ނަތަންޔާހޫ، ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް އެއްބަހެއް ނުވި!

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 15 ނުކުތާގެ ޣައްޒާ ޕްލޭނަށް ރަސްމީކޮށް ދެކޮޅު ހައްދަވައިފިއެވެ، އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ހަމާސް ”ހަގީގީ މާނައިގައި ހަތިޔާރު އެޅުން ހުއްޓާލަންދެން“ އިސްރާއީލުގެ ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ. މިދިޔަ މަހު ހަމާސްއިން މި ޕްލޭނަށް ތާއީދުކޮށްފައި ވަނިކޮށް، ނަތަންޔާހޫ މި ނިންމެވި ނިންމެވުމުގެ ސަބަބުން ވޮޝިންޓަނާއި ގުދުސްއާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ. ނަތަންޔާހޫ ވަނީ […]

އީރާނުން އެމެރިކާއަށް ހުށަހެޅި ޝަރުތުތައް!

އެމެރިކާއިން އެގައުމުގެ ”އަމަލުތައް އިސްލާހުކުރަންދެން“ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. އަދި މި މުހިންމު ކަނޑުއޮޅިއާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ހުރަސްއެޅޭ ފަދަ ބޮޑެތި އާ ޝަރުތުތަކެއް އީރާނުން ވަނީ ހުށަހަޅާފައެވެ. ކައުންސިލްގެ ސެކްރެޓަރީ އަދި ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު މުހައްމަދު ބާގިރު ޒުލްގަދަރު ނެރުއްވި ބަޔާނެއްގައި ބާރުއަޅުއްވާފައިވަނީ، އީރާނާއި އެގައުމާ ގުޅިފައިވާ ބާރުތަކާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށާއި، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ […]

އެމެރިކާގެ ހަމަލާއެއްގައި އީރާން އަނދައިގެންދާއިރު މުޅިސަރަހައްދުއެއްކޮށް އަނދައިގެންދާނެ

މީގެފަހުން އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ އީރާނުން ދޭ ރައްދުގައި ގަލްފުގެ ހުރިހާ ގައުމެއް ހިމެނިގެން ދާނެކަން އީރާނުން އިންޒާރު ދީފިއެވެ. އީރާނުގެ މި އިންޒާރު އައިސްފައިވަނީ ޖުލައި މަހު 28 ވަނަ ދުވަހު އެމެރިކާއިން އީރާނުގެ ހަކަތައާއި އިންފްރާސްޓްރަކްޗަރތަކަށް ދޭނެކަމަށް ވައުދުވަމުން ގެންދެވި ’ ބޮޑު ހަމަލާ ’ އާއި ގުޅިގެންނެވެ. މިކަމާބެހޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސަ އަރާގްޗީ ވަނީ ސައޫދީ އެރޭބިއާއާއި ތުރުކީ އަދި ގަތަރުގެ ޚާރިޖީ ވަޒީރުންނާއެކު ޕާކިސްތާނުގެ މިލިޓްރީ ޗީފް މާރޝަލް […]

ގައުމު ދޫކޮށް އޮސްޓްރޭލިޔާ އަށްދިޔަ އީރާންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ދެކުޅުންތެރިންނަށް އެގައުމުގެ ރަށްވެހިކަން ދީފި

ގައުމު ދޫކޮށް އޮސްޓްރޭލިޔާ އަށްހިޖްރަ ކުރި އީރާންގެ ނެޝަނަލް އަންހެން ފުޓްބޯޅަ ޓީމުގެ ދެކުޅުންތެރިއަކަށް އެގައުމުގެ ރަށްވެހިކަން ދީފިއެވެ. އުމުރުން 22 އަހަރުގެ ފާތިމާ ޕަސަންދީދާ އަދި އުމުރުން 34 އަހަރުގެ އާތިފާ ރަމިޒަންޒާދޭ އަށް އޮސްޓްރޭލިޔާގެ ސިޓިޒަންޝިޕް ދިނުމަށް ބޭއްވި ބައްދަލްވުން އޮތީ ބުދަދުވަހު ބްރިސްބޭންގައި ކަމަށް ރަސްމީ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި އެދެމީހުންނަށް ހުވާލާދެއްވީ އޮސްޓްރޭލިޔާގެ އިމިފްރޭޝަން މިނިސްޓަރ ޓޯނީ ބަރކް ކަމަށްވެސް ބުނެފައި ވެއެވެ. މި […]

ގަލްފް ހަނގުރާމައިގެ ހަމަލާތައް އަނެއްކާވެސް މަޝްވަރާގެ މޭޒަށް އެކަމަކު އީރާނަކަށްނޭނގޭ

ސައޫދީ އެރޭބިއާގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްނުވެ ސުލްހަވެރި ހައްލަކަށް ދިއުމަށްޓަކައި މަޝްވާރާގެ މޭޒު އިޚްތިޔާރުކުރުމަށް ބާރު އަޅުއްވައި ރައީސް ޓްރަމްޕަށް ފޯނުން ދަންނަވައިފިއެވެ. ބާރުގަދަ ހަމަލާތަށް އީރާނަށް ދިނުމަކުން އުފެދިގެން އުޅޭ ދެކޮޅުވެރިކަމަށް ހައްލެއް ނުހޯދޭނެކަމަށާއި މަޝްވަރާއަށް އިސްކަން ދިނުމަށް ސައޫދީ ވަލީއަހްދުގެ ފޯން ކޯލްގައި ރައީސް ޓްރަމްޕަށް ބާރު އަޅުއްވާފައިވާކަން ދޭހަވާ މޭރުމަކުން އެކްސިއޯސްގެ ޚަބަރުގައި ބުނެފައިވެއެވެ. އަދި މެދުއިރުމަތީގެ ހާލަތާދޭތެރޭ ސައޫދީ އެރޭބިއާއިން ކަންބޮޑުވުން ފާޅުކޮށް އެމެރިކާއިން ގަސްދުކޮށްފައިވާ […]

އީރާނަށް ސަޒާ ދޭނެ އާދަޔާހިލާފު ގޮތްތައް ހޯދަން އެމެރިކާއިން ނިންމައިފި!

އީރާނަށް ހަމަލާދޭނެ އާ ގޮތްތަކެއް ހޯދުމަށް އެމެރިކާ އަސްކަރިއްޔާއިން އާންމުންގެ އެހީތެރިކަމަށް އެދެން ނިންމައިފިއެވެ. އީރާނަށް ”ޕްރެޝަރުކޮށް އަދަބު ދޭނެ އުފެއްދުންތެރި އަދި އާދަޔާ ހިލާފު ގޮތްތަކެއް“ ހޯދުމަށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން އާދަޔާ ހިލާފު ފިޔަވަޅެއް އަޅައި، އީމެއިލް މެދުވެރިކޮށް އަސްކަރީ އެނަލިސްޓުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ. ސެންޓްކޮމްގެ އިންޓެލިޖެންސް އޮފިސަރަކު މިދިޔަ ހަފްތާގައި މި ހިޔާލު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، މަސްދަރުތަކުން ބުނާ ގޮތުގައި މިއީ ތެހެރާން އެއްބަސްވުމަކަށް […]

ޓްރަމްޕުގެ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓި، ބަލި ގަބޫލުކުރަން ތައްޔާރުވަނީ ބާ؟

އީރާނާއި މެދުއިރުމަތީގެ ބައެއް ގައުމުތަކާއެކު ޑިޕްލޮމެޓިކް އެއްބަސްވުމަކަށް ދިއުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާތީ، އީރާނަށް ދޭން ރޭވި އަސްކަރީ ހަމަލާ ކެންސަލް ކުރިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ. މި ނިންމުމާއެކު، އަސްކަރީ ނުތަނަވަސްކަން ދެމިއޮތް ނަމަވެސް، ސަރަހައްދީ ބޮޑު ހަނގުރާމައެއް ހުއްޓުވިދާނެ ކަމުގެ އުންމީދެއް ވަނީ އުފެދިފައެވެ. ޓްރޫތް ސޯޝަލްގައި އާންމުކުރެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، ”ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނުފެންނަ ފަދަ“ ވަރުގަދަ އަސްކަރީ ބާރެއް ބޭނުންކޮށްގެން އީރާނަށް ހަމަލާދޭން އެމެރިކާ […]

އީރާނަށް ދޭން އުޅުނު ހަމަލާތައް ޓްރަމްޕް މަޑުޖައްސާލައިފި، އެއްބަސްވުމަކާ ގާތަށް!

ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރާ މެދު އުފެދިފައިވާ ނުތަނަވަސްކަން ދެމިއޮތް ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އީރާނަށް ދޭން އުޅުނު ވަރުގަދަ ހަމަލާއެއް މަޑުޖައްސާލައިފިއެވެ. އީރާނުގެ އައި.އާރް.ޖީ.ސީ އާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކަނޑުއޮޅީގެ އުތުރު ކޮރިޑޯގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ތާށިވެފައިވާއިރު، އެ ތަކެއްޗަށް ދަތުރުކުރެވެނީ އީރާނު އަސްކަރިއްޔާގެ ހުއްދަ ލިބިގެންނެވެ. ތެހެރާނުން ބުނާ ގޮތުގައި އޮމާންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ދެކުނު […]

އީރާން ހަނގުރާމަ ނާޒުކު ފައްތަރަކަށް

އޮގަސްޓް 4 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު މަޝްވަރާތައް ކުރިއަށްދާކަން އިޢުލާނުކުރައްވައި، މިއީ ފަސް މަސްދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތެހެރާނަށް ލިބޭ ”ފަހު ފުރުސަތު“ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ވޮޝިންޓަނާއެކު އެއްވެސް ސީދާ މަޝްވަރާއެއް ކުރަމުންދާކަމަށް އީރާނުން އިންކާރުކޮށްފައިވެއެވެ. އީރާނުން ބުނިގޮތުގައި އެގައުމުގެ ހާރިޖީ މުއާމަލާތްތައް ހުރީ ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާއެކުގައެވެ. އީރާނުގެ އަސްކަރީ އިސް މުޝީރު މުހްސިން ރެޒާއީ، އެމެރިކާއިން ކަނޑުގެ މަގުން ދަތިކުރުމުގެ […]

އީރާނުން އެމެރިކާގެ ކިބައިން ބަދަލުހިފާނެކަމުގެ އިންޒާރު ދީފި

މެދުއިރުމަތީގައި އަސްކަރީ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ މަދަނީ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަށް ވޮޝިންޓަނުން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން، އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުގެ ހަނގުރާމަވެރި އަސްކަރީ ކޮމާންޑްގެ އިސްވެރިޔާ މޭޖަރ ޖެނެރަލް އަލީ އަބްދުﷲ، އެމެރިކާއިން މި ސަރަހައްދު ބޮޑު ހަނގުރާމައަކަށް ކޮއްޕަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި އަވަށްޓެރި ގައުމުތަކުން ވޮޝިންޓަނަށް އެހީތެރިކަން ނުދިނުމަށް އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އެމެރިކާއަށް […]