ސްކޭމާއި ޓެރަރިޒަމަށް މަގުފަހިވާކަންކަން ކުރާތީ މާފުށީ ޖަލު ބަލައި ފާސްކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

ދިވެހި ސިފައިންނާއި ފުލުހުންނާއި ގުޅިގެން މާފުށީ ޖަލުގައި ހާއްސަ އޮފަރޭޝަނެއް ރޭ ފަށައިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަނުން ބުނީ މި އޮޕަރޭޝަނަކީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ހިންގާ އޮފަރޭޝަނެއްކަމަށެވެ.

ކަރެކްޝަނުން މިފަހުން ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާ ތަކެއްޗާއި އެކު ކަރެކްޝަނުގެ އޮފިސަރެއް ހައްޔަރުކޮށްފައެވެ. އޭނާގެ އަތުން މަސްތުވާ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފޯނު ވެސް ފުލުހުން ވަނީ ހޯދައިފައެވެ.

ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ މައްސަލަތައް ކުރިއާ ޚިލާފަށް މިހާރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް