އިއްޔެ ބޭއްވި އިންތިޚާބަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އިންތިޚާބު: އެމްޑީޕީ

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިންތިޚާބަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އިންތިޚާބުކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަޙީދު (އިބްރޭ) ވިދާޅުވީ  މި އިންތިޚާބަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަ ވޯޓު ފޮށި ބަހައްޓައިގެން ސިޔާސީ ޕާޓީއަކުން އަދި މިހާތަނަށް ބޭއްވި ފުރަތަމަ އިންތިޚާބު ކަމަށާއި, މި އިންތިޚާބުގައި މުޅި ރާއްޖޭގައި ޖުމްލަ 244 ވޯޓު ފޮށި ބެހެއްޓި ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން މިހާތަނަށް ބޭއްވި އިންތިޚާބުތަކުގެ ވޯޓު ލީ ދުވަހުގެ ވަގުތީ ނަތީޖާ މިހާތަނަކަށް އެ ދުވަހެއްގައި އިއުލާނުކުރެވިފައެއް ނުވާ ކަމަށް އިބްރޭ ވިދާޅުވިއެވެ. ނަމަވެސް މި އިންތިޚާބުގެ ވަގުތީ ނަތީޖާ ރޭ އެއްކޮށް އިއުލާނުކޮށް ނިމިފައިވާކަން އިބްރޭ ފާހަގަކުރެއްވިއެވެ.

”އިއްޔެ ބޭއްވި އިންތިޚާބަކީ މިހާތަނަށް އަޅުގަނޑުމެން ދެކޭގޮތުގައި އެމްޑީޕީން ބޭއްވި އަދި ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެންމެ ފުރިހަމަ އެންމެ ކާމިޔާބު އިންތިޚާބު” އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވި ގޮތުގައި ވޯޓުލާ ނިމުނު ފަހުން މިއަދާ ހަމައަށް ލިބިފަވަނީ 50 ޝަކުވާ ކަމަށާއި, ފޯނަށް ލިބުނީ 10 އެވެ. އިންތިޚާބާބެހޭ ކޮމިޓީއަށް ލިބުނު ޝަކުވާތައް ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅައި އެކަން ބަލައިދިނުމަށް އެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އިންތިޚާބުކަމަށް ވިދާޅުވި ނަމަވެސް އިއްޔެގެ އިންތިޚާބުން ފެނިގެން ދިޔައީ ވޯޓު ފޮށި ފަޅައި ވޯޓު ކަރުދާސްތައް ވީދާ މަންޒަރެވެ. މީގެއިތުރުން ހަމަނުޖެހުން ހިންގައި ތަޅާފޮޅާ ތަނެވެ.

އިންތިޚާބާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ކެމްޕޭން ޓީމާއި ސަޕޯޓަރުންގެ ޝަކުވާތައް ގިނައެވެ. ނަތީޖާ ޝީޓުތައް ބަލަމުން ދާއިރު, ވޯޓު ދިނުމުގެ ހައްޤު ލިިބިފައިވާ މީހުންގެ އަދަދަށްވުރެ ގިނައިން ފޮށްޓަށް ވޯޓުލާފައިވާ ކަމަށް ފެންނާން ހުރި ނަތީޖާ ޝީޓްތައް ފާހަގަކުރެވިފައިވާ ކަމަށް ކެމްޕޭން ޓީމުން ބުނެފައިވެއެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް އިބްރާހިމް މުޙައްމަދުވޞާލިޙަށް %61.1 ވޯޓު ލިބިވަޑައިގެންއިރު, ެރައީސް ނަޝީދަށް ލިބިވަޑައިގަތީ ވޯޓު ދިން މީހުންގެ %38.9 އެވެ.

Loading

One Response

  1. އަބަދުވެސް އެމްޑީޕ ކުރާ ކޮންމެ ކަމެއް ބެސްޓްވާނެ. އެހެނަސް ނިމޭނީ ތަޅާ ފޮޅުމާއި ހުޅުޖެހުމާއި ފިތުނައިން. ލާމަސީލު ބައެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް