ބާރުގަދަ ތޫފާން ”ޑުޖުއާން“ ޖަޕާނަށް އަރައި ހިނގި އެކި ހާދިސާތަކުގައި ހަތަރު މީހުން މަރުވެއްޖެ

ބާރުގަދަ ”ޑުޖުއާން“ ތޫފާން ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އުތުރުން ކައިރި އެހެން ޕްރީފެކްޗާތަކަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭވެހި ވަރަށް ވައިގަދަވެ ފެންބޮޑުވެ ހިނގި އެކި ހާދިސާތަކުގައި ހަތަރު މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. މި ތޫފާނުގެ ސަބަބުން 50ހާހެއްހާ މީހުންގެ އާބާދީ އަކަށް ކަރަންޓް ކެނޑި އެތައްސަތޭކަ ފްލައިޓް މެދުކަނޑާލާފައިވެއެވެ. ތޫފާންގެ ސަބަބުން ހާލުގައި ޖެހިދާނެ ކަމަށް ބެލެވޭ މީހުން ރައްކާތެރި ތަންތަނަށް ބަދަލުވާން އެންގުނު ނަމަވެސް އަންގާރަ ދުވަހުއިރުމަތީ އައްސޭރިފަށާ ދުރަށް ތޫފާން ޖެހުމާއިގުޅިގެން […]

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ބިރުދައްކައިފި!

ވޮޝިންގޓަނުން ތެހެރާނަށް ދެމުން ގެންދާ އިޤްތިޞާދީ ފިއްތުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، މާދަމާއިން ފެށިގެން (ސެޕްޓެމްބަރު 23 އިން ފެށިގެން) އީރާނުގެ އެއާލައިންތަކަށް ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް އެއްކޮށްހެން ބަންދުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ. އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހޯމަ ދުވަހު ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން މުޅި ދުނިޔޭގައިވެސް އީރާނުގެ ހުރިހާ އެއާލައިންތަކެއް ”ހުއްޓުމަކަށް ގެންނާނެ“ ކަމަށެވެ. މި އިންޒާރަކީ ހަމައެކަނި އެ އެއާލައިންތަކަށް އަމާޒުކޮށްފައިވާ އިންޒާރެއް ނޫނެވެ؛ […]

ދުނިޔޭގެ ހާލަތު ވަރަށް ގޯސްވެއްޖެކަމަށް ޔޫއެންއިން ބުނެފި

ހަނގުރާމަތައް އިތުރުވެ، އަދި ޖިއޯޕޮލިޓިކަލް ގޮތުން އުފެދިފައިވާ ބައިބައިވުންތަކުގެ ސަބަބުން ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ބާރު ކެނޑި ފިޔަވަޅު ނޭޅޭ ހާލަތަކަށް ގޮސްފައިވާތީ، ދުނިޔޭގެ ހާލަތު ދަނީ ”ގޯސްވަމުން“ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އިންޒާރު ދެއްވައިފިއެވެ. ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ޔޫއެންގެ އާންމު މަޖިލީހުގައި ދެއްވާ އެންމެ ފަހު ތަގުރީރުގެ ކުރިން، ހޯމަ ދުވަހު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ގުޓެރެސް ވިދާޅުވީ، ހަމަނުޖެހުންތަކުގެ ތެރެއަށް ބޮޑެތި ބާރުތަކުން ވަންނަ މިންވަރު އިތުރުވުމަކީ […]

އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ދެ ތުއްތުކުދިން ނިޔާވެއްޖެ

އިންޑިއާގެ ތެލަންގާނާގެ އަދިލާބާދުގައި ހުންނަ ރާޖީވް ގާންދީ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ގެ ސްޕެޝަލް ނިއުބޯން ކެއާ ޔުނިޓް ”އެސް.އެން.ސީ.ޔޫ“ ގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ ތުއްތުކުދިން މަރުވެއްޖެއެވެ. އަލިފާން ރޯވީ ދަންވަރު ގާތްގަނޑަކަށް 11:50 ހާއިރު ކަމަށްވާއިރު، ކުޑަކުދިން ބަލަހައްޓާ ވޯޑު ވަނީ އަލިފާނާއި ބޯ ދުމުން ފުރިފައެވެ. އިބްތިދާއީ ރިޕޯޓްތައް ބުނާގޮތުގައި އަލިފާން ރޯވާން މެދުވެރިވީ އެއާކޮންޑިޝަނަރަކުން ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާކުރެވުނު ނަމަވެސް، ކަމާބެހޭ ފަރާތްތަކުން […]

ރަޝިޔާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުއަޅަން އެމެރިކާއިން ފާސްކޮށްފި

ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ރަޝިޔާއާ ދެކޮޅަށް އިތުރު އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަސްދުވަސްވާންދެން ބަހުސް ކުރުމަށްފަހު ކޮންގްރެސްއިން ހުއްދަ ލިބުމާއެކު މިދިޔަ ހުކުރުދުވަހު ރައީސް ޑޮނާލްޑް ޓްރަމްޕް އެ ނިންމުމުގައި ސޮއި ކުރައްވައިފިއެވެ. ވޯޝިންގްޓަންގެ ގިނަ ވަގުތުތަކަކާއި މިލިޓްރީ ވަސީލަތްތަކެއް އީރާނާދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް ހޭދަކުރެވިގެންދާއިރު މަޝްވަރާގެ މަގުން ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެންނަން ވޯޝިންގްޓަނުން ގެންދަނީ ބާރުއަޅަމުންނެވެ. އެހެންނަމަވެސް މޮސްކޯއިން ގެންދަނީ ޔޫކްރެއިނަށް އިތުރު ހަމަލާތައް ދެމުންނެވެ. ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމައަށް […]

އިނގިރޭސި ޝާހީ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް!

އަވަހާރަވެފައިވާ އިނގިރޭސިވިލާތުގެ ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އަދި ނުވަވަނަ އާލް ސުޕެންސާ، ޗާލްސް ސުޕެންސާ ނެރުއްވާ އަމިއްލަ ހަޔާތުގެ މައްޗަށް އެކުލެވޭ އާ ފޮތް ”ސްވާން ސޮންގް: ޑަޔާނާ، މައި ސިސްޓާ“ އާއެކު އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްކޮށް ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ. މި ފޮތުގައި ޗާލްސް ސުޕެންސާ ލިޔުއްވާފައިވާ ގޮތުގައި، 1997 ވަނަ އަހަރު ޕެރިސްގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވި ރޭ، އޭރުގެ ޕްރިންސް ޗާލްސް (މިހާރުގެ ރަސްގެފާނު ޗާލްސް) އާ […]

އޭއައި ބޭނުންކުރިކަމުގެ ތުހުމަތުގައި އިންޑިއާގެ ދަރިވަރަކު އަމިއްލައަށް މަރުވެއްޖެ!

އިންޑިއާގެ މަޝްހޫރު އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ބޮމްބޭގެ ދަރިވަރަކު އަމިއްލައަށް މަރުވި ހާދިސާއާ ގުޅިގެން އެ އިދާރާއިން ހާއްސަ ބަޔާނެއް ނެރެފިއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އިމްތިހާނެއްގެ ތެރޭގައި އެ ދަރިވަރު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރިކަން ފާހަގަކުރެވިގެން އެކަމާ މެދު ސުވާލުކުރުމާ ގުޅިގެންނެވެ. އައިއައިޓީ ބޮމްބޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިމްތިހާނުގައި ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލައިގައި އެ ދަރިވަރާ ސުވާލުކުރެވުނު ނަމަވެސް، އެކަމުގެ ސަބަބުން އޭނާގެ ތައުލީމީ ހަޔާތަށް އަދި މުސްތަގުބަލަށް އެއްވެސް ނޭދެވޭ […]

އިންޑިޔާގެ ކެރަލާއަށް ބޯކޮށް ވާރޭވެހި ކިސަޑު ހެދުންފަދަ ހާދިސާތައް ކުރިމަތިވަމުން އެބަދޭ

އިންޑިޔާގެ ކެރަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގިނަ ހިސާބު ތަކެއްގައި ކިސަޑު ހެދި ބިންގަނޑު ކަނޑައިގެން ދިއުންފަދަ ހާދިސާތައް ކުރިމަތިވަމުން ދާކަމަށް ޚަބަރު ލިބެއެވެ. މިފަދަ ހާދިސާތަކުގައި މިހާތަނަށް ފަސްމީހުން މަރުވެ އަދި ދެމީހުންގެއްލިފައިވާ ކަމަށް ޚަބަރު ތައް ބުނެއެވެ. ބޯވާރޭ ވެހެންމުންދާ ސަރަހައްދު ތަކުގެ ތެރޭގައި ކޮއްޓަކަމްބޫރު އަދި އިޑުއްކި ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ. މިސަރަހައްދު ތަކުގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ބޯވުމުގެ ސަބަބުން ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.ދެކުނު އިންޑިޔާގެ […]

އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފެށުމަށް އީރާނުން ހަތް ޝަރުތެއް ކަނޑައަޅައިފި

އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފެށުމަށް އެ ޤައުމުން ވަނީ ގިނަ ޝަރުތުތަކެއް ކަނޑައަޅާފައެވެ. އަދި އެ ޤައުމަށް އިތުރު ބާރާއި ނުފޫޒެއް ލިބިއްޖެ ކަމަށް ޤަބޫލުކުރެވެންދެން އަސްކަރީ ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ. އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، މަޝްވަރާތަކަށް ދިއުމުގެ ކުރިން އެ ޤައުމުގެ ދުޝްމަނުން ފަހަތަށް ޖައްސައި، އީރާނުގެ އަސްކަރީ ފުރިހަމަ ޤާބިލުކަން ބޭނުންކުރަން ޖެހޭ […]

މޮސްކޯއަށް ދިން ޑްރޯން ހަމަލާތަކެއްގައި ދެ މީހުން މަރުވެއްޖެ ކަމަށް ރަޝިއާއިން ބުނެފި

ޔޫކްރެއިނުން މޮސްކޯ އަދި އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކަށް ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި މަދުވެގެން ދެ މީހުން މަރުވެ، ތެޔޮ ސާފުކުރާ ބޮޑު ކާރުޚާނާއަކަށް ގެއްލުން ލިބިފައިވާ ކަމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. މޮސްކޯގެ މޭޔަރު ސަރްގެއި ސޮބްޔާނިން ވިދާޅުވީ، ހޮނިހިރު ދުވަހުން ފެށިގެން ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުން 1،600 އަށް ވުރެ ގިނަ ޑްރޯން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ވެރިރަށާ ދިމާއަށް މިސްރާބު ޖަހާފައިވާ ގާތްގަނޑަކަށް 450 ޑްރޯން […]