ޑޮނެސްކްގެ ސޮލެޑާރ ރަޝިޔާގެ ބާރުގެ ދަށަށް ހިނގައްޖެ

Loading

Facebook
Twitter
WhatsApp


ރަޝިޔާއާއި ޔޫކްރެއިނާދެމެދު ހިނގަމުންދާ ހަނގުރާމާގައި ޑްނެސްކްގެ ސޮލެޑާރ ޓައުން ޔޫކްރެއިން އަތުން ބީވެގެން ހިނގައްޖެކަމަށް ޔޫކްރެއިނުންވެސްއެއްބަސް ވެއްޖެއެވެ. 

މިސަރަޙައްދަކީ އެންމެބޮޑަށް ހަނގުރާމަ ހިނގަމުން ދިޔަ އެއް ސަރަޙައްދެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނާގޮތުގައި ހަނގުރާމަ ފެށުމުގެ ކުރިން އެ ޓައުނުގައި ދިހަހާސް މީހުން ދިރިއުޅެމުން ގެންދިޔައެވެ. ރަޝިޔާގެ ނުރައްކާތެރި ވެގްނަރ ޖަމާޢަތުން ޔޫކްރެއިންގެ ސިފައިން ބަލިކޮށް މިޓައުން އަތުލައިފިކަމަށް މިހާރު ވަނީ ޢިއުލާންކޮށްފައެވެ. ނަމަވެސް ޔޫކްރެއިނުން އައީ އެވާހަކަ އޭރު ދޮގުކުރިއެވެ. ޑޮނެސްކުގެ އިންޑަސްޓްރިއަލް ސަރަޙައްދު އޮތީ ހަނގުރާމަ ފެށުނުތަނާހެން ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި އެ ސަރަޙައްދަކީ މިހާރު ރަޝިޔާގެ މިލިޓްރީ ސަރަހައްދެކެވެ.

ސޮލެޑާރ ޓައުނަކީ މިފަހަކަށް އައިސް ރަޝިޔާއަށް ލިބުނު ހަމައެކަނި ކާމިޔާބީއެވެ. މީގެކުރިން ރަޝިޔާއިން ވަނީ ވަރަށް ބޮޑެތި ނުކުޅެދުންތެރިކަމާއިކުރިމަތިލާން ޖެހިފައެވެ.                                        

ޔޫކްރެއިންގެ ސިފައިން ސޮލެޑާރުން ފައިބައި ރަށްބޭރުގެ ސަރަޙައްދުތަކަށް ދާންޖެހިއްޖެ ކަމަށް އެގައުމުގެ މިލިޓްރީ ސްޕޯކްސް ޕަރސަން ސަރގީ ޗެރެވަޓީ އޭ.އެފް.ޕީ އަށް ދިން ބަސްދީ ގަތުމެއްގައި ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ހާމަކުރިގޮތުގައި ރަޝިޔާގެ ބާރުތަކުން ޔޫކްރެއިންގެ ފައުޖުތައް ވަށާލައި ބަލިކުރުން ކަހަލަ ކަމެއް ދިމާލެއް ނުވެއެވެ. އެހެންނަމަވެސް އެއީ ކޮންދުވަހަކު ކަމެއް ނުބުނެއެވެ. ރަށްބޭރުގެ ސަރަޙައްދު ތަކުގައި ތިބެގެން ދިފާއު ވަރުގަދަކޮށް ދުޝްމަނުންނާ އަލުން ދިމާކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.                    

އަލްކޯރގެ ނަމުން ތަޢާރުފް ކުރެވެމުންދާ ޔޫކްރެއިންގެ ވަރަށް އިސް ކޮމާންޑަރަކު ވިދާޅުވީ ކުރީސަފުގައި ވަރަށް ގަދައަށް ހަނގުރާމަ ހިނގަމުން ދިޔަކަމަށާއި އަހަރެމެން ރަޝިޔާގެ ފައުޖުތަކަށް އުންޑައިގެ ވާރޭ ވެއްސަމުން ގެންދިޔައީމެއެވެ.

އެހެނަސް ރަޝިޔާގެ ސިފައިންގެ އަދަދު މާގިނަވުމުގެ ސަބަބުން ހިފާއްޓާނުލެވިގެން ފަހަތަށް ޖެހެން މަޖްބޫރުވީއެވެ. އަހަރެމެންގެ ސިފައިން ކުރިމަތިލީ އަހަރެމެންނަށް މިކަން ކޮށްދޭން އެހެން މީހަކު ނާންނާނެކަން އެގިތިބެންނެވެ.                                                   

“ ސޮލެޑަރ ގެއްލިއްޖެއެވެ.“ ޔޫކްރެއިންގެ ސިފައިން  ދިހަވަރަކަށް ކިލޯމީޓަރު ފަހަތަށް ޖެހުމަށްފަހު މަޑުކޮށްގެން ތިބި ސަރަޙައްދުގައި ހުންނަވާފައި 144 ވަނަ ސަރަޙައްދީ ދިފާއުގެ ލަޝްކަރުގެ ޑެޕިއުޓީ ކޮމާންޑަރ ވޮލޮޑޯމިރ ލިއޮނޯވް އެގޮތަށް އިއުލާން ކުރެއްވިއެވެ.

އަދި ރަޝިޔާއާއި ދެކޮޅަށް ހަނގުރާމާގައި ބައިވެރިވާން ބޭނުންނުވާ މީހުންވެސް އިތުރުވަމުން ދާކަމަށާއި މިހާރުވެސް ސިފައިންގެ 27 މީހެއްގެ ސިޓީ ލިބިފައިވާ ކަމަށެވެ.

މިގޮތަށް ސިފައިންގެ ތެރޭން ހަނގުރާމައަށް ދިއުމަށް އިންކާރުކުރ ާސިފައިން 12 އަހަރަށް ޖަލަށް ލެވޭނެކަމަށާއި އަދި ހަނގުރާމަކުރަން އިންކާރުކުރާ ސިފައިން 10 އަހަރަށް ޖަލަށް ލެވޭނެކަމުގެ ގަރާރެއް ރައީސް ޒެލެންސްކީ ވަނީ މިދިޔަ ބުދަ ދުވަހު ނެރުއްވާފައެވެ. 

ލިއޮނޯވް ހާމަކުރެއްވި ގޮތުގައި ސިފައިންގެ ބައެއްމީހުން އިޚްތިޔާރު ކުރަމުން އަންނަނީ މަރުވެގެން ދިއުމަށްވުރެން ދިހަ ބާރަ އަހަރު ޖަލުގައިހުރުން މާރަނގަޅުކަމަށް ބުނަމުން ދާކަމަށެވެ.               

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް