ގެއްލިގެން ހޯދަމުން އައި 15 އަހަރުގެ ކުއްޖާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުން އައި ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖާ މިހާރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާމުންދާކަން ފުލުހުން ހާމަކުރެއްވީ މިއަދު މެންދުރުފަހުއެވެ. ތ.ދިޔަމިގިލީ އާގިސާމަންޒިލް, ޒީކް ބިންތި މުޙައްމަދު ރިޔާޒު ގެއްލިގެން ހޯދަމުން އައީ މި މަހުގެ 25 ވަނަ ދުވަހު 17:00 ހާއިރުން ފެށިގެން ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި ނައުމުން ޢާއިލާއިން ރިޕޯޓުކުރުމާ ގުޅިގެންނެވެ. ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މި […]

ފުއްގިރި މައްސަލަ: ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ

ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަވާނެ ކަމުގައި ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ. ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ އެ އަޑުއެހުން އޮންނާނީ މާދަމާ 13:00 ގައި ކަމަށެވެ.  ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާރ ކުރެއްވި ކަމަށް ބުނެއެވެ. […]

އަންނަ މަހުގެ 06 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފި

މިއަހަރުގެ ފެބުރުއަރީމަހުގެ 06 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ ފެބުރުއަރީމަހުގެ 06 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މި ދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ކަނޑައެޅުއްވީ ރައީސް ޞާލިޙްގެ މި ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީއެވެ. ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވާފައިވަނީ […]

މާލެއިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

މާލެއިން ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަނީ ތ.ދިޔަމިގިލި/އާގިސާމަންޒިލް, ޒީކް ބިންތި މުޙައްމަދު ރިޔާޒު ކިޔާ ކުއްޖެއް ކަމަށެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި މި މަހުގެ 25 ވަނަ ދުވަހު 17:00 ހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ ގެއްލިފައިވާކަމަށް އެ ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ 18:17 […]

އީރާނުން ބޭނުންވެއްޖެނަމަ ބައިވަރު ނިއުކްލިއަރ ބޮމް އުފެއްދިދާނެ

އެސޯޝިއޭޓެޑް ޕްރެސް ( ދުބާއި ) އިން ހާމަކޮށްފައިވާ ގޮތުގައި އީރާނުން ބޭނުންވެއްޖެނަމަ މިހާރުވެސް ގިނައަދަދެއްގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސްގެ އެޓޮމިކް އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮއްސީ އިންޒާރު ދެއްވައިފިއެވެ. އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގާ އީރާނުން ރަޝިޔާއަށް ހަތިޔާރުގެ އެހީ ފޯރުކޮށް ދިނުމުގެ މާކުރިންވެސް އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހައްދެއް ކަނޑައެޅުމަށް ބައިނަލް އަގްވާމީ ގޮތުން ކުރެވެމުންދިޔަ މަސައްކަތަށް އެއްވެސް ކާމިޔާބީއެއް ލިބިދާނެ ކަމަށް ހީކުރެވިފައެއް ނެތްކަމަށެވެ. ޔޫރަޕްގެ ގާނޫނީ ބޭފުޅުން ކުރެއްވި ސުވާލަކަށް ރަފައެލް […]

އިއްޔެ ބޭއްވި އިންތިޚާބަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އިންތިޚާބު: އެމްޑީޕީ

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިންތިޚާބަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އިންތިޚާބުކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަޙީދު (އިބްރޭ) ވިދާޅުވީ  މި އިންތިޚާބަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަ ވޯޓު ފޮށި ބަހައްޓައިގެން ސިޔާސީ ޕާޓީއަކުން […]

ޑިންގީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެ

ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު، ޑިންގީއެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެ އެވެ. މި ހާދިސާގައި މަރުވެފައިވަނީ ފިރިހެން ފަތުރުވެރިއެކެވެ. އެ ހާދިސާ ހިނގީ އެރަށު ކަނޑުއޮޅި ކައިރިއަށް ފަތުރުވެރިއާ ސްނޯކްލިއަންއަށް ގޮސް އުޅެނިކޮށް ތަންކޮޅެއް ނެރުން ބޭރަށް ދިޔަ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެންނެވެ. އެ ހާދިސާގެ އެ ފަތުރުވެރިޔާގެ އެއް އަތް ބުރިވެފައިވެއެވެ.

ޑޮނެސްކްގެ ސޮލެޑާރ ރަޝިޔާގެ ބާރުގެ ދަށަށް ހިނގައްޖެ

ރަޝިޔާއާއި ޔޫކްރެއިނާދެމެދު ހިނގަމުންދާ ހަނގުރާމާގައި ޑްނެސްކްގެ ސޮލެޑާރ ޓައުން ޔޫކްރެއިން އަތުން ބީވެގެން ހިނގައްޖެކަމަށް ޔޫކްރެއިނުންވެސްއެއްބަސް ވެއްޖެއެވެ.  މިސަރަޙައްދަކީ އެންމެބޮޑަށް ހަނގުރާމަ ހިނގަމުން ދިޔަ އެއް ސަރަޙައްދެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނާގޮތުގައި ހަނގުރާމަ ފެށުމުގެ ކުރިން އެ ޓައުނުގައި ދިހަހާސް މީހުން ދިރިއުޅެމުން ގެންދިޔައެވެ. ރަޝިޔާގެ ނުރައްކާތެރި ވެގްނަރ ޖަމާޢަތުން ޔޫކްރެއިންގެ ސިފައިން ބަލިކޮށް މިޓައުން އަތުލައިފިކަމަށް މިހާރު ވަނީ ޢިއުލާންކޮށްފައެވެ. ނަމަވެސް ޔޫކްރެއިނުން އައީ އެވާހަކަ އޭރު ދޮގުކުރިއެވެ. ޑޮނެސްކުގެ އިންޑަސްޓްރިއަލް ސަރަޙައްދު އޮތީ ހަނގުރާމަ ފެށުނުތަނާހެން ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި އެ ސަރަޙައްދަކީ މިހާރު ރަޝިޔާގެ މިލިޓްރީ ސަރަހައްދެކެވެ. ސޮލެޑާރ ޓައުނަކީ […]

ރައީސް ނަޝީދު ވިދާޅުވީ ވޯޓު ގަޑުބަޑު ކުރަމުންދާ ކަމަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓު ގަޑުބަޑު ކުރަމުންދާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންތިޚާބުގެ އެއް ކެންޑިޑޭޓް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައެއް ވޯޓު ފޮށިތަކުގެ ކައިރީގައި ތިބި އެމަނިކުފާނުގެ މަންދޫބުންނާއި, ތާއީދުކުރާ ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ވަގުތުން ދޫކޮށްލުމަށް ވެސް ނަޝީދު ވަނީ ގޮވައިލައްވާފައެވެ. މީގެއިތުރުން ނަޝީދު ވަނީ ވޯޓު ގަޑުބަޑު ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަށް ވެސް […]

އެމްޑީޕީގެ އިންޒާރެއް: ފޮށިތައް ފަޅައި ގެއްލުންދޭނަމަ ފިޔަވަޅު އަޅާނަން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ފަޅައި ހަމަނުޖެހުން ހިންގާ މީހުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ދެންމެ ބުނެފިއެވެ. ބައެއް ރަށްރަށުގައި ހުރި ވޯޓު ފޮށިތައް ފަޅާލައި ކަރުދާސްތައް ވީދައިލާފައި ވަނިކޮށް އެމްޑީޕީން ދެންމެ ކުރި ޓުވީޓެއްގައި ވަނީ ދެ ކެންޑިޑޭޓުންނަށާއި ޕާޓީގެ މެންބަރުންނަށް އިލްތިމާސެއް ކޮށްފައެވެ. އެމްޑީޕީން ބުނީ ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅައި އެކިވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް […]