އިސްރާއީލުން އީރާނަށް ވަރުގަދަ ޙަމަލާދިނުމަށް ދަނީ ތައްޔާރުވަމުން

Loading

Facebook
Twitter
WhatsApp

މިހާރު ވަޒީފާއިން ވަކިވެގެންދާ އިސްރާއީލުގެ ދިފާއީ ވަޒީރަށް ޙަވާލާދީ  ބްލޫމްބާރގުން ޚަބަރުދޭ ގޮތުގައި އީރާނުގެ ނިއުކްލިއަރ ސަރަޙައްދުތަކަށް ޙަމަލާދިނުމުގެ ތައްޔާރީތައް އިސްރާއީލުގައި ވަރުގަދަ ކުރަމުން އެބަ ދެއެވެ.

އެއަރފޯސްގެ ގްރޭޖުއޭޝަން ޙަފްލާއެއްގައި ވާހަކަ ދައްކަމުން ކުރީގެ ދިފާއީ ވަޒީރު ގާންޒް ބުނެފައިވަނީ އެ ޙަމަލާގައި ބައިވެރިވުމަށް ތިޔަ ޕައިލެޓުންނަށް ގޮވާނެކަމަށެވެ. އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ޙަމަލާ ދިނުމުގެ ދަތުރުގައި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ތިޔަބައިމީހުން ޖައްވުތެރޭން އިރުމައްޗަށް ހުރަސްކުރަން ޖެހޭނެއެވެ. އަހަރެމެން މިގެންދަނީ އެކަންތައް ވަރުގަދައަކަށް ރާވައި ތައްޔާރު ވަމުންނެވެ.              

ރަޝިޔާއިން ކުރަމުންގެންދާ ޔޫކްރެއިންގެ ހަނގުރާމައިގާ އީރާނުގެ

މިލިޓަރީ އެހީތެރިކަން ހޯދަމުން ގެންދާތީއާއި ބަދަލުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ރަޝިޔާއިން އެހީތެރިކަން ފޯރުކޮށްދީފާނެތީ އިސްރާއީލުން ތިބީ ވަރަށް ކަންބޮޑުވެފައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްޙަވެރި ޕްރޮގްރާމެއްކަމަށް އީރާނުން ޔަގީންކޮށްދިނަސް އިސްރާއީލުން އިޒްރޭލުގެ ބައިވެރީން އެކަން ގަބޫލެއް ނުކުރެއެވެ.  އަދި އިސްރާއީލުން ގެންދަނީ އީރާނުން ނިއުކްލިއަރ ގާބިލުކަން ހޯދަން ކުރާ ކޮންމެ މަސައްކަތެއް ފުނޑު ފުނޑު ކޮށްލާނެކަމަށް ބުނަމުންނެވެ.

މި ހުސްވިމަހު ބޭއްވި އިންތިޚާބަށްފަހު އަނެއްކާވެސް ބެންޖަމިން ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލަން ލިބުނު ފުރުސަތުގައި އެކުލަވާލި ސަރުކާރަށް މިއަދު ޕާރލަމެންޓުގެ ރުހުން ލިބޭނެ ކަމަށް ބެލެއެވެ. 

ކުރީގެ ޗީފް އޮފް ޖެނެރަލް ސްޓަފް ގެ މަގާމުގައި ހުރި ގާންޒް އެންމެފަހުން އޮތް ސަރުކާރުގެ ދިފާޢީ ވަޒީރަކަށް ހުރުމަށްފަހު ދެން އަނެއްކާވެސް ޕާރލަމެންޓުގައި އިންނާނީ އިދިކޮޅު މެމްބަރެއްގެ ޙައިސިއްޔަތުގައެވެ.                    

އިސްރާއީލުން 2007 ވަނައަހަރު ސީރިޔާގައި ނުނިމިހުރި ނިއުކްލިއަރ ރިއެކްޓަރެއް ހަލާކު ކޮށްލައިފަވެއެވެ. އަދި ސައްދާމް ހުސޭނުގެ ވެރިކަމުގައި އިރާގުގައި ވަރަށްބޮޑަށް ތަރައްގީ ކޮށްފާހުރި ނިއުކްލިއަރ ޕްރޮގްރާމެއް 1981 ވަނަ އަހަރު ދިން ވައިގެ ޙަމަލާއެއްގައި އެ ރިއެކަޓަރގެ ދުވަސް ދުއްވާލިއެވެ.                       

އިސްރާއީލަކީ ނިއުކްލިއަރ ބާރެއްކަމުގައި ބައިނަލް އަގުވާމި ފަރާތްތަކުން އެއްބަސް ނުވިޔަސް އެމެރިކާގެ އެނހީގައި އިސްރައީލް ވަނީ ބާރުވެރިކަން ހޯދާފައެވެ. މިއީ ޔޫ.އެން އާއި އެންމެންދަންނަ ބޮޑު ސިއްރެކެެވެ

އީރާނުން ބުނެފައިވަނީ އިސްރާއީލުން އެގައުމާއި ދެކޮޅަށް ފަނާކުރަނިވި ހަނގުރާމައިގެ ޢަމަލެއް ހިންގައިފިނަމަ 7 މިނިޓްގެ ތެރޭގައި އިސްރާއީލު އެކުގައި ނެތިކޮށްލެވޭނޭ ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް