ޖައްވުތެރޭގެ ފެންކޯރެއް އަނެއްކާވެސް ކެލިފޯނިޔާއަށް ބަންޑުންވަނީ
ނަސާރާއިންގެ އީދާ ދިމާކޮށް އެމެރިކާއަށް މެދުވެރިވާންފެށި ގަނޑުފެނުގެ ތޫފާނާއި ޖައްވުތެރޭގައި ދަތުރުކުރާ ފެންކޯރުތައް ބަންޑުންވުމުގެ ހާދިސާތަކަށް ކުޑަވެސް ލުޔެއް ނުލިބި އުޅެނިކޮށް އަނެއްކާވެސް ޖައްވުތެރޭގައި އުފެދިފައިވާ ފެންކޯރެއް ކެލިފޯނިޔާގެ ސަރަޙައްދަށް ބަންޑުން ވެދާނެކަމުގެ އިންޒާރު މޫސުމާބެހޭ އިދާރާތަކުން ދޭންފަށައިފިއެވެ. ޖައްވުތެރޭގައި އުފެދޭ ފެންކޯރުގެ ތަޢާރުފްގައި މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އެއީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަންދާޒާވެސް ނުކުރެވޭ ވަރުގެ ގިނަ އަދަދަކަށް ވާރޭ ވެހިދާނެފަދަ ގޮތަކަށް ފުނިޖެހި ފައިވާ ތެތްފިނި ކަމެކެވެ. މި ޑިސެމްބަރު މަހަކީ ޢާންމުގޮތެއްގައި […]
ޕްރައިމަރީއަށްފަހު އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ވެރިކަން ގެއްލޭނެ
އެމްޑީޕީގެ ޕްރައިމަރީއަށްފަހު ދެރައީސުން އެއްގަލަކަށް އަރާވަޑައި ނުގެންފިނަމަ 2023ގެ ރިޔާސީ އިބްތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވާނޭކަމަށް ގިނަބަޔަކު ދެކެއެވެ. 2023 ގެ ރިޔާސީ އިންތީޚާބުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގިނަ ކަމާއެކު އެމްޑީޕީ ގެ ޕްރައިމަރީ ކާމިިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތްޕުޅަށް ޕްރައިމަރީއިން ފެއިލްވާ ރައީސަކު އަރާ ވަޑައިނުގެންފިނަމަ އެމްޑީޕީ އަށް ވެރިކަން ގެއްލިގެން ދިއުން ވަރަށްގާތެވެ. އެގޮތަކީ ރިޔާސީއިންތިޚާބުގައި ދެރައީސުން ގިނިކަޏާ ނުކުމެ ވަޑައި ގެންފިނަމަ އެމްޑީޕީ […]
ޔަހޫދީން ގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ’ކައްޗަށް އެޅި ބިންގާ
1967 ވަނަ އަހަރު ހިނގި މަޝްހޫރު 6 ދުވަހުގެ ހަނގުރާމައިގައި ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ވެސްޓްބެންކާއި، މުސްލިމުންގެ މުޤައްދަސް މިސްކިތެއްކަމުގައިވާ އަލް-އަޤްޞާ މިސްކިތާއިބެހޭ ގޮތުން، އިޒްރޭލުގެ 2 ފަރާތަކުން ދާދިފަހުން ނެރެފައިވާ 2 ރިޕޯޓަކާއި ގުޅިގެން މުސްލިމް ޤައުމުތަކުގެ މެދުގައި ވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަން ފެތުރިފައެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަޔަންޔާހޫ ގެ އަމުރަކަށް އުފައްދާފައިވާ ”އެޑްމުންޑް ލެވީ ކޮމިޝަން“ ގެ ފަރާތުން ނެރެފައިވާ ރިޕޯޓެއްގައި، ވެސްޓްބެންކްއަކީ އިޒްރޭލުން ހިފާފައިވާ ބިމެއް ނޫންކަމަށާއި، އެ ބިމަކީ އަބަދުވެސް އިޒްރޭލުގެ ބިމެއްކަމަށް ލިޔެފައިވެއެވެ. ލެވީ ކޮމިޝަން ގެ […]
އިންޑިޔާގެ ފާމަސިއުޓިކަލްއަކުން އުފެއްދި ބޭހެއްގެ ސަބަބުން 18 ކުޑަކުދިން މަރުވި މައްސަލަ ބަލަނީ
އިންޑިޔާގެ ޕާމަސިއުޓިކަލްއެއް ކަމަށްވާ މެރިއޮން ބައޯޓެކް އިން އުފައްދާފައިވާ ކޯފް ސިރަޕްއެއް ބޭނުން ކުރުމާ ގުޅިގެން އުޒްބަކިސްތާނުގައި 18 ކުޑަކުދިން މަރުވި މައްސަލަ އެ ދެ ގައުމުން ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ. އުޒްބަކިސްތާނުގެ ހެލްތް މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުގައި މި ކޯފް ސިރަޕްގައި ވިހަ މާއްދާއެއް ހިމެނެއެވެ. ޑޮކް ވަން މެކްސް ނަމަކަށް ކިޔާ މި ސިރަޕްގައި ގިނަ އަދަދަކަށް އެތިލިން ގްލައިކޯލް ހިމެނެއެވެ. އުޒްބަކިސްތާނުން މި ކަން އެއްގުމާއެކު އިންޑިޔާގެ ހެލްތް މިނިސްޓްރީއާއި […]
އިސްރާއީލުން އީރާނަށް ވަރުގަދަ ޙަމަލާދިނުމަށް ދަނީ ތައްޔާރުވަމުން
މިހާރު ވަޒީފާއިން ވަކިވެގެންދާ އިސްރާއީލުގެ ދިފާއީ ވަޒީރަށް ޙަވާލާދީ ބްލޫމްބާރގުން ޚަބަރުދޭ ގޮތުގައި އީރާނުގެ ނިއުކްލިއަރ ސަރަޙައްދުތަކަށް ޙަމަލާދިނުމުގެ ތައްޔާރީތައް އިސްރާއީލުގައި ވަރުގަދަ ކުރަމުން އެބަ ދެއެވެ. އެއަރފޯސްގެ ގްރޭޖުއޭޝަން ޙަފްލާއެއްގައި ވާހަކަ ދައްކަމުން ކުރީގެ ދިފާއީ ވަޒީރު ގާންޒް ބުނެފައިވަނީ އެ ޙަމަލާގައި ބައިވެރިވުމަށް ތިޔަ ޕައިލެޓުންނަށް ގޮވާނެކަމަށެވެ. އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ޙަމަލާ ދިނުމުގެ ދަތުރުގައި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ތިޔަބައިމީހުން ޖައްވުތެރޭން އިރުމައްޗަށް ހުރަސްކުރަން ޖެހޭނެއެވެ. އަހަރެމެން މިގެންދަނީ އެކަންތައް ވަރުގަދައަކަށް ރާވައި ތައްޔާރު ވަމުންނެވެ. […]
ޔޫރަޕްގެ ރަޖިސްޓަރީ ބޯޓުފަހަރުން ފިލިޕީންސް ސީމަނުން ބޭރުކުރަނީ، ދިވެހި ސީމަނުންގެ ޙާލަތު އޮތީ ކިހިނެއް!
ޔޫރަޕިއަން ޔޫނިއަނުން ހާމަކޮށްފައިވާ ގޮތުގައި ފިލިޕީންސްގައި ބޯޓުފަހަރުގެ ވަޒީފާއަށް މީހުންތަމްރީނު ކުރުމުގައި ބައިނަލް އަގްވާމީ މިންގަނޑަށް ނުފެތޭކަމަށް ބެލެވޭތީ އެ ގައުމުން ދީފައިހުންނަ ސަނަދުތަކާއި ލިއުންތައް މީގެފަހުން ޔޫރަޕިއަން ޔުނިއަނުން ގަބޫލެއް ނުކުރާނެއެވެ. އެހެންނަމަވެސް މިހާތަނަށް ދީފައިހުރި ސަނަދުތަކުގެ މައްޗަށް ބިނާކޮށް ވަޒީފާދީފައިތިބި ފަރާތްތަކަށް އެ ސަނަދުގެ މުއްދަތު ހަމަވަންދެން ވަޒީފާ އަދާ ކުރެވޭނެއެވެ. ޔޫރަޕްގެ މި ފިޔަވަޅުން ބައިނަލް އަގްވާމީ ޝިޕިންގ އަށް ބޮޑެތި ގޮންޖެހުންތަކެއް މެދުވެރިވާނެއެވެ. މިހާރުގެ މާރކެޓަށް ބަލާއިރު ބޯޓުފަހަރުގައި އުޅޭ ފިލިޕީންސް މީހުންގެ ނިސްބަތަކީ 25 […]
ޗައިނާއިން އެމެރިކާއަށް ދަތުރުކުރާ މީހުން ސަމާލުވުމަށް އަންގައިފި
ރޮއިޓަރސް އިން މަޢުލޫމާތު ލިބޭގޮތުގައި ޗައިނާއިން އެމެރިކާއަށް ދަތުރުކުރާ މީހުންނަށް ކޯވިޑް 19 ގެ ޚާއްސަ ޝަރުތުތަކެއް ފުރިހަމަކުރަންޖެހޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނާގޮތުގައި މިގޮތަށް ހަމަޖައްސަން ޖެހުނީ ޗައިނާއިން ކޯވިޑް 19 ބެހޭ މަޢުލޫމާތު ހާމަކުރުމުގައި ފޮރުވުންތަކެއް ގެންގުޅޭތީކަމަށެވެ. ޗައިނާގައި ކޯވިޑް ގެ ބަލި މަޑުކަން އަނެއްކާވެސް މާ ބޮޑަށް ފެތުރެމުންދާތީވެ ޖަޕާނާއި މެލޭޝިޔާ އަދި އިންޑިއާގައިވެސް ޗައިނާއިން ދަތުރުކުރާ މީހުން ފުރިހަކުރަންޖެހޭ ކަންތައްތަކާއި ބޭހޭގަވައިދަށް އިތުރު މުހިންމު ބަދަލުތަކެއް ވަނީ ގެނެއްސައެވެ. ޖަޕާނުން ބުނަނީ ޗައިނާއިން ދަތުރުކުރާ މީހުން […]
ރަޝިޔާގެ އެންމެފަހުގެ އިންޒާރު ޔޫކްރެއިނަށް
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލެވްރޯފް އާއި ޙަވާލާދީ ޚަބަރު ދޭގޮތުގައިޔޫކްރެއިނާމެދު ރަޝިޔާއިން ކަންތައްކުރަން ބޭނުން ވާގޮތް ޔޫކްރެއިންގެވެރިންނަށް ވަރަށް ރަނގަޅަށް އެންގިފާ ވާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އެހެންވީމާ ޔޫކްރެއިނަށް އޮތީ ހަމައެކަނި ދެގޮތެކެވެ. އެއީ އަހަރެމެންގެ ހުށައެޅުން އެއްކޮށް ގަބޫލުކުރުމެވެ. އެހެންނޫނީ ރަޝިޔާގެ ސިފައިން ބުނެފާވާނެ ގޮތަށް ކަންތައްތައް ނިންމާނެއެވެ. އެހެންވީމާ ބުއްދިވެރީ ޔޫކްރެއިންގެ ފައިދާއަށްޓަކައި އަހަރެމެންގެ ހުށައެޅުން ގަބޫލުކުރުމެވެ. އަހަރެމެންގެ ހުށައެޅުމަކީ ޔޫކްރެއިނަކީ ހަނގުރާމަވެރި ގައުމަކަށް ނުވުމާއި ނާޒީންގެ ވިސްނުން ދޫކޮށްލުމާއި ރަޝިޔާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިނުވާފަދަ ގައުމެއްގެ ގޮތުގައި ދެމިތިބުމާއި އަރެމެންގެ ބިންތަކަކީ އަހަރެމެންގެ ބިންތަކެއް ކަމުގައި […]
އެއްދުވަހުގެ ތެރޭގައި 37 މިލިއަން މީހުން ކޮވިޑަށް ފައްސިވެއްޖެ
މި ހަފްތާގެ އެންމެ ދުވަހެއްގެ ތެރޭގައި ގާތްގަނޑަށް 37 މިލިއަން މީހުން ޗައިނާގައި ކޮވިޑަށް ފައްސިވެފައިވާކަމަށް އެ ގައުމުގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބޭއްވި ނޫސް ކޮންފެރެންސެއްގައި ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ 18 ޕަސެންޓް މީހުން، އެއީ ގާތްގަނޑަކަށް 248 މީހުން މި މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ކޮވިޑް ވައިރަސްއާ ކޮންޓެކްޓް ވެފައި ހުރުން އެކަށީގެންވެއެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޗައިނާގައި ކޮވިޑް ކޭސްތައްވަނީ އިންތިހާއަށް […]
ނިވްޔޯކުގެ މޫސުން ކްރިސްމަސް ދުވަސްތަކާއި އެކު ސްނޯ ސްޓޯމް އެއްގައި
ކްރިސްމަސް އާއި ދިމާކޮށް އެމެރިކާއަށް ކުރިމަތިލާން ޖެހުނު ސްނޯ ސްޓޯމްގައި އެ ގައުމުގެ ބޮޑު ސަރަޙައްދެއް ހުއްޓުމަކަށް އަތުވެއްޖެއެވެ. ގިނަ މަގުތަކެއްގައި ސްނޯ ފުނިޖެހި އެއްގަމު ދަތުރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރައިފިއެވެ. މިދިޔަ ހަފްތާގައިވެސް މި ސްނޯ ސްޓޯމްގެ އިންޒާރު ވަނީ ދީފައެވެ. އާންމު ރައްޔިތުންގެ ގިނަބަޔަކު ބޭރަށް ނުނިކުމެވި ކަރަންޓު ނެތި ހޫނު ކުރެވޭނެ މަގެއް ފެންނާންވެސް ނެތި ގަދަ ފިނީގައި ގެދޮރުގައިވަނީ ތާށިވެފައެވެ. މިހާތަނަށް މަދުވެގެން 34 މީހުން މަރުވެފައިވާ ކަމަށް އެސޯޝިއޭޓެޑް ޕްރެސް […]