ފިލިޕީންސްގެ ބަންގާ ނެޝަނަލް ހައިސްކޫލް ގައި ކިޔަވާ ކުއްޖަކު އެތައް ކުދިންނެއް ގަޔަށް ބަޑިޖެހުމަށްފަހު އަމިއްލަޔަށް މަރުވެއްޖެއެވެ. މިކުއްޖާ ހަމަލާދިން ކުދިންގެ ތެރެއިން ދެކުދިން މަރުވެފައިވާއިރު އިތުރު 8 ކުއްޖަކު މަރުނުވެ ސަލާމަތް ވެފައިވާކަމަށް ޚަބަރު ލިބެއެވެ.ނަމަވެސް މީގެ ތެރެއިން 4 ކުދިންގެ ހާލު ކްރިޓިކަލް ކަމަށް ޚަބަރުތައް ބުނެއެވެ.
ދެކުނުގެ ޕްރޮވިންސެއްކަމަށްވާ މިންޑަނާއޮ ގައި ހުންނަ ސްކޫލްގައި ހުކުރު ދުވަހު މެންދުރުފަހު ދިން މިހަމަލާގައި މަރުވެފައިވަނީ އުމުރުން 14 އަހަރުގެ ދެކުދިންނެވެ. މިހަމަލާއާއި ގުޅިގެން އެޑިޔުކޭޝަން ޑިޕާޓްމަންޓުން ވަނީ ހަމްދަރުދީ ފާޅުކޮށް ބަޔާނެއް ނެރެފައެވެ.އަދި ކުދިންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް އިސްކަން ދޭނެކަމަށް ބުނެފައި ވެއެވެ.މިއީ މިދިޔަ ޖޫން މަހުން ފެށިގެން މިހާތަނަށް ފިލިޕީންސްގެ ސްކޫލެއްގައި މިފަދަ ބަޑީގެ ހަމަލާތައް ދިން ތިންވަނަ ފަހަރެވެ.
![]()
