […]
ގްރީންލޭންޑްވެސް ގައުމެއްގެ އަޅުވެތިކަމުގެ ދަށަށް؟

ޑެންމާކާއި ގްރީންލޭންޑާ އެކު ވެވޭ އައު އެއްބަސްވުމެއްގެ ދަށުން، އާކްޓިކްގެ އެ ރަށުގެ ސަލާމަތީ އަދި އެހެނިހެން ބޭނުންތަކުގެ މައްޗަށް އެމެރިކާއަށް ދާއިމީ ކޮންޓްރޯލް ލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހު ޓްރުތް ސޯޝަލްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ގްރީންލޭންޑްގައި މުއްދަތެއް ނެތި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާބިލުކަން އެމެރިކާއަށް ލިބިގެންދާނެ ކަމަށެވެ. އަދި އެމެރިކާގެ ހުއްދައަކާ ނުލައި، ވާދަވެރި ގައުމުތަކުން އެ ރަށުގައި އަސްކަރީ […]
ޗައިނާއާއި އީރާނުގެ ގުޅުމަށް ފަރީދު ޒަކަރިއްޔާގެ ރިޕޯރޓް

ގާނޫނީ ގޮތުން އީރާނަށް ލިބިދޭންޖެހޭ ހައްގުތަކަށް ވަކާލާތުކޮށް ރައްކާތެރިކޮށްދިނުމަށްޓަކައި ބައިވެރިއެއްގެ ގޮތުން ޗައިނާއިން ދެމިހުންނާނެކަން އެ ގައުމުގެ ޚާރިޖީ ވަޒީރު ވޭންގް ޔީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއަށް ކަށަވަރުކޮށްދީފިއެވެ. ދެބޭފުޅުން ޗައިނާގެ ބެއިޖިންގގައި ބައްދަލުކުރައްވާފައި މިވަނީ ޗައިނާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގަތުން ދިހަ ވަރަކަށް ދުވަހަށް ކައިރިވެފާ ވަނިކޮށެވެ. ޗައިނާގެ ރައީސް ގެ ދަތުރުފުޅުގައި އެމެރިކާގެ ރައީސް އާއެކު އީރާން ހަނގުރާމައާއި ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި މަޝްވަރާ ކުރައްވާނެކަމަށް ވެއެވެ. އީރާނާއި […]
ފިލިޕީންސްގެ ސްކޫލެއްގައި ކިޔަވާ ކުއްޖަކު ބަޑިޖަހާ 2 ކުދިން މަރާލުމަށްފަހު އަމިއްލަޔަށް މަރުވެއްޖެ

ފިލިޕީންސްގެ ބަންގާ ނެޝަނަލް ހައިސްކޫލް ގައި ކިޔަވާ ކުއްޖަކު އެތައް ކުދިންނެއް ގަޔަށް ބަޑިޖެހުމަށްފަހު އަމިއްލަޔަށް މަރުވެއްޖެއެވެ. މިކުއްޖާ ހަމަލާދިން ކުދިންގެ ތެރެއިން ދެކުދިން މަރުވެފައިވާއިރު އިތުރު 8 ކުއްޖަކު މަރުނުވެ ސަލާމަތް ވެފައިވާކަމަށް ޚަބަރު ލިބެއެވެ.ނަމަވެސް މީގެ ތެރެއިން 4 ކުދިންގެ ހާލު ކްރިޓިކަލް ކަމަށް ޚަބަރުތައް ބުނެއެވެ. ދެކުނުގެ ޕްރޮވިންސެއްކަމަށްވާ މިންޑަނާއޮ ގައި ހުންނަ ސްކޫލްގައި ހުކުރު ދުވަހު މެންދުރުފަހު ދިން މިހަމަލާގައި މަރުވެފައިވަނީ އުމުރުން 14 އަހަރުގެ ދެކުދިންނެވެ. މިހަމަލާއާއި ގުޅިގެން އެޑިޔުކޭޝަން […]
ޕާކިސްތާންގެ ޚައިބަރު ޕަޚްތުންޚުވާ ގައި ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން 16 މީހުން މަރުވެ 50 މީހުންނަށް އަނިޔާތައް ލިބިއްޖެ

ޕާކިސްތާންގެ ޚައިބަރު ޕަޚްތުންޚުވާ ގައި ހުންނަ ތާރީހީ ގޮތުން މުހިންމު ޕޮލިސް ހެޑްކުއާޓަރެއްގައި ހުކުރުދުވަހު ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން 16 މީހުން މަރުވެ 50 މީހުންނަށް އަނިޔާތައް ލިބިފައިވާ ކަމަށް ހަބަރު ލިބެއެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ ފަސް މީހުންވެސް ހިމެނެއެވެ. މިހަމަލާ ދިން ފުލުހުންގެ މަރުކަޒު ހުންނަނީ ޚައިބަރު ޕަޚްތުންޚުވާ ގެ އަފްޢާނިސްތާނާއި ގާތް ފަޅީގައިވާ ޑިސްޓްރިކްޓެއް ކަމަށްވާ ކޯހަތުގައި ކަމަށް ވެއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އިސްމީހަކު ބުނީ […]
ޣައްޒާގައި އަނެއްކާވެސް ހިތްފަޅައިގެން ދާވަރުގެ ހިތާމަވެރި ހާދިސާއެއް

ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުއްޓާ މީހުން ދިރިއުޅެމުންދިޔަ ޢިމާރާތެއް ވެއްޓި، ކުޑަކުދިން ހިމެނޭހެން ފަލަސްޠީނުގެ މަދުވެގެން 21 މީހުން މަރުވެއްޖެއެވެ. މި ހާދިސާއިން ހާމަވެގެން ދަނީ ބޮޑެތި ގެއްލުންތައް ލިބިފައިވާ ޢިމާރާތްތަކުގައި ދިރިއުޅޭ ޢާއިލާތަކަށް އޮތް ނުރައްކާ އިތުރުވަމުންދާ މިންވަރެވެ. ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ އަލްސަޢާދާ ޢިމާރާތް ވެއްޓުނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އަދި އެތަނުގައި ދިރިއުޅޭ މީހުން ކޮންކްރީޓާއި ކުނިބުނީގެ ދަށުގައި ތާށިވިއެވެ. މި ހާދިސާގައި ވެއްޓުނު ޢިމާރާތުގެ ދަށުވި މީހުންގެ […]