އިސްރާއީލުގެ ބާރަގަދަ ސިފައިން ޔޫކްރެއިނަށް އެހީ ނުވަނީ ކީއްވެގެން؟

ދުނިޔޭގެ އެންމެ ބާރުގަދަ އެއް މިލިޓްރީ ކަމަށް ބެލެވޭ އަދި ވަގު ނިއުކްލިއަރ ޕަވަރެއްކަމުގައި ހިމެނޭ އިސްރާއީލުގެ ސިފައިން ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށް ނުދެވިގެން ކީއްވެގެންތޯ މިއީ މިއަދު ބައިނަލް އަގްވާމީ މީޑިއާގެ ފަލަ ސުރުޚީ އަކަށް ވެއްޖެއެވެ.  ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިސްރާއީލުގެ ބަލަދުވެރިޔާ ކަމަށް މުޅިދުނިޔެއިން ގަބޫލުކުރާ އެމެރިކާއާއި އެންމެ ގާތް އެކުވެރިން ކަމުގައި ބެލެވޭ ނޭޓޯގެ ގައުމުތަކުން އިންތިހާއަށް ބާރު އެޅުމާއިއެކުވެސް އިސްރާއީލުން އެ ހަނގުރާމައިގެ ތެރެއަށް ވަންނަން ނުވަތަ މިލިޓަރީ ޙައިސިއްޔަތަކުން ވާގިވެރިވުމަށް ފައުޅުގައި ބޭނުން ނުވާ ސަބަބުތަކެއް ހުންނާނެކަން ކަށަވަރެވެ. މީގެ […]

މިފަހަރު މި ނުކުންނަނީ ސުވަރުގެއަށްދެވޭ ވަރަށް ވެރިކަން ކުރަން: ޢުމަރު

ރާއްޖެއަށް މުހިންމު 50 ބަދަލެއް ގެންނަވާނެ ކަމުގެ ވަޢުދާއެކު ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށްޓަވައިފިއެވެ.  “އާ މިސްރާބަކަށް“ މި ޝިޢާރާއެކު ކެމްޕޭން ފަށްޓަވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވާދަކުރައްވާނެކަން ޢުމަރު ރަސްމީކޮށް އިއުލާނުކުރެއްވީ ސަލްޓަންޕާކުގައި ސަޕޯޓަރުންނާއެކު ރޭ ބޭއްވި ޖަލްސާގައެވެ. ޢުމަރު ވިދާޅުވީ ރާއްޖެއަށް ބޮޑު 50 ބަދަލެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. މައިގަނޑު ބަދަލަކީ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ހިންގެވުމެވެ. “އިސްލާމީ އުސޫލުތަކާއި ހަމަތައް ވެގެންދާނީ ދިވެހި ދައުލަތުގެ […]

ޝިރުކަށް ވާސިލްވެވޭފަދަ ކަންތަކުން ދުރުވެލާން ޖެހޭ

ބައެއް ޤައުމުތަކަށް ޓްރޭނިންއަށް ފޮނުވާ ފުލުހުންނަށް އިސްލާމްދީނާއި އިސްލާމްދީނުގެ ތައުޙީދާއި ފުށުއަރާ ޝިރުކުގެ ކަންކަން ނުވަތަ ޝިރުކަށް ވާސިލުވެދާ ފަދަ ކަންކަން ކުރާން ޖެހުމަކީ އިންތިހާއަށް ކަންބޮޑުވާކަމުގައި ޝޭޚު ނިޝާން ވިދާޅުވެއްޖެއެވެ. ޚަބަރުތައް ބުނާގޮތުގައި އެފަދަ ކަންކަން ކުރުމަށް ނުވަތަ ކުރެވުނަ ނުދިނުމަށް ބައެއް ފުލުހުން ދެކޮޅު ހެދުމުން އެކަންކަން އެ ފުލުހުންނާ މެދު ނުހިނގައެވެ. ވުމާ އެކު، ދިވެހި ފުލުހުންނާއި އެހެނިހެން މުއައްސަސާތަކުން ވެސް ދަންނާން ވީ ކަމަކީ ދިވެހީންނީ މުސްލިމުން ކަމާއި ޝިރުކުގެ ދީންތަކުގެ އަހުލުވެރީން އެބައިމީހުންގެ ދީނުގެ އިޢުތިގާދުގައި ހިމެނޭ ޝިރުކިއްޔާތުގެ […]

ސަހަރާ ކޮނެގެން ނެގީ ސިހުރު ހަދާފައިހުރި ފިލާކޮޅުތަކެެއް: ސިޓީ ކައުންސިލް

ހެންވޭރު ސަހަރާގައި ވަޅުލާފައި ހުއްޓާ ނެގީ ސިހުރު ހަދާފައިވާ އެއްޗެހިތަކެއް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ. ހެންވޭރު ސަހަރާ ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ޢާންމުވެފައިވާއިރު, ތުހުމަތުކޮށްފައިވަނީ ސަހަރާ ކޮނެގެން މިނިކަށި ނަގާ ކަމަށެވެ. މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ ސަހަރާ ކޮނެގެން ނެގީ މިނިކަށިތަކެއް ނޫން ކަމަށެވެ. އަދި އެއީ ސިހުރު ހަދާފައި ވަޅުލާފައި ހުރި ފިލާކޮޅުތަކެއް ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން […]

މެލޭޝިޔާ އިދިކޮޅުޕާރޓީގެ  އެކައުންޓްތައް ހިފަހަށްޓުވައިފި

ރިޝްވަތާއި ނާޖާއިޒު ފައިދާ ނެގުމާގުޅޭ މައްސަލާގައި  މެލޭޝިޔާގެ އިދިކޮޅު ޕާރޓީގެ އެކައުންޓްތައް ފްރީޒްކޮށްފިކަމަށް ޚަބަރު ދީފިއެވެ. މެލޭޝިޔާގެ އެންޓި ގްރާފްޓް އޮތޯރިޓީން ކުރަމުންގެންދާ ތަޙްގީގާއި ގުޅިގެން ކުރީގެ ބޮޑުވަޒީރު މުޙުޔިއްދީން ޔާސީން ނިސްބަތްވެ ވަޑައިގަންނަވާ މިހާރުގެ އިދިކޮޅު ޕާރޓީގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރުމަކީ އެޕާރޓީގެ ދުވަސް ދުއްވާލަން ހިންގާ ކަންތައްގަނޑެއް ކަމުގައި އެ ޕާރޓީން ގެންދަނީ ބުނަމުންނެވެ.                                       […]

ފަޅުރަށެއްގައި ބަޔަކު ވެލާތަކެއް ފެޅި މައްސަލައެއް ބަލަނީ

ބ.އަތޮޅު ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެ ހަވީރު 16:38 ގައި ކަމަށެވެ.  އެނގިފައިވާ ގޮތުން ފުލުހުން އެ ރަށަށް އެރިއިރު އެ މީހުން ތިބީ ވެލާތަކެއް ފަޅައިގެން ކައްކާށެވެ. އެ ތަނުގައި ތިބީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ މައްސަލަ ރިޕޯޓުކޮށްފައިވާނެ ކަމަށެވެ. އަދި  ފުލުހުންގެ އިދާރާއިން […]

އިންސާނަކަށް ވީތީ ދިރިހުރުމަށް ބޭނުންވާ އަސާސީ ޙައްގުތަށް ކަށަވަރުކޮށްދޭން ޖެހޭނެ

      ރައްޔިތު މީހާގެ ދިރިއުޅުމުގެ ޙާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ދެރަވަމުންނެވެ. އިންސާނަކަށް ވީތީ ދިރިހުރުމަށްޓަކައި ބޭނުންވާ އަސާސީ ޙައްގުތަށް ރައްޔިތު މީހާއަށް ކަށަވަރު ކޮށްދިނުމަކީ އެ އޮންނަ ސަރުކާރެއްގެޒިންމާއެކެވެ.        އިންސާނަކަށް ވީތީ ރައްޔިތު މީހާ ދިރިހުރުމަށްޓަކާ ބޭނުންވާ އަސާސީ ބާވަތްތަކުން އިތުރަށް ޓެކްސް ނަގަން ސަރުކާރުން ނިންމުމާއި ގުޅިގެންވިޔާފާރި ވެރިން ތަކެތީގެ އަގުބޮޑު ކޮށްފިއެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދަނީ ރައްޔިތުމީހާ އަށްލިބޭ އުޖޫރައިންނެވެ.      ބާޒާރުގެ ތަކެތީގެ އަގު 2018 ވަނައަހަރަށްވުރެ 2023 ވަނައަހަރާ ހަމަށް އާދެވުނު އިރު ރައްޔިތުމީހާއަށް […]

އޯޓީއެމް ފެއާރ ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ

އިންޑިއާ މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ އޯޓީއެމް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބުދުއްލާ މައުސޫމް ބައިވެރިވެވަޑައި ގެންފިއެވެ. އަދި ރާއްޖޭގެ މިވަފުދުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު  އިބްރާހީމް ޝަހީބު ބައިވެރިވެ ވަޑައިގަތެވެ. މިކުލަގަދަ ފެއަރ ގައިއެކި ޤައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.  ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ އިންޑިއާއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މިހާރު އަދާކުރަމުން ގެނަދާ މުހިންމު ރޯލާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝޫކުރު އަދާކުރެއްވިއެވެ. މައުސޫމްގެ ވިދާޅުވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު […]

އިދިކޮޅު ފައުޖުގެ “ބުންވަރު“ ދައްކައިލަން ނުކުމެއްޖެ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ “ހޯޕް ކޮންފަރެންސް“ ގެ ތެރެއިން ކުރިއަށް ގެންދާ “ބުންވަރު ހިނގާލުން“ ފަށައިފިއެވެ. ޕީޕީއެމްއާއި ޕީއެންސީގެ ގިނަ ޢަދަދެއްގެ މެންބަރުންނާއެކު “ބުންވަރު ހިނގާލުން“ ފަށާފައިވަނީ 16:00 ގައެވެ. ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި މި ހިނގާލުން ކުރިއަށްދާނީ 18:00 އާ ހަމައަށެވެ. ކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކުރިއަށްގެންދާ މި ހިނގާލުމުގައި ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާއި, ދާއިރާ ރައީސުންނާއި, ދާއިރާ ނައިބު ރައީސުންނާއި, […]

ރައީސް ޔާމީނަކީ ވަކި މީހެއްގެ އަނބިކަނބަލަކަށް, ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާދެއްވި ބޭފުޅެއް ނޫން: ޝަހީމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން  ޢަބްދުލްޤައްޔޫމަކީ ވަކި މީހެއްގެ ޢާއިލާއަކަށް, ވަކި މީހެއްގެ އަނބިކަނބަލަކަށް ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ދަރުބާރުގޭގައި މިއަދު ފެށި “ހޯޕް ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުން އެންމެ ފާހަގަކޮށްލެވޭ އެއް […]