އަގުބޮޑު ގަސްކާނާގެ ބަދަލުގައި ކުކުޅު ބިހުންވެސް ފުދޭނެ !
ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ގަސް އިންދުމަށް ޝައުގުވެރިވާ މީހުންނެވެ. އެގޮތުން ތަފާތު އެކި މާއަޅާ ގަސްތައް ހެއްދުމަކީ ދިވެހިން ވަރަށް ޝައުގު ހުންނަ ކަމެކެވެ. އެކަން ތޮއްޖެހިފައިވާ މާލޭގެ ހަނި ބެލްކަނިތަކަށް ނަޒަރު ހިންގާލުމުންވެސް ސާފުވާނެއެވެ. ގަސް ހެއްދުމަކީ އެކަމަށް ކޮންމެވެސް ވަރެއްގެ ޚަރަދެއް ހިނގާނެކަމެކެވެ. އަދި އެއީ ގަވައިދުން މޮނީޓާކޮށް ބަލަންޖެހޭ ކަމެއްވެސް މެއެވެ. ސައިންސްވެރިން ވިދާޅުވެފައިވާ ގޮތުގައި ގަހެއްހެދި ބޮޑުވުމަށް ބޭނުންވަނީ މައިގަނޑު ހަ މައްދާއެކެވެ. އެއީ ކާބަން، ހައިޑްރޮޖަން، އޮކްސިޖަން، ނައިޓްރޮޖަން، ފޮސްފޮރަސްގެ އިތުރުން ޕޮޓޭސިއަމެވެ. […]
މިފްކޯއިން މަސްކިރާ އިތުރު 3 ބޯޓް ގަނެފި
މިފްކޯއިން މަސްގަތުމުގެ ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން އިތުރު 3 މަސްބޯޓް ގަނެފިކަމަށް އެކުންފުނިން ބުނެފިއެވެ. މިފުކޯއިން ބުނީ މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން އަބަދުވެސް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިތިން މަސްބޯޓަކީ ވެސް މިފްކޯއަށް މަސްގަތުމުގެ ގާބިލްކަން އިތުރުކޮށް ކެޕޭސިޓީ ފުޅާކުރުމަށްޓަކާ ގަތް 3 މަސްބޯޓު ކަމަށްވެސް އެކުންފުނިން ބުންޏެވެ. މިހާރު ކުރިއަށް ދަނީ މި މަސްބޯޓްގެ ރަޖިސްޓްރީ ކުރުމުގެ […]
ހުރިހާ ކުށަކަށް ޖަލު ނޫން އެހެންގޮތެއް ހޯދަންޖެހޭ
މާޒީވެދިޔަ ޒަމާން ތަކުގައި ރާއްޖޭގައި ކުށްކުރާމީހުން ނަށް ދެވޭ އަދަބަކީ އަރުވާލުމެވެ. ކުށްކުރާމީހުން ޖަލުތަކަށް ލައިގެން ހުރިހާ ކުށެއްގެ މީހުން އެކުގައި ގެންގުޅިގެން ކުށްވެރީންނަށާއި ދައުލަތަށް ލިބެނީ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެކަން މިހާރު އެނގެން ވެއެްޖެއެވެ. ޖަލުތަކަށް އަހަރަކު އެހިންގާ ޚަރަދާއި ޖަލުތަކުގައި ޙުކުމްތަންފީޒް ކުރަމުންދާ ފަރާތްތަކުން ޖަލުތަކުގައި ތިބެގެން އެކުރާބޮޑެތި ކުށްތަކަކީ ހުއްޓުވަން ޖެހޭ ކަންކަމަށްގަބޫލުކުރަމެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް ޖަލުތަކުގައި ހިންގާ އެފަދަ ޖަރީމާތަށް ހުއްޓުވިފައެއް ނެތެވެ. އަދި ކުށްކުރާމީހުން ޖަލުތަކަށް ލައިގެން އެފަރާތްތަށް އިސްލާހުކޮށްގެން މުޖުތަމަޢަށް ނެރުމުގެ ހުނަރާއި ގާބިލްކަން ސަރުކާރު ތަކުގައި ނެތުމަކީ ކުށްކުރާ އައްޑާތަކަކަށް ޖަލުތައް ބަދަލުވެގެން […]
އުރީދޫގެ ފީފާ މުބާރާތުގައި ބައިވެރިވުމުގެ ފުރަސަތު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ނޭޝަން އިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތަށް އޮންލައިން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ރެޖިސްޓަރ ވުމަށް ޝައުގުވެރިވާ ބޭނުންވާ ކުލަބްތަކުން މި މަހުގެ 15 ގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށް އެދެއެވެ. މި މުބާރާތް ފެށޭނީ މަހު 16 ގައެވެ. އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގް ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި […]
މެލޭޝިޔާގެ 5 ޖީ ނެޓްވާރކް މަޝްރޫޢު ދެވަނަ ވިސްނުމަކަށް
މެލޭޝިޔާގެ ކުރީގެ ސަރުކާރުން އެގައުމުގައި 5 ޖީ ނެޓްވާރކް ގާއިމްކުރަން ސްވިޑްންގެ އެރިކްސަން އަށް ދީފައިވަނީ އެކަމަށްޓަކައި ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ އުސޫލުތައް ފުރިހަމަނުކޮށް ބުނެ ކަރަޕްޝަންގެ ޝަކުވާތައް ބޮޑުވެފާވުމުން އެ މައްސަލަ އަލުން ބައްލަވާނެ ކަމަށް މިހާރުގެ ބޮޑުވަޒީރުދާތޯ ސްރީ އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. އަންވަރު އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ލެއްވުމަށް ފަހުގައެވެ. އަންވަރު ވިދާޅުވީ ކުރީގެ ސަރުކާރުން ޑިޖިޓަލް ނޭސަނަލް ބަރްހަދް އުފައްދަވައި އެ މަޝްރޫޢު އެކުންފުންޏަށް ދީފައިވަނީ ހަމަހަމަ ކަމާއި އިންސާފުގެ އުސޫލުތައް އެއްފަރާތްކޮށްފައި ކަމަށެވެ. އެހެންނަމަވެސް […]
ކުނި މެނޭޖް ނުކުރެވި ސިއްޙީ ނުރައްކަލެއްގެ ތެރެއަށް!
މާލޭސަރަޢްދުގައި އުފެދޭ ކުނި މެނޭޖް ނުކުރެވި ސިއްޙީގޮތުން މުޖްތަމަޢު އޮތީ ނުރައްކަލެއްގެ ތެރޭގައިކަން ކަށަވަރެވެ. 1992 ވަނައަހަރުން ފެށިގެން މާލޭސަރަޙައްދުގައި އުފެދޭ ކުނި ސަރުކާރަށް މެނޭޖް ނުކުރެވި މިހާތަނަށް އައިސްފައިވާއިރު ގޭގެއިން އުކާލާ ކުނި ބަހަށްޓާނެ ތަނެއް ނުވަތަ އުކާލާނެ ގޮނޑެއް ވެސް ރައްޔިތުންނަށް ދައްކަން ސަރުކާރަށް އެވަނީ ނުކުޅެދިފައެވެ. މާލޭ ސަރަޙައްދުގައި އުފެދޭ ކުނި ނައްތާލަން ހަމަޖެހިފައިވާ ތިލަފުށިން އެކުނިތައް އެރަށުގެ ފަޅުތެރެއަށް ބޭރުވެ ތިމާވެށި ޚަރާބުގެ މަގަށް ކައްސާލައިގެން އެދަނީ މާލޭސަރައްދުގައި އުފެދޭ […]
ދ.އަތޮޅު ރިބުދޫ އިން އާދަޔާ ޚިލާފު ބޮލިވަޅެއް ފެނިއްޖެ
ދ.އަތޮޅު ރިބުދޫއިން އާދަޔާޚިލާފު ބޮލިވަޅެއް ފެނިއްޖެއެވެ. ރިބުދޫ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި މި ބޮލިވަޅު ފެނުނީ އެރަށުގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށްޓަކާ ހޮޅިވަޅުލުމުގެ މަސައްކަތް ކުރަމުން ދިއުމުގެ ތެރެއިންނެވެ. މި ބޮލިވަޅު ފެނިފައިވަނީ އެރަށުގެ އިރުމަތީ ފަރާތުގައި ހޮޅިވަޅުލަން ބިން ކޮންނަމުން ދިއުމުގެ ތެރޭގައެވެ. މި ބޮއްޔަކީ ރާއްޖޭގައި ފައިސާގެ ގޮތުގައި ބޮލިގެންގުޅުނު ޒަމާނުގެ ބޮއްޔެވެ. މިބޮއްޔަކީ މުޅީންވެސް (ކައުރީ ޝެލް) ބޮލިކމަށް ކައުންސިލުން ވިދާޅުވެއެވެ. ރާއްޖޭގައި ފުރަތަމަ ގައުމީ ތަރިކަ ރައްކާތެރި ކުރުމާއި […]
ރާމޯސްގެ ހެޓްރިކާއެކު ޕޯޗުގަލުން ކުއާޓާއަށް
ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްވިޒަލޭންޑް ބަލިކޮށް ޕޯޗުގަލްއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރި ބެންފިކާގެ ގޮންސަލޯ ރާމޮސް ހެޓްރިކް ހެދި އިރު މިއީ މިއަހަރުގެ މި މުބާރާތުގައިވެސް ހެދި ފުރަތަމަ ހެޓްރިކްވެސް މެއެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 6-1ގެ ނަތީޖާއަކުންނެވެ. ޕޯޗުގަލްގެ ފުރަތަމަ ލަނޑު މެޗުގެ 17 […]
ސްކޭމާއި ޓެރަރިޒަމަށް މަގުފަހިވާކަންކަން ކުރާތީ މާފުށީ ޖަލު ބަލައި ފާސްކުރަން ފަށައިފި
ދިވެހި ސިފައިންނާއި ފުލުހުންނާއި ގުޅިގެން މާފުށީ ޖަލުގައި ހާއްސަ އޮފަރޭޝަނެއް ރޭ ފަށައިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ. ކަރެކްޝަނުން ބުނީ މި އޮޕަރޭޝަނަކީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ހިންގާ އޮފަރޭޝަނެއްކަމަށެވެ. ކަރެކްޝަނުން މިފަހުން ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާ ތަކެއްޗާއި އެކު ކަރެކްޝަނުގެ އޮފިސަރެއް ހައްޔަރުކޮށްފައެވެ. އޭނާގެ އަތުން މަސްތުވާ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފޯނު ވެސް […]
އިނގިރޭސި ވިލާތާއި ވޭލްސްގައި ނަސާރާ ދީނުގެއަޣްލަބިއްޔަތު ގެއްލިއްޖެ
އިނގިރޭސި ވިލާތާއި ވޭލްސްގައި ފުރަތަމަފަހަރަށް ނަސާރާ ދީނުގެ އަޣްލަބިއްޔްތު ގެއްލިއްޖެއެވެ. ސަރުކާރުން އަންގާރަދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިނގިރޭސިވިލާތާއި ވޭލްސްގައި ނަސާރާ ދީނަށް ތަބާވާ މީހުންގެ އަދަދު މިހާރު އުޅެނީ 50 އިންސައްތައަށް ވުރެން ދަށުގައެވެ. ޑެއިލީ ޓެލެގްރާފުން ހާމަކުރިގޮތުގައި 2021 ވަނައަހަރު އިނގިރޭސި ވިލާތާއި ވޭލްސްގެ އާބާދީގެ 46.2 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 28 މިލިއަން މީހުން ގަބޫލުކުރަނީ ނަސާރާ ދީނެވެ. އެއީ 2011 ވަނަ އަހަރާ އަޅާކިޔާއިރު ގާތްގަނޑަކަށް 13 އިން ސައްތައިގެ މަދުވުމެކެވެ. އެ […]