ޝިރުކަށް ވާސިލްވެވޭފަދަ ކަންތަކުން ދުރުވެލާން ޖެހޭ

Loading

Facebook
Twitter
WhatsApp


ބައެއް ޤައުމުތަކަށް ޓްރޭނިންއަށް ފޮނުވާ ފުލުހުންނަށް އިސްލާމްދީނާއި އިސްލާމްދީނުގެ ތައުޙީދާއި ފުށުއަރާ ޝިރުކުގެ ކަންކަން ނުވަތަ ޝިރުކަށް ވާސިލުވެދާ ފަދަ ކަންކަން ކުރާން ޖެހުމަކީ އިންތިހާއަށް ކަންބޮޑުވާކަމުގައި ޝޭޚު ނިޝާން ވިދާޅުވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި އެފަދަ ކަންކަން ކުރުމަށް ނުވަތަ ކުރެވުނަ ނުދިނުމަށް ބައެއް ފުލުހުން ދެކޮޅު ހެދުމުން އެކަންކަން އެ ފުލުހުންނާ މެދު ނުހިނގައެވެ. ވުމާ އެކު، ދިވެހި ފުލުހުންނާއި އެހެނިހެން މުއައްސަސާތަކުން ވެސް ދަންނާން ވީ ކަމަކީ ދިވެހީންނީ މުސްލިމުން ކަމާއި ޝިރުކުގެ ދީންތަކުގެ އަހުލުވެރީން އެބައިމީހުންގެ ދީނުގެ އިޢުތިގާދުގައި ހިމެނޭ ޝިރުކިއްޔާތުގެ ކަންކަމުގައި ބައިވެރިކުރުވާން އުޅުމުން، އެ ކަންކަމާއި ދެކޮޅު ހެދުމަކީ ތިމާމެންގެ މައްޗަށް ލާޒިމު ކަމެއް ކަމެވެ. (އަދި އެފަދަ ކަންކަން ވިޔަނުދިނުމަކީ ޤާނޫނީ އަދި ދީނީ ވާޖިބެއްވެސް ކަމެއެވެެ).

އެފަދަ ކަންކަމުގައި ބައިވެރިވުމަކީ ތައުޙީދުގެ ޢަޤީދާއިން ބޭރުވެ ކުފުރުގެ ތެރެއަށް ވެސް ހިނގައިދާނޭ ކަމެއް ކަމެވެ. އެ ކަންކަމާ ފާޅުގައި ދެކޮޅު ހެދުމުގެ ހިތްވަރު ދިވެހި ފުލުހުންގެ ކިބައިގާ އަށަގެނުވިފާ ހުންނާން ވާނެއެވެ. އަދި އަމުދުން މިސަރުކާރުގެ ހޯމް މިނިސްޓަރަކީ ދީނީ ޢީލްމު އުނގެނު ހުންނެވި ޝެއިޚެއްކަށް ވުމާއިއެކު އެމަނިކުފާނަށް އެފަދަ ކަންތައް ފުލުހުންނަށް އުނގަނެދެވި އިސްލާމް ދީނުގެ ލޯބާއި ޢަގީދާ ފުލުހުންގެ ތެރޭގައި ލަދުވެތިކަމަކަށް ނުހައްދަވައި ވަރަށް ފައުޅުގައި އަށަގެނުވެން ޖެހޭނެއެވެ.

ދިވެހި ސަރުކާރާއި ފުލުހުންނާ ބެހޭ މިނިސްޓްރީ (ހޯމް މިނިސްޓްރީ) އާއި ފުލުހުންގެ އިދާރާއަށް އަޅުގަނޑު ދަންނަވާނީ، ބޭރު ޤައުމުތަކަށް ފޮނުއްވާ ފުލުހުންނަކީ އިސްލާމްދީނާއި މި ދީނުގެ ތައުޙީދު ރަނގަޅަށް ފަހުމުވެފައިވާ ފުލުހުންނަށް ހެއްދެވުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމެވެ. 

އަދި އިސްލާމްދީނާ ފުށުއަރާ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް އެ ފުލުހުންނަށް އިރުޝާދު ދެއްވައި ނަސޭޙަތް ތެރިވުމަކީ އެބޭފުޅުންގެ މައްޗަށް ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ލާޒިމުކުރާ ކަމެއް ކަމުގައެވެ. އެހެނީ އެބޭފުޅުން މަގާމާއި ހަވާލުވެ އެތިއްބެވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވެރީންގެ ގޮތުގައިކަމާއި މާތްﷲ ގަންދީ ހުވާކޮށްގެން މަގާމާއި ޙަވާލުވެތިބިކަން ކުޑަހިދުކޮޅަކުވެސް ހަނދުމަފުޅު ނެތިގެން ނުވާނޭކަމެއެވެ.

އަދި، އެ ފުލުހުން ޓްރެއިނިންއަށް ފޮނުއްވާ އެކިއެކި ޤައުމުތަކުގެ އެކަމާއި ބެހޭ އިދާރާތަކާއި އެބައިމީހުންގެ ފުލުހުންގެ އިދާރާއަށް ދިވެހި ފުލުހުންނަކީ މުސްލިމުން ކަމާއި އިސްލާމްދީނާއި ފުށުއަރާ އެއްވެސް ކަމެއް އަދި އިޙްތިފާލެއް އެ ފުލުހުންނާއި މެދުގައި ހިންގައިގެން ނުވާނޭ ކަމަށް ވެސް އެ ފަރާތްތަކަށް ރަޙުމަތްތެރިކާއި އެކު އެންގެވުމަކީ އެބޭފުޅުންގެ މައްޗަށްއޮތް ލަޒިމް ދީނީ ބޮޑު ވަޖިބެކެވެ.

ދިވެހީންގެ ވަޠަނާއި ދީނަށް ޙުރުމަތްތެރިކޮށް ހިތުމަކީ ފުލުހުންގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެކެވެ. އަދި އެއީ ފުލުހުންގެ ހުވާގައި ވެސް ހިމެނިފައިވާ ގޮތުންވެސް މެއެވެ. މިފަދަ ލާދީނީ ކަންތައްތަކުން ދިވެހި މުޖުތަމަޢް ސަލާމަތްކަންމަތި ލަހަށްޓަވާށިއެވެ. 

އާމީން!

Loading

2 Responses

  1. އެމީހުން ރުއްސަން ހިންދޫ ނިއްކުރި ތިކިވެސް ޖެހީދޯ؟ ސާބަސް ހަމަ ދޭންވީ އިމްރާނަށާއި އަދާލަތަށެވެ.

  2. ދޮލަނގުން ކާން ލިބެންޏާ އެވެރިންނަށް އޯކޭ ވާނެއެވެ. ހެޔޮވާނީ ކިހިނެއް ދީނައްޓަކައޭ ގޮވާ ދޮގުހަދާ ރޮއިގެން ސަރުކާރު ލިބުނީމާ ދެލޯ ކަނު ދެކަންފަތް ބީރު ބަޔަކަށް ހެދިގެން ހަމަ ދުނިޔެވީ މަންފާއާއި ލައްޒަތަށް އެތިބެ ބެރުޖަހާ ނަށަނީއެވެ. 2023 ސެޕްޓެމްބަރ އޮތީ ވަރަށް ކައިރީގައެވެ. ދިވެހި މުސްލިމް ޖަމާޢަތުން ( ޔަޢުނީ ރައްޔަތުން) ތިމީހުނަށް ޖަވާބުދެނެއެވެ. ޖަވާބު ލިބޭނީ ވޯޓުންނެވެ. ޝައްކެއް ނެތެވެ. އިންޝާﷲ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް