އެމްޑީޕީ ޕްރައިމަރީ: ވަގު ހެދުމާއި, ފޮށި ފެޅުމާއި, ހައިޖާނު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ޝަކުވާތައް ގިނަވެ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން އެބަދެއެވެ. މިއަދު އެންމެ ފުރަތަމަ ފެންމަތިވީ ވޯޓުލުން ފަށާ ގަޑިއަކީ 09:00 ކަމަށްވާއިރު ލ.މުންޑޫގައި އޭގެ ކުރިން ވޯޓުލާން ފެށި މައްސަލައެވެ. އެއަށްފަހު އިވިގެންދިޔައީ އޮފިޝަލުންގެ އަތުގައި އޮތް ލިސްޓާއި, ޢާންމުކުރި ލިސްޓާ ދިމާނުވާ ކަމުގެ ވާހަކައެވެ. މީގެއިތުރުން ލިސްޓުގައި ނަން ނެތް މީހުން ވޯޓުލަމުން އަންނަ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ. އޭގެ އެއް މައްސަލައަކީ ހޯނޑެއްދޫގައި ލިސްޓުގައި ނެތް މީހަކު އެގޭގެ […]

ދެ ރައީސުން ވޯޓު ލައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގައި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި, ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ. 11:00 ޖެހުމުގެ އިރުކޮޅެއް ކުރިން ރައީސް ޞާލިޙް ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިހުރި ހިންނަވަރު ދާއިރާގެ ފޮށްޓަށެވެ. ރައީސް ނަޝީދު ވޯޓު ލެއްވުމަށް މަރުކަޒަށް ވަޑައިގަތީ 11:00 ހާއިރުއެވެ. އެ މަނިކުފާނު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީނުގައި ބަހައްޓާފައި ހުރި ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮށްޓަށެވެ. މި އިންތިޚާބުގެ ވޯޓުލުން […]

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 09:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު 05:00 އާ ހަމައަށެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި, ރައީސް މުޙައްމަދު ނަޝީދެވެ. މި އިންތިޚާބުގައި 57,255 މީހުންނަށް ވޯޓު ލެވޭނެއެވެ. ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތަފްސީލް: ހއ.އަތޮޅު: 3431 ހދ.އަތޮޅު: 2942 ށ.އަތޮޅު: 3387 ނ.އަތޮޅު: 2785 ރ.އަތޮޅު: 2770 […]

“ދީނަށް ފުރައްސާރަކުރި އެމްޑީއެން އުވައިނުލާނެ ކަމުގެ ޔަޤީންކަން ރައީސް ދެފަހަރު ދެއްވި“

އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިނުލައްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެފަހަރެއްގެ މަތިން ދެއްވި ކަމަށް އެމްޑީއެން ހިންގުމުގައި އަދި މިހާރު ވެސް ހިންގަމުންދާ ޝަހިންދާ އިސްމާޢީލް ބުނެފިއެވެ. ރައީސް ޞާލިޙަށް ފާޑު އަމާޒުކޮށް ކުރި ޓުވީޓެއްގައި ޝަހިންދާ ބުނީ އެމްޑީއެން އުވައިލަން ގޮވާލައި ރައްޔިތުން އިހުތިޖާޖުކުރި ދުވަސްކޮޅު ދެ ދުވަހެއްގައި ރައީސް އޮފީހުން އޭނާއަށް ގުޅުއްވި ކަމަށެވެ. އޭނާ ބުނި ގޮތުގައި ގުޅުއްވީ ސެކެޓްރީއަކާއި  ޗީފް […]

ރައީސް ޞާލިޙްގެ އިންޒާރާ އެއްގޮތަށް “ނުލަފާކަން“ ދައްކާލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ.މާޅޮހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާނީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ޝުޢޫރު ފާޅުކުރުމާއި, އެއްވެ އުޅުމަކީ “ބޮޑު ބިރެއް“ ގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު އެއްވެސް ހުރަހެއްނެތި ޚިޔާލު ފާޅުކުރުމަށް “ތަންމިނަށް“ ހުޅުވާލައިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. “ތިމާ ފާޅުކުރާ ޚިޔާލެއްގެ ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށްވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތުގެ […]

ނަތަންޔާހޫގެ ކުއްލި ދަތުރެއް ޖޯރޑްން އަށް

ފާއިތުވެގެން މިދާ ހަތަރު އަހަރުދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރު ކުއްލިގޮތަކަށްއިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޖޯރޑްން އަށް ވަޑައިގެންފިއެވެ. އިސްރާއީލުގައި މައިގަނޑު ގޮތެއްގައި ކަނާތު ފިޔައަށް ނިސްބަތްކުރެވޭ ނަތަންޔާހޫގެ ސަރުކާރު މިފަހަރު އުފެދުނީއްސުރެން އަރަބި ދުނިޔެއާއިއެކު އޮންނަ ޚުތޫރަތްތެރި ގުޅުން އިތުރަށް ގޯސްވަމުންދާ އިރު ރަސްގެފާނު ޢަބްދުﷲ އާއި ބައްދަލުކުރައްވަން ނަތަންޔާހޫ މި ވަޑައިގަތީ މަސްރަހު ފިނިކުރުމުގެ ބޭނުމުގައިކަމަށް މުރާސިލުންދެކެއެވެ.  ދެބޭފުޅުންގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާ ކުރައްވާނީ މުސްލިމުންނާއި އަދި ޔަހޫދީންނަށްވެސް މުގައްދިސް ބައިތުލް މަގްދިސްގެ މައްޗަށް ކަމުގައި ޖޯރޑްންގެ އޮފިޝަލުންނާއި ޙަވާލާދީ […]

ޕާކިސްތާނުގެ މޮޑެލްމަރާލި މީހުން ކޯޓުން މިނިވަންކޮށްފި

ޕާކިސްތާނުގެ މޮޑެލް ނަޖީބުﷲ ގަޔަށް ބަޑިޖަހާ މަރާލި ޙާދިސާއާއި ގުޅިގެން ހައްޔަރު ކުރެވުނު ކަރާޗީގެ އޭރުގެ ފުލުހުންގެ ވަރަށް ސީނިއަރ ބޭފުޅަކުކަމުގައިވާ ރާއޯ އަންވަރާއި އަދި އިތުރު 17 މީހަކު މި ޖެނުއަރީ މަހުގެ 23 ވަނަދުވަހު ކޯޓުން މިނިވަން ކޮށްފިއެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ފުލުހުންނެވެ.             ނަޖީބުﷲ ގަޔަށް ބަޑިޖަހާ މަރާލެވުނީ މިލިޓެންޓުން ފިލާތިބޭ ތަނެއް ފާސްކުރަން ފުލުހުން ޙަރަކާތްތެރި ވުމުގެ ތެރޭގައި 2018 ޖެނުއަރީ 16 ވަނަދުވަހުއެވެ. މި ޙާދިސާއާއި ގުޅިގެން ނަޖީބުﷲ ނިސްބަތްކުރެވޭ […]

އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް 100 އަށްވުރެ ގިނަ މަޝްރޫޢު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ހިންގަން އިއުލާނުކޮށް, ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށްފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެފަހުން, ޚާއްސަކޮށް ޖަނަވަރީ ފެށުނު ފަހުން ސަރުކާރުގެ ހަތަރު މިނިސްޓްރީއަކުން ވަނީ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް އިއުލާނުކޮށް, ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށް އެެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ޔޫތު މިނިސްޓްރީން 40 މަޝްރޫޢު […]

އެމެރިކާގެ ދަރަނިތައް އަދާކުރެވޭނެ ގޮތެއް ނެތިފާ

އެމެރިކާގެ އިގްތިސާދަށް މެދުވެރިވާ ކޮންމެ ނުރަނގަޅު ބަދެލެއްގެ ބުރަ މުޅިދުނިޔެއިން އުފުލަން ޖައްސާނެއެވެ. މި މަޢުލޫމާތު ކިއުންތެރިންނަށް ފޯރުކޮށްދޭން ބޭނުންވަނީ މިކަމާދޭތެރޭ ވިސްނާ ފިކުރު ކުރުމަށް ޓަކައެވެ. މިޙާލަތުގައި ބިލިއަނަރ ޖެފް ބެޒޯސްގެ އިރުޝާދަކީ ކޮންމެހެން ބޭނުން ޖެހިއްޖެ ޚަރަދެއްނޫނީ ނުކުރާށެވެ. ކުރިއަށް އޮތީ ގޮތްނޭންގޭ ދަތި ދުވަސްތަކެއް ކަމަށް ގަބޫލުކުރާށެވެ.                                ދުނިޔެއަށް ކުރިމަތިވަމުން މިދާ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި އެމެރިކާގެ ފެޑެރަލް […]

އިބޫގެ ޖަލްސާގެ “ބައިބޯކަން“ ދައްކައިލާނީ އިއްތިހާދުގެ ޕާޓީތަކުގެ މެންބަރުންނާއެކު

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ނިންމުމަށް އައްޑޫގައި ބާއްވާ ޖަލްސާގައި އިއްތިހާދުގެ ޕާޓީތަކުގެ މެންބަރުން ހިމަނައިގެން ރައީސް ޞާލިޙަށް ރައްޔިތުންގެ ތާއީދު އޮތްކަން ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާ ނިންމަން ބާއްވާ ޖަލްސާ އޮންނާނީ މިރޭ އައްޑޫ ސިޓީ ހިތަދޫގައެވެ. ޖަލްސާ ބޭއްވުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު, ޖަލްސާގެ “ބައިބޯ“ ކަން ދެއްކުމުގެ […]