އަގުބޮޑު ގަސްކާނާގެ ބަދަލުގައި ކުކުޅު ބިހުންވެސް ފުދޭނެ !

Loading

Facebook
Twitter
WhatsApp

ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ގަސް އިންދުމަށް ޝައުގުވެރިވާ މީހުންނެވެ. އެގޮތުން ތަފާތު އެކި މާއަޅާ ގަސްތައް ހެއްދުމަކީ ދިވެހިން ވަރަށް ޝައުގު ހުންނަ ކަމެކެވެ. އެކަން ތޮއްޖެހިފައިވާ މާލޭގެ ހަނި ބެލްކަނިތަކަށް ނަޒަރު ހިންގާލުމުންވެސް ސާފުވާނެއެވެ. ގަސް ހެއްދުމަކީ އެކަމަށް ކޮންމެވެސް ވަރެއްގެ ޚަރަދެއް ހިނގާނެކަމެކެވެ. އަދި އެއީ ގަވައިދުން މޮނީޓާކޮށް ބަލަންޖެހޭ ކަމެއްވެސް މެއެވެ.

ސައިންސްވެރިން ވިދާޅުވެފައިވާ ގޮތުގައި ގަހެއްހެދި ބޮޑުވުމަށް ބޭނުންވަނީ މައިގަނޑު ހަ މައްދާއެކެވެ. އެއީ ކާބަން، ހައިޑްރޮޖަން، އޮކްސިޖަން، ނައިޓްރޮޖަން، ފޮސްފޮރަސްގެ އިތުރުން ޕޮޓޭސިއަމެވެ. މީގެ އިތުރުން ކެލްސިއަމް، މެގްނީޒިއަމް އަދި ސަލްފާއަކީވެސް ގަހުގެ ދުޅަހެޔޮކަމަށް މުހިންމު މާއްދާތަކެކެވެ.

ގަސް ހެއްދުމަށް އެންމެ ބޮޑު ޚަރަދެއް ގިނަ ބަޔަކު ކުރަނީ އެ ގަހަށް ބޭނުންވާ ގަސް ކާނާއަށެވެ. ފިހާރަތަކުން ލިބެން ހުންނަ ގަސް ކާނާގެ ބާވަތްތައް އަގުބޮޑުވުމާއި، ލިބެން ދަތިވުމަކީވެސް ގަސް ހައްދާ މީހުންގެ ކަންބޮޑުވުމެވެ. ނަމަވެސް ދުޅަހެޔޮ ގަހަކަށް ކޮންމެހެން ފިހާރަތަކުން ވިއްކާ ގަސް ކާނާ މުހިންމެއް ނޫނެވެ. ގޭގައި އަމިއްލައަށް ތައްޔާރުކުރެވޭ ގަސް ކާނާވެސް ފުދެއެވެ.

އެގޮތުން، ކުކުޅު ބިހަކީ ގަސް ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ގަސް ކާނާގެ ގޮތުގައި ކުކުޅު ބިސް ބޭނުން ކުރުމަށް ގަސް އިންދުމަށް ތައްޔާރުކުރާ ގަސްމުށި ނުވަތަ ބިމުގައި ގަސްއިންދަން ބޭނުންވާ ތަނުގެ އަޑީގައި ބިހެއް ވަޅުލާށެވެ. ތިނ ހަފްތާތެރޭގައި އެ ބިސް ހަލާކުވެ، ވެއްޔާއި އެކުވެގެން ގަސްކާނާއަށް ވާނެއެވެ. 

އެއީ ބިހުތޮށީގައި ނައިޓްރޮޖަން، ކެލްސިއަމް އަދި ފޮސްފޮރަސް ހިމެނެއެވެ. ނައިޓްރޮޖަންއަކީ ގަހުގެ ޓީޝޫތަކަށް ބޭނުންވާ ޕްރޮޓީންގެ އުފެއްދުމަށް އެހީތެރިވާ މާއްދާއެވެ. އަޖުމަ ބަލާލަމާތޯއެވެ؟

ކުކުޅު ބިހުގެ ތޮއްޓަކީވެސް ގަސް ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. އެގޮތުން ކުކުޅު ބިހުގެ ތޮށިތައް ރީތިކޮށް ދޮވެލާފައި ހިއްކުމަށްފަހު މުގުރައިގެން ގަހުގެ ބުޑަށް އެޅުމުންވެސް ގަހަށް ބޭނުންވާ މުހިންމު މާއްދާތައް ލިބޭނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ގޭތެރޭގައި އަމިއްލައަށް ތައްޔާރުކުރާ ގަސްކާނާއިން ގަހަށް ލިބިދޭ ފައިދާތައް އިތުރުވެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް