ގުޅިފައިވާ ޔޫކުރެއިން ލަޝްކަރުތަކުގެ މިލިޓްރީ ކޮމާންޑަރ ވަކިކޮށްފި
އިރުމަތީ ޑޮންބަސް ސަރަޙައްދުގައި ހަނގުރާމަ ކުރަމުންގެންދާ ޔޫކްރެއިންގެ ގުޅިފައިވާ ލަޝްކަރުތަކުގެ މިލިޓްރީ ކޮމާންޑަރ ވަޒީފާއިން ވަކިކޮށްފިއެވެ. ކޮމާންޑަރ އެޑްއާރޑް މޮސްކާލިޔޯވް ވަޒީފާއިން ވަކިކުރަން ރައީސް ޒެލެންސްކީ ނެރުނު އެއް ފޮޅުވަތުގެ ގަރާރުގައި ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ. ރޮއިޓާސް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މޮސްކާލިޔޯވް އެމަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެތެރޭގައެވެ. ގުޅިފައިވާ ލަޝްކަރު އުފައްދާފައިވަނީ 2014 ވަނައަހަރު ރަޝިޔާއިން ކްރީމިއާ އަތުލުމާއި ގުޅިގެންނެވެ. އަދި މިފަހަރު ރަޝިޔާއިން އަރައިގަތުމާއި ގުޅިގެން ހަނގުރާމާގައި އެންމެބޮޑު ޙިއްސާއެއް އުފުލަނީ އެ ލަޝްކަރުންނެވެ. މޮސްކާލިޔޯވްއަކީ ޔޫކްރެއިންގެ […]
އީރާނުން ދުރުރާސްތާ ކުރޫޒް މިސައިލް އުފައްދައިފި
ރޮއިޓާސް ޚަބަރު ދީފައިވާ ގޮތުގައި 1650 ކިލޯމީޓަރަށް ދަތުރުކުރާނެ ދުރުރާސްތާ ކްރޫޒް މިސައިލް އީރާނުން އުފައްދައިފިއެވެ. އީރާނުގެ އިންގިލާބީ ސިފައިންގެ ކޮމާންޑަރު މިދިޔަ ހުކުރު ދުވަހު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައި ވެއެވެ. މިއީ ރަޝިޔާއިން މިހާރުވެސް ޔޫކްރެއިން ހަނގުރާމައިގާ އީރާނުގެ ޑްރޯން ބޭނުންކުރަމުން ގެންދާތީ މިކަމާހުރެ އެމެރިކާއާއި ހުޅަނގުގެ ކަންބޮޑުވުން އިތުރުވާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ. ޚައިބަރ ޝޭކަންގެ ނަންދެވިފައިވާ މިސައިލް ދައްކާލުމުގެ ރަސްމިއްޔާތުގައި އީރާނުގެ އާރމްޑް ފޯސަސްގެ ޗީފް އޮފް ސްޓަފް އާއި އިންގިލާބީ ސިފައިންގެ އެއިރޯސްޕޭސް ފޯސްގެ އެންމެ އިސްވެރިޔާ އަމީރުޢަލީ […]
އިދިކޮޅު ކޯލިޝަނުން ސަލަފުގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފި
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕުން މިއަދު ޖަމްޢިއްޔަތުއްސަލަފުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ. ޖަމްޢިއްޔަތުއްސަލަފުން ކުރި ޓުވީޓެއްގައި ބުނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން އެދިލެއްވި އެދިލެއްވުމަކަށް އެ ކޯލިޝަންގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ ސަލަފު ޖަމްޢިއްޔާގެ އޮފީހުގައެވެ. ޕީޕީއެމްއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމަކީ އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ. ރިޔާސީ އިންތިޚާބާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފުރުސަތު ދެއްވި […]
މަޖިލީހުގައި ކުރިއަށްދާ ބަހުސެއްގައި ދުވަހަކު ވެސް ބައިވެރިވެފައެއް ނޯންނާނެ: ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް, މެންބަރުން އެކި މައްސަލަތަކަށް ބަހުސް ކުރައްވާއިރު އެކަން ހުއްޓުވައި ނަޝީދު ވާހަކަ ދައްކަވައި ޚިޔާލު ފާޅުކުރައްވާތީ މެންބަރުން ގެންދަވަނީ ތަކުރާރުކޮށް އެކަން ފާހަގަކުރައްވަމުންނެވެ. އަދި އެއީ މަޖިލީހުގެ ގަވާއިދުގެ ދެވަނަ މާއްދާއާ ޚިލާފުކަމެއްކަން […]
އާތޫރޫ މުސްލިމުންގެ ހިތްތަށް ފަތަޙަކޮށްފި
13 ވަނަ ޤަރުނުގެ ތެރޭގައި ތުރުކީއަށް އުފަން އާތޫރޫ ވަނީ ފަހުގެ ތާރީޚެއްގައި ގިނަ ޢަދަދެއްގެ މުސްލިމުންގެ ހިތްތަށް ފަތަޙަކޮށްފައެވެ. ތުރުކީ ޓީވީ ސީރީސްއެއް އާތޫރޫގެ މައްޗަށް ހަދައި ބެލުންތެރިންނާއި ހަމައަށް ގެނައުމާއިއެކު، އާތޫރޫވެގެން ގޮސްފައިވަނީ ގިނަ މުސްލިމުންގެ ހިތްތަކުގައި ބިންވަޅު ނެގިގެން ދިޔަ ޝަޚުސިއްޔަތެއްގެ ގޮތުގައިއެވެ. ޑިސެންބަރު 10 ވަނަ ދުވަހު ތުރުކީގެ ރައީސްގެ ޚާއްސަ ބެލުމުގެ ދަށުން ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން ފެށި އާތޫރޫ އަކީ މުސްލިމު ގިނަ ގައުމުތަކެއްގެ ވަރަށް މަޝްހޫރު ޢިބުރަތްތެރި ފިލްމް ސީރީއަކަށް ވަނީ […]
ޗައިނާއިން ހުށައެޅި ސުލްޙައިގެ ޕްލޭން ހުޅަނގުން ބޮލާލާ ޖަހައިފި
ޔޫކްރެއިންގެ ހަނގުރާމަ ހުއްޓާލައި ސުލްޙަ ގެނައުމަށް ޗައިނާއިން ހުށައެޅި ޕްލޭން ގަބޫލުނުކުރަން ޔޫރަޕިއަން ޔުނިއަނުން ނިންމި ނިންމުމުގައި އެމެރިކާއިންވެސް ސަޕޯޓްކޮށްފިއެވެ. މީގެ އިތުރުން ޗައިނާގެ ބައެއް ކުންފުނިތަކުން އެ ހަނގުރާމައިގާ ރަޝިޔާއަށް މަދަދު ކުރާކަމުގެ ބަހަނާގައި އެކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަންވެސް ވަނީ ނިންމާފައެވެ. ޔޫކްރެއިނާއި ރަޝިޔާގެ ހަނގުރާމައިގާ ގިނަ ގޮތްގޮތުން މިދިޔަ ހުކުރުދުވަހު އެމެރިކާއާއި ޗައިނާގެ ބަސްމަގު އޮތީ ހޫނުވެފައެވެ.ޗައިނާއިން ހުށައެޅި ސުލްޙައިގެ ތަޖްވީޒަށް ބަހުސްކުރަންބޭއްވުނު އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޚާއްސަބައްދަލުވުމުގައިވެސް ޔޫކްރެއިނަށް ކާމިޔާބުކޮށް ދޭނެކަމަށް އެމެރިކާއިން ގެންދިޔައީ ބުނަމުންނެވެ. އެހެންނަމަވެސް ޗައިނާގެ […]
އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ޙަމަލާދޭން އިސްރާއީލުން ތައްޔާރުވަނީ
ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކުގައި އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ޙަމަލާދިނުމަށް އިސްރާއީލުން ތައްޔާރުވާން ފަށައިފިއެވެ. ލީކުވެފައިވާ ރިޕޯރޓުތަކަށް ބަލާއިރު ބޮޑުވަޒީރު ނަތަންޔާހޫ ގެންދަނީ ދިފާޢީ އިސްވެރިންނާއިއެކު ސިއްރު ބައްދަލުވުން ތަކެއް ބާއްވަމުންނެވެ. އަދި މިހާތަނަށް ދީފާޢީ އިސް ވެރިންނާއި އިންޓެލިޖެންސްގެ އިސް ވެރިންނާއި އަދި މޮސާދުގެ ވެރިޔާއާއިއެކު ފަސް ބައްދަލުވުމެއް ބާއްވާފައިވާކަމަށް ޗެނަލް 12 އިން މިދިޔަ އަންގާރަދުވަހު ބުނެފައިވެއެވެ. […]
ބަޙްރައިންގެ އިލްމުވެރިންތަކެއް ޖިނާޢީ ޝަރީޢަތުގެ ކުރިމައްޗަށް
އެރޭބިއަން ގަލްފް ނުވަތަ ޕާރޝިއަން ގަލްފުގައި އޮންނަ ބަޙްރައިން އެވެ ކިއުނު ޖަޒީރާ ގައުމުގައި މިއަދު އިސްލާމްދީނުގެ ތިން ދަންނަބޭކަލަކު ޝަރީޢަތުގެ ކުރިމައްޗަށް ޙާޒިރު ކުރެވޭނެއެވެ. އެބޭފުޅުން ޙާޒިރުކުރެވެނީ އިސްލާމްދީނުގެ އަސްލުތަކާއި ގުޅޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަ ފުޅުތަކަކާއި ގުޅޭ ގޮތުންނެވެ. ބަޙްރައިނަކީ ޝިޔާޢީ ވިސްނުމުގެ އަޣްލަބިއްޔަތު އޮންނަ ރައްޔިތަކު ދިރިއުޅޭ ގައުމެއްނަމަވެސް ވެރިކަމުގެ ބާރުތައް އޮންނަނީ ސުންނީ ވިސްނުމުގެ ބޭފުޅުން އަތްމަތީގައެވެ. އެ ތިން ދަންނަ ބޭކަލުންވެސް ނިސްބަތްކުރެވެނީ ބަހްރައިންގައި ތަޖްދީދުގެ ނަމުގައި ހިންގާ ޝިޔާޢީ ވަކި ފިކުރެއްގެ ޖަމާއަތަކަށެވެ. އެބޭފުޅުން ބަހުސްކުރައްވައި ވަކާލާތު ކުރަމުން ގެންދަވަނީ އިސްލާމީ ފިގުހާއި […]
އެމްއެމްޕީއާރުސީގެ ޚިޔާނާތް: މޭޖަރ ނަވީންގެ މައްޗަށް 6 ދައުވާއެއް ކުރަން ފޮނުވައިފި
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އެމްއެންޑީއެފްގެ މޭޖަރ އިބްރާހިމް ނަވީން ޒުބައިރުގެ އެކައުންޓަށް 100,000 އެމެރިކާ ޑޮލަރު ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ. މި މައްސަލައިގައި އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި, ރިޝްވަތު ލިބިގަތުމަށް އެދުމާއި, ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި, މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް […]
ޒިޔަދަމްގެ މަރު: ޝަނޫން މެރުމަށް, ސިފާމް އުމުރަށް ޖަލަށްލުމަށް ހުކުމް އިއްވައިފި
ލ.މުންޑޫ ނޫވިލު, ޢަލީ ޒިޔަދަމް މަރައިލި މައްސަލައިގައި މުޙައްމަދު ޝަނޫން މެރުމަށް އަދި ޢަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވައިފިއެވެ. މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރައިލީ މީގެ 07 އަހަރު ކުރިންނެވެ. މި މައްސަލައިގައި ދައުވާ އުފުލީ މުންޑޫ ހީނާވިލާ, މުޙައްމަދު ޝަނޫންއާއި އެ ރަށު ބީޗުވިލާ ޢަލީ ސިފާމްގެ މައްޗަށެވެ. އެ ދެ މީހުން ދައުވާއަށް އިންކާރު ކުރި ނަމަވެސް މިދިޔަ […]