ރާމޯސްގެ ހެޓްރިކާއެކު ޕޯޗުގަލުން ކުއާޓާއަށް

Loading

Facebook
Twitter
WhatsApp

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްވިޒަލޭންޑް ބަލިކޮށް ޕޯޗުގަލްއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރި ބެންފިކާގެ ގޮންސަލޯ ރާމޮސް ހެޓްރިކް ހެދި އިރު މިއީ މިއަހަރުގެ މި މުބާރާތުގައިވެސް ހެދި ފުރަތަމަ ހެޓްރިކްވެސް މެއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 6-1ގެ ނަތީޖާއަކުންނެވެ.

ޕޯޗުގަލްގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖާއޯ ފެލިކްސް ދިން ޕާހަކުން ގޮންސަލޯ ރާމޯސްއެވެ ޕޯޗުގަލްގެ ދެ ވަނަ ލަނޑު 33 ވަނަ މިނެޓްގައި އެގައުމަށް ކާމިޔާބު ކޮށްދިނީ އިތުބާރު ޑިފެންޑަރު ޕެޕޭއެވެ.

ޕޯޗުގަލްގެ އިން ޖެހި އަނެއް ހަަތަރު ލަނޑުވެސް ފެނުނީ އަދި ސްވިޒަލޭންޑުން ޖެހި ހަމައެކަނި ލަނޑުވެސް ފެނުނީ ދެވަނަ ހާފްގައެެވެ.

ޕޯޗުގަލް އިން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމުން 1996 ވަނަ އަހަރާއި 2006 ވަނަ އަހަރު ވެސް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވެއެވެ. އެކަމަކު، ވޭތުވެދިޔަ ފަސް ފަހަރު ވެސް އެ ޓީމަށް ކުއާޓާ ފައިނަލަށް ދަތުރު ކުރެވިފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް