ޗައިނާއިން އެމެރިކާއަށް ދަތުރުކުރާ މީހުން ސަމާލުވުމަށް އަންގައިފި

Loading

Facebook
Twitter
WhatsApp

ރޮއިޓަރސް އިން މަޢުލޫމާތު ލިބޭގޮތުގައި ޗައިނާއިން އެމެރިކާއަށް ދަތުރުކުރާ މީހުންނަށް ކޯވިޑް 19 ގެ ޚާއްސަ ޝަރުތުތަކެއް ފުރިހަމަކުރަންޖެހޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނާގޮތުގައި މިގޮތަށް ހަމަޖައްސަން ޖެހުނީ ޗައިނާއިން ކޯވިޑް 19 ބެހޭ މަޢުލޫމާތު ހާމަކުރުމުގައި ފޮރުވުންތަކެއް ގެންގުޅޭތީކަމަށެވެ.

ޗައިނާގައި ކޯވިޑް ގެ ބަލި މަޑުކަން އަނެއްކާވެސް މާ ބޮޑަށް ފެތުރެމުންދާތީވެ ޖަޕާނާއި މެލޭޝިޔާ އަދި އިންޑިއާގައިވެސް ޗައިނާއިން ދަތުރުކުރާ މީހުން ފުރިހަކުރަންޖެހޭ ކަންތައްތަކާއި ބޭހޭގަވައިދަށް އިތުރު މުހިންމު ބަދަލުތަކެއް ވަނީ ގެނެއްސައެވެ. ޖަޕާނުން ބުނަނީ ޗައިނާއިން ދަތުރުކުރާ މީހުން ކޯވިޑް 19 އަށް ޓެސްޓު ކުރެވިފައިވާން ޖެހޭނެ ކަމަށާއި އަދި  މެލޭޝިޔާގައި އިތުރު ޓްރެކިންއާއި ފާރަލުމުގެ ޕްރޮގްރާމް ހިންގޭނެކަމަށް ބުނެފައިވެއެވެ. ޗައިނާއިން ކޯވިޑް 19 އާއި ބެހޭ މަޢުލޫމާތުގައި ފޮރުވުންތަކެއް ހުންނަ ކަމަށް ބައިނަލް އަގްވާމީ މުޖުތަމައުން ގެންދަނީ ޝައްކު ކުރަމުންނެވެ. 

އެ ގައުމުގެ 1.4 ބިލިއަން ރައްޔިތުންގެ ކޯވިޑް 19 ގެ ޙާލަތު ރަނގަޅަށް ނުބެލެހެއްޓޭތީވެ ބައެއް ހޮސްޕިޓަލް ތަކާއި ހިނަވާގެތައް އޮތީ ފުރިފައިކަމަށް ބުނެ ބައިނަލް އަގްވާމީ ފެންވަރުގައި ކަންބޮޑުވުން ފާޅުކުރަމުން އެބަ ގެންދެއެވެ. އެހެންނަމަވެސް ޗައިނާއިން ބުނާގޮތުގައި ފާއިތުވެ ދިޔަ ހަފްތާގެތެރޭގައި ކޯވިޑް 19 ގައި މުޅި ޗައިނާއިންވެސް މަރުވެފައިވަނީ އެންމެ މީހެކެވެ.  

ޗައިނާއިން މިހާރު ގަސްދު ކޮށްފައިވަނީ ޖެނުއަރީ 8 ގެ ފަހުން ޗައިނާއަށް ޒިޔާރަތްކުރާ ދަތުރުވެރިން ކަރަންޓީނުގައި ތިބެންނުޖެހޭގޮތަށް ލުއި ދިނުމަށެވެ. 2020 ގައި ކޯވިޑް 19 ގެ ބަލިމަޑު ކަމާގުޅިގެން ޗައިނާއޮތީ ދަތުރުވެރިންނަށް މިއަދާހަމައަށްވެސް ބަންދު ކޮށްފައެވެ.          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް