އޯޓީއެމް ފެއާރ ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ

Loading

Facebook
Twitter
WhatsApp
D1E8E6E8-8581-4E16-A347-5865F051BFA5

އިންޑިއާ މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ އޯޓީއެމް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބުދުއްލާ މައުސޫމް ބައިވެރިވެވަޑައި ގެންފިއެވެ. އަދި ރާއްޖޭގެ މިވަފުދުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު  އިބްރާހީމް ޝަހީބު ބައިވެރިވެ ވަޑައިގަތެވެ. މިކުލަގަދަ ފެއަރ ގައިއެކި ޤައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ އިންޑިއާއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މިހާރު އަދާކުރަމުން ގެނަދާ މުހިންމު ރޯލާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝޫކުރު އަދާކުރެއްވިއެވެ.

މައުސޫމްގެ ވިދާޅުވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ހީނަރު ކަމުން އަރައިގަތުމަށް، އިންޑިއާ ސަރުކާރާއި،ޓްއަރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި އަދި އެޤައުމުގެ ފިލްމީ ތަރިން އަދާކޮށްދޭ މުހިންމު ރޯލު ފާހަގަ ކުރައްވާކަމަށެވެ. އަދި ފާއިތުވެދިޔަ ތިންއަހަރު ނިމިގެން ގޮސްފައިވަނީ އިންޑިއާ މާރކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެއްވަނަ މާރކެޓްގެ ގޮތުގައި އޮވެގެންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތައް ފަހު މައުސޫމް ވަނީ އޯ.ޓީ.އެމް ގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ރާއްޖޭގެ ސްޓޯލަށް ވަޑައިގެން ރާއްޖެ ތަމްސީލުކުރައްވަމުން ގެންދަވާ ފަރާތްތަކާ ބައްދަލު ކޮށް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެފަރާތްތަކުން ކުރާ މަސައްކަތްތަށް ޝުކުރު އަދާކުރައްވައި ހިތްވަރު ދެއްވާފައެވެ.

އޯ.ޓީ.އެމްގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާއަށް ކުރަށްވާ މިދަތުރުގައި އޯ.ޓީ.އެމް ގެ ހަވާސާގައި، އިންޑިއާގެ ފިލްމް އުފެއްދުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި ޑިސްޓިބިއުޝަން ޗެނަލްތައް ކަމުގައިވާ، އެމެޒޯން އާއި ނެޓްފްލިކްސް އަށް އާމާޒުކުރެވިގެން ކުރިއަށް ގެންދެވުނު ޚާއްސަ ބައްދަލުވުމެއް ބޭއެވިފާވެއެވެ.

މިއީ މޫވީ ޑެސްޓިނޭޝަން އަކަށް ޤައުމުތައް ހެދުމާއި ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ބުނެފާވެއެވެ.

މިބައްދަލުވުމުގައި، ރާއްޖޭގެ އިތުރުން، އާޖެންޓީނާ އާއި ސަޢޫދީއަރަބިއްޔާގެ ފަރާތުން ބައިވެރިވެ، ފިލްމް ޓޫރިޒަމް ކުރިއެރުވުމާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެވުނެވެ. މިގޮތުން ރާއްޖޭގައި ފިލްމު ޓޫރިޒަމް ކުރިއެރުވުމަށް، ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތްކޮށް އެހީތެރިވެ ދެއްވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އޯ.ޓީ.އެމް  ފެއާ އަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ބޭއްވޭ އެންމެ ބޮޑުޓޫރިޒަމް ފެއަރއެވެ. މިފަހަރުގެ ފެއަރގެ ލީޑިން ޕާޓްނަރަކީ ސަޢޫދީއަރަބިއާއެވެ. ފެބްރުއަރި 2 ން 3 އަށް ކުރިއަށްދާ މިފެއަރަގައި 55 ގައުމަކުން 1000 ވުރެ ގިނަ ޓްރަވަލް އެޖެންޓުންނާއި ބައިވެރިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް