ނިވްޔޯކުގެ މޫސުން ކްރިސްމަސް ދުވަސްތަކާއި އެކު ސްނޯ ސްޓޯމް އެއްގައި

Loading

Facebook
Twitter
WhatsApp
USA Storm Cyclone

ކްރިސްމަސް އާއި ދިމާކޮށް އެމެރިކާއަށް ކުރިމަތިލާން ޖެހުނު ސްނޯ ސްޓޯމްގައި އެ ގައުމުގެ ބޮޑު ސަރަޙައްދެއް ހުއްޓުމަކަށް އަތުވެއްޖެއެވެ. ގިނަ މަގުތަކެއްގައި ސްނޯ ފުނިޖެހި އެއްގަމު ދަތުރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރައިފިއެވެ. މިދިޔަ ހަފްތާގައިވެސް މި ސްނޯ ސްޓޯމްގެ އިންޒާރު ވަނީ ދީފައެވެ.

 އާންމު ރައްޔިތުންގެ ގިނަބަޔަކު ބޭރަށް ނުނިކުމެވި ކަރަންޓު ނެތި ހޫނު ކުރެވޭނެ މަގެއް ފެންނާންވެސް ނެތި ގަދަ ފިނީގައި ގެދޮރުގައިވަނީ ތާށިވެފައެވެ. މިހާތަނަށް މަދުވެގެން 34 މީހުން މަރުވެފައިވާ ކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފައިވެއެވެ.

ަރުވިމީހުންގެ އަދަދު އަދިވެސް އިތުވާނެކަމަށް ރަސްމީ އިދާރާތަކުން ލަފާކުރެއެވެ. އެތައްހާސް ގެދޮރަކުންނާއި ވިޔަފާރި ހިންގާ ތަންތަނުން ކަރަންޓް ވަނީ ކެނޑިފައެވެ. މި ނުރައްކާތެރި ވިންޓަރ ސްނޯ ސްޓޯމުގެ އަސަރު އެމެރިކާގެ 60 އިން ސައްތަ މީހުންނަށް ވަނީ ޙިއްސާކުރަން ޖެހިފައެވެ. އަދި މި ޙާލަތު ކުރިއަށް އޮތް ދުވަސްތަކަށް ދެމިގެންދާނެ ކަމަށް ބުނެފާވެއެވެ.

ނިއު ޔޯރކުގެ މޭޔަރ ކެތީ ހޯޗަލް ވިދާޅުވެފައިވަނީ އިމަރޖެންސީގައި ބޭނުންކުރަންހުރި  ހުރިހާ އުޅަނދެއް ހުރީ ދަތުރުކުރެވޭނެ މަގެއް ނުފެނި ތާށިވެފައި ކަމަށާއި އާންމު ރައްޔިތުންވެސް އެއްގަމު ދަތުރު ނުކުރުމަށް ނެރެފައިވާ އިލްތިމާސްތައް ގަބޫލުކުރުމަށެވެ. މަގުމަތީގައި ހުރި ގިނަ އުޅަނދުތަކެއް ހުރީ ސްނޯގެ ތެރޭގައި ވަޅުލެވިފައެވެ. އަދި ކަރަންޓުގެ އެއްވެސް އަލިކަމެއް ނެތް ގިނަ ގެތަކެއްވެސް ހުރީ ސްނޯގެ ތެރެއަށް ގެނބިފައެވެ.

މިހާރުވެސް ސްނޯ އިން ފުނިޖެހިފައިވާ މަގުތަކަށް ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި އިތުރު 60 ސެންޓިމީޓަރަށް ސްނޯ ވެހޭ ކަމަށް އަންދަޒާ ކުރެވެއެވެ. މި ގަދަ ފިނީގައި ވައިޖެހޭ ބާރުމިންވެސް އުޅެނީ ގަޑިއަކު 40 މޭލަށްވުރެން މަތީގައެވެ. ބަފަލޯ ނިއާގަރާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އާދީއްތަދުވަހު ހެނދުވެސް 43 އިންޗިއަށް ސްނޯ ފުނިގެހިފައި ހުއްޓެވެ. ހޯޗަލް ވިދާޅުވިގޮތުގައި ކަރަންޓެއް ހޫނުކުރާނެ ވަސީލަތެއް ނެތި  މިހާގަދަފިނީގައި  ބަފަލޯ ސިޓީ ދުވަހަކުވެސް ތަޖްރިބާ ކޮށްފައެއް ނުވެއެވެ. މި ބިރުވެރި ސްނޯ ސްޓޯމް ނިމުމަކަށް އަންނާނެދުވަހެއް އަދި ލަފާކުރާކަށްނޭގެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް