އަންނަ މަހުގެ 06 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފި

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ފެބުރުއަރީމަހުގެ 06 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ފެބުރުއަރީމަހުގެ 06 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މި ދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ކަނޑައެޅުއްވީ ރައީސް ޞާލިޙްގެ މި ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީއެވެ.

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ 21 ގައެވެ.

ރައީސް  މައުމޫން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ވެސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ރިޔާސީ ބަޔާން އިއްވަވާ ދުވަސް ބަންދެއް ނުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް