މެލޭޝިޔާގެ 5 ޖީ ނެޓްވާރކް މަޝްރޫޢު ދެވަނަ ވިސްނުމަކަށް

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ކުރީގެ ސަރުކާރުން އެގައުމުގައި 5 ޖީ ނެޓްވާރކް ގާއިމްކުރަން ސްވިޑްންގެ އެރިކްސަން އަށް ދީފައިވަނީ އެކަމަށްޓަކައި ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ އުސޫލުތައް ފުރިހަމަނުކޮށް ބުނެ ކަރަޕްޝަންގެ   ޝަކުވާތައް ބޮޑުވެފާވުމުން އެ މައްސަލަ އަލުން ބައްލަވާނެ ކަމަށް މިހާރުގެ ބޮޑުވަޒީރުދާތޯ ސްރީ އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. 

އަންވަރު އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ލެއްވުމަށް ފަހުގައެވެ. އަންވަރު ވިދާޅުވީ ކުރީގެ ސަރުކާރުން ޑިޖިޓަލް ނޭސަނަލް ބަރްހަދް އުފައްދަވައި އެ މަޝްރޫޢު އެކުންފުންޏަށް ދީފައިވަނީ ހަމަހަމަ ކަމާއި އިންސާފުގެ އުސޫލުތައް އެއްފަރާތްކޮށްފައި ކަމަށެވެ. އެހެންނަމަވެސް ޑީ. އެން. ބީ. އިން ބުނަނީ އެ މަޝްރޫއު އެރިކްސަނަށް ދީފައިވަނީ ހުރިހާ އުސޫލުތަކެއް ފުރިހަމަކުރުމަށްފަހުގައި ކަމަށެވެ. 

އަދި ސަރުކާރުގެ ޝައްކުތައް ދިރާސާ ކުރުމުގައި އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައެވެ. އަދި އެ ޝައްކުތައް ފިލުވުމަށްފަހު ގައުމުގެ ލާބަޢާއި ފައިދާއަށްޓަކައި އެ މަޝްރޫއޫ ހިންގުން އެކުންފުންޏަށް އަލުން ލިބޭނެ މަކަށް އުންމީދު ކުރާކަމުގައެވެ.          

2021 ވަނައަހަރު މުޙުޔިއްދީން ޔާސިންގެ ބޮޑުވަޒީރު ކަމުގައި ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ޑިޖިޓަލް ނޭސަނަލް ބަރްހަދް އުފެއްދެވުން ޢިއުލާންކުރައްވާފައިވަނީ މޯބައިލްގެ ޚިދުމަތް ދެމުންގެންދާ އެހެންކުންފުނި ތަކުން 5 ޖީ ބޭނުން ކުރަންޖެހޭނީ އެކުންފުނީގެ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ. މުޙުޔުއްދީނުގެ ސަރުކާރު 600 ބިލިއަން ރިންގިޓްގެ މަޝްރޫޢު ނަހަމަގޮތުގައި ވަކިބަޔަކަށް ފައިދާ ކޮށްދިނުމަށް ހިންގާފައިވާކަމަށް ބުނެއެވެ.

މުޙުޔިއްދީނުގެ ސަރުކާރުން އޭރު ބުނަމުން ގެންދިޔައީ އެކުންފުނީގެ ސަބަބުން މުވާސަލާތީ ފެންވަރާއި އަގުތައް ހިފޭއްޓި މިހާރަށްވުރެން ރަނގަޅުގޮތުގައި އެޚިދުމަތް ފުޅާކުރެވިގެން ދިއުމަށް އިތުރު ފުރުސަތު ހުޅުވިގެން ދާނެކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން މެލޭޝިޔާގައި މުވާސަލާތީ ޚިދުމަތުގެ ދެފުށް ފެނުމާއި ފޮރުވުމާއި އަގު ކަނޑައެޅުމާއި މޮނޮޕޮލީ ހަމައެކަނި އެކުންފުނީގެ ބާރުގެ ދަށަށް ދިއުމުން މެލޭޝިޔާގައި ފުޅާ ދާއިރާއެއްގައި އެ ޚިދުމަތް ފޯރުކޮށްދޭ ގިނަ ކުންފުނިތަކަކުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.                                       

މިދިޔަ ހުކުރުދުވަހު ޢިއުލާނު ކުރެވިގެންދިޔަ އަންވަރު އިބްރާހީމްގެ ވަޒީރުންގެ މަޖިލީހުގައު ބޮޑުވަޒީރުގެ ނައިބަކަށް އަމްނޯގެ ޕްރެޒިޑެންޓް އަޙުމަދު ޒާހިދީ ހަމަޖެއްސެވުމާ ގުޅިގެން އަންވަރާދިމާލަށް ދިއްކުރެވޭ އިނގިލިތައް ވަނީ ގިނަވެފައެވެ. 

އެހެންނަމަވެސް އަންވަރު ވިދާޅުވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަކީ ކުރީގެ ބޭފުޅުންފަދައިން ދަވްލަތުން ވައްކަން ކުރައްވާނެ ބައެއް ނޫންކަމުގެ އިތުބާރު އެބަ އޮތްކަމަށެވެ. އަދި އަހްމަދު ޒާހިދީ އަށް ތުޙުމަތު ކުރެވޭ ކޮރަޕްޝަނާއި ފަސާދައިގެ 47 މައްސަލަ އޮތުމަކީ ކޮރަޕްޝަނާ ފަސާދައަށް މި ސަރުކާރުން ކުރާ މަސައްކަތަށް ހިޔަނި އެޅޭނެ ކަމެއްވެސް ނޫން ކަމަށެވެ. އަހްމަދު ޒާހިދީ ގެންދަވަނީ އޭނަށް ކުރެވޭ ތުޙުމަތުތައް ދޮގުކޮށް އެތުޙުމަތުތަކުން ބަރީޢަ ވުމަށް ޝަރީޢަތަށް އެއްބާރު ދެއްވަމުންނެވެ.                                                           

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް