މާލެއިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

Loading

Facebook
Twitter
WhatsApp

މާލެއިން ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަނީ ތ.ދިޔަމިގިލި/އާގިސާމަންޒިލް, ޒީކް ބިންތި މުޙައްމަދު ރިޔާޒު ކިޔާ ކުއްޖެއް ކަމަށެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މި މަހުގެ 25 ވަނަ ދުވަހު 17:00 ހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ ގެއްލިފައިވާކަމަށް އެ ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ 18:17 ހާއިރުއެވެ.

އެ ކުއްޖާ މިހާރު ދިރިއުޅެމުންދަނީ ގ.ތޯނީއައްސޭރި ގޭގައި ކަމަށާއި, އެންމެ ފަހުން ފެނުނުއިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި, އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް ޢާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އެ ކުއްޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް