ގެއްލިގެން ހޯދަމުން އައި 15 އަހަރުގެ ކުއްޖާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

މާލެއިން ގެއްލިގެން ހޯދަމުން އައި ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖާ މިހާރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާމުންދާކަން ފުލުހުން ހާމަކުރެއްވީ މިއަދު މެންދުރުފަހުއެވެ.

ތ.ދިޔަމިގިލީ އާގިސާމަންޒިލް, ޒީކް ބިންތި މުޙައްމަދު ރިޔާޒު ގެއްލިގެން ހޯދަމުން އައީ މި މަހުގެ 25 ވަނަ ދުވަހު 17:00 ހާއިރުން ފެށިގެން ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި ނައުމުން ޢާއިލާއިން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 26 ވަނަ ދުވަހުގެ 18:17 ހާއިރުއެވެ.

ފުލުހުން މިރޭ ވިދާޅުވީ ޒީކް ބިންތި މުޙައްމަދު ރިޔާޒު މިހާރު ފެނިފައިވާ ކަމަށެވެ.

ފުލުހުން ވަނީ ޒީކް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ހިއްސާކުރި އެންމެހައި ފަރާތްތަކަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް