އާތޫރޫ މުސްލިމުންގެ ހިތްތަށް ފަތަޙަކޮށްފި

Loading

Facebook
Twitter
WhatsApp

13 ވަނަ ޤަރުނުގެ ތެރޭގައި ތުރުކީއަށް އުފަން އާތޫރޫ ވަނީ ފަހުގެ ތާރީޚެއްގައި ގިނަ ޢަދަދެއްގެ މުސްލިމުންގެ ހިތްތަށް ފަތަޙަކޮށްފައެވެ. ތުރުކީ ޓީވީ ސީރީސްއެއް އާތޫރޫގެ މައްޗަށް ހަދައި ބެލުންތެރިންނާއި ހަމައަށް ގެނައުމާއިއެކު، އާތޫރޫވެގެން ގޮސްފައިވަނީ ގިނަ މުސްލިމުންގެ ހިތްތަކުގައި ބިންވަޅު ނެގިގެން ދިޔަ ޝަޚުސިއްޔަތެއްގެ ގޮތުގައިއެވެ. 

ޑިސެންބަރު 10 ވަނަ ދުވަހު ތުރުކީގެ ރައީސްގެ ޚާއްސަ ބެލުމުގެ ދަށުން ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން ފެށި އާތޫރޫ އަކީ މުސްލިމު ގިނަ ގައުމުތަކެއްގެ ވަރަށް މަޝްހޫރު ޢިބުރަތްތެރި ފިލްމް ސީރީއަކަށް ވަނީ ވެފައެވެ.

މި ސީރީސްއަކީ މިއަދު އެތައް މިލިއަން މީހުން ނެޓްފްލިކްސް އާއި ޔޫޓޫބް އަދި ކާޔީ އެފް.ބީ ގެ ޒަރީޢާއިން ބަލަމުން އަންނަ ވަރަށް މަގުބޫލު ދސީރީސްއެކެވެ. މި ސީރީސް އަކީ 13 ވަނަ ޤަރުނުގެ ތެރޭގައި ތުރުކީގެ ކާޔީ ޤަބީލާއަށް އުފަން އާތޫރޫ ނަމަކަށް ކިޔާ ކެރޭ ވަރުގަދަ ފަހުލަވާނެއް އޭނާގެ ޤަބީލާއަށް ވަޒަނެއް ހޯދައިދީ އިސްލާމިކް ސްޓޭޓެއް އުފެއްދުމަށް ކުރި ތާރީޚީ މަސައްކަތްތަކެއް ދައްކުވައިދޭ ސީރީޒްއެކެވެ. 

މި ޤަބީލާގެ އެންމެން ކަހަލަ ގޮތަކަށް ދިރިއުޅެނީ އެކި އެކި ހިސާބުތަކުގައި އެންމެން އެކުގައެވެ. އަދި މި ސީރީޒްގައި އާތޫރޫ އޭނާގެ ޤަބީލާ އަދި އާއިލާ ގޮވައިން ކުރާ ވަރުގަދަ ހަނގުރާމަތައް ދައްކުވައިދެއެވެ. 

އެ ޒަމާނަކީ ދުނިޔޭގައި އައްޔޫބިން އަދި ސެލްޖުކްގެ ވަރުގަދަ އިސްތިޢުމާރީ ބާރު ތަކުން ވެރިކަން ކުރަމުން ގެންދިޔަ ޒަމާނެކެވެ. އާތޫރޫގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުގައި ވެފައިވަނީ އޭރު ބައިބައި ވެފައިވާ މުސްލިމު އުންމަތް އެކަތިގަނޑަކަށް ހަދައި އެކުގައި އުޅުމެވެ. 

އަދި ގިނަ ތުރުކީގެ ޤަބީލާތަކަށް އިސްލާމްކަމަށް ގޮވާލައި އެ ބައި މީހުން ފަސޭހަކަމާއި އެކު ހަމަޖެހޭ ދިރިއުޅުމެއް ހޯދައި ދިނުމަށް އޭނާ ގަދައަޅާ މަސައްކަތް ކުރެއެވެ. 

މިކަން ކުރުމަށް އޭނާ ވަނީ އަދުގެ އެންޓޯލިއާއާއި ދިމާލަށް ދިގު ހިޖުރައެއް ކޮށްފައެވެ. އަދި މިކަން ކުރުމުގެ ތެރޭގައި މޮންގޮލްސް އަދި ބައިޒަންޓީންގެ ގިނަ ބަޔަކާއި އާތޫރޫ ވަނީ ހަނގުރާމަކޮށް ކާމިޔާބު ހޯދާފައެވެ. 

ރޫމީންގެ ވެރިކަން ވެއްޓި އާތޫރޫގެ ބާރު އޭރު ވަނީ މުޅި މެދުއިރު މައްޗަށް ފެތުރިގަނެފައެވެ. އޭނާ ވަނީ އިސްލާމްކަމުގެ ފުރިހަމަކަން މުޅި ދުނިޔެއަށް ދައްކާފައެވެ. އަދި އިސްލާމް ދީނުގެ ރިވެތި ގޮތްތަށް ގިނަ ބަޔަކަށް ކިޔައިދީ ގިނަ ބަޔަކު އިސްލާމް ކުރުވާފައެވެ. 

އާތޫރޫ ސީރީޒް ނިމޭއިރު އުޡްމާނީ ޚިލާފަތް ވަނީ ފެށިފައެވެ. އެއީ އާތޫރޫގެ އެންމެ ދޮށީ ދަރި އުޡްމާންގެ ޒަރީޢާއިންނެވެ. މީގެ ދެވަނަ އެޕިސޯޑް ކުޅެފައިވަނީ އުސްމާނުގެ ކެރުމުގެ މައްޗަށެވެ. 

ފިލްމް ބިނާކުރެވިފާ ވަނީ އުސްމާނީ ޚަލީފަތަށެވެ.

https://www.youtube.com/watch?v=fa89NxhAKis

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް