އެއުޅުއްވަނީ ދެވަނަ ދައުރެއް ބޭނުންފުޅުވެގެން އުޅުއްވަން   ޖެހޭގޮތަކަށް ނޫން – ބޮނޑޭ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެ އުޅުއްވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުވެގެން އުޅުއްވަން ޖެހޭނެ ގޮތަކަށް ނޫންކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)  ވިދާޅު ވެއްޖެއެވެ.     އެމަނިކުފާނު މިހެން ވިދާޅުވީ ކްލަބްހައުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސްކަމާއި އެމަނިކުފާނަކީ ރާއްޖޭގެ ގިނަބައެއްގެ ރުހުމާއި ލޯތްބާ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން، އަދި އެމްޑީޕީގެ ގްރާސްރޫޓްގައި ހިމެނޭ ގިނަ މެންބަރުންތަކެއް އެމަނިކުފާނުގެ ފަހަތްޕުޅުގައިވެސް ތިބޭނެކަން […]

މިއީވެސް ހަމަ ނަމޫނާ ޑިމޮކްރެސީއެކެވެ.

އިކްވިޓޯރިއަލް ގިނީގެ މިޚަބަރާމެދު ޝައުގުވެރިކަން އުފެދުނީ އެވެރިކަމުގައި ދިވެހިރާއްޖޭގައި ވެރިކަން ކުރެވެމުން ދިޔަގޮތާ އަދި މިހާރު ވެރިކަން ކުރެވޭގޮތާވެސް އެއްކަހަލަ ސިފަތަކެއް ހުރީމައެވެ. ފަހަރެއްގައި އެމީހުން ދަސްކުރީ އަހަރެމެންކައިރިން ކަމަށްވެސް ވެދާނެއޭވެސް ހިތައް އަރައެވެ.                                            އިކްވިޓޯރިއަލް ގިނީގެ ރައީސްކަމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ތިއޮޑޯރޯ އޯބިއަންގް އެންޖިއުމާ އިންތިޚާބު ކުރުމަށްޓަކައި މިދިޔަ އާދީއްތަދުވަހު ވޯޓުލުން […]

  ހުކުރުން ފައިބައިގެން ހިޔާ ޓަވަރުގެ އެޕާޓް މެންޓަކަށް އަރާލަން ދިއައިމާ ފެނުނީ ޙައިރާން ކުރުވަނިވި މަންޒަރެކެވެ.

އިއްޔެ  ހުކުރުން ފައިބައިގެން ހިޔާ ޓަވަރުގެ އެޕާޓް މެންޓަކަށް އަރާލަން ދިއައިމެވެ. ފެނުނީ ޙައިރާން ކުރުވަނިވި މަންޒަރެކެވެ. ހިޔާ ޓަވަރުގެ އެޕާޓްމަންޓް ތަކަށް އަރާފައިބަން ހުންނަނީ 4 ލިފްޓެވެ. މި ލިފްޓް ތަކުގެ ތެރޭގައި ބައެއް އެޕާޓްމަންޓް ތަކަށް ދަތުރުނުކުރާ ލިފްޓްތަށްވެސް ހުރުމާއިއެކު ވަކި ލިފްޓެއް ލިބެބްދެން ޖެހޭނީ މަޑުކުރާށެވެ.    24 ބުރީގެމަށްޗަށް އެކުލެވިފައިވާ ހިޔާޓަވަރެއްގައި ގާތްގަނޑަކަށް 2500 މީހުން ދިރިއުޅެއެވެ. އެހެން ކަމުން ހުކުރުން ފައިބައިގެން އަންނަމީހުން އެޕާރޓްމަންޓް ތަކަށް އެރުމަށްޓަކާ ބޮޑު ކިޔޫއެއްހަދަން ޖެހެއެވެ. އެގޮތުން ކިޔޫގައި 15މިނިޓާއި 20 މިނިޓާއި ދެމެދުގެ ވަގުތެއް ހޭދަ ކުރަން ޖެހެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. […]

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް

މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރުކަމަށް އިއްޔެ ( ނޮވެމްބަރ 24 ބުރާސްފަތި ) އައްޔަންކުރެވުނު އަންވަރު އިބްރާހީމް އަކީ މެލޭޝިޔާގެ ފަހުގެ ސިޔާސީ ތާރީޚުގައި އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި އަދި އިއްޔެގެ ކާމިޔާބީއާއި ހަމަޔަށްވެސް ގޮތްދޫނުކުރުމުގެ ވަރުގަދަ އަޒުމެއްގައި ހުންނެވި ބޭފުޅެކެވެ. ބޮޑުވަޒީރުގެ މަގާމަށްޓަކައި ގަދައަޅުއްވައި މަސައްކަތް ކުރެއްވުމުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެމަގާމު ލިބިވަޑައިގެންފާނެ ކަމަށްވެސް ބެލެވުނެވެ.                  ސިޔާސީ މައިދާނުގައި […]

ޕާކިސްތާނުގެ ސިފައިންގެ ވެރިޔަކަށް އާސިމް މުނީރު 

ޕާކިސްތާނުގެ ސިފައިންގެ ވެރިޔަކަށް ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރު އައްޔަން ކުރައްވައިފިއެވެ. މިހާރުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ބަޖްވާ އެ މަގާމުގައި 6 އަހަރުގެ ޚިދުމަތަށްފަހު މި މަހުގެ ފަހުކޮޅު ރިޓަޔަރ ކުރައްވާނެއެވެ. ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރަކީ މީގެ ކުރިން ބޮޑުވަޒީރު އިމްރާން ޚާންގެ ދުވަސްވަރު ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މުނީރަކީ ކީރިތި ގުރުއާންވެސް ހިތުދަސް ބޭފުޅެކެވެ.                 ޕާކިސްތާނުގެ ސިފައިންގެ ވެރިޔާގެ މަގާމު ބަދަލުވެގެން މިދަނީ ކުރީގެ ބޮޑުވަޒީރު އިމްރާން […]

މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒިރު ކަމަށް އަންވަރު އިބްރާހީމް 

އެންމެފަހުގެ ޚަބަރު: މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރު ކަމަށް އިދިކޮޅު ލީޑަރ ދަތޯ ސްރީ އަންވަރު އިބުރާހިމް އައްޔަން ކުރައްވައިފިއެވެ. އެގޮތަށް ހަމަޖެއްސެވީ ހަމަ ދެންމެ މިއަދު ހެދުނު މެލޭޝިޔާގެ އަގޮން (ރަސްގެފާނު) ގަނޑުވަރުގައި ބޭއްވެވި ރަސްމިއްޔާތު ގައެވެ.  މިގޮތަށް ނިންމެވުމުގެ ކުރީން މިދިޔަ ހަތަރު ދުވަހެއްގެ ތެރޭގައި ރަސްގެފާނު ވަނީ މެލޭޝިޔާގެ ހުރިހާ ޕާޓީތަކުގެ ލީޑަރުންނާއި އެކު މަޝްވަރާ ބައްދަލުވުން ބާއްވަވައިފައެވެ. އަދި މިއަދު ހެދުނު، މެލޭޝިޔާގެ އެހެން ހުރިހާ ސްޓޭޓެއްގެ ރޫލަރުންނާއި އެކުވެސް އޯޑިއަންސްއެއް (ބައްދަލުވުމެއް)ބޭއްވެވިއެވެ. އެ ބައްދަލުވުމަށްފަހު މިވަނީ އެގޮތަށް ނިންމަވާ ޢިއުލަން […]

ޕާކިސްތާނު ސިފައިންގެ ވެރިޔާގެ ޢާއިލީ މުއްސަނދިކަން ތަހްގީގު ކުރަނީ 

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވީދު ބަޖްވާ އެ މަގާމުގައި ހުންނެވި އިރު ހަތިޔާރު ގަތުމުގެ މުޢާމަލާތުތަކުން އެތައް ބިލިއަން ރުޕީސްގެ ފައިދާ ޢާއިލާގެ ބޭނުމަށްޓަކައި ހޯދާފައިވާކަމަށް އޮންލައިން ނޫހަކުން ހާމަކުރި ރިޕޯރޓަކާ ގުޅިގެން ލީކުކޮށްލާފައިވާ ޓެކްސްއާ ބެހޭ ސިއްރު ލިއުންތަކެއްގެ މައްސަލަ ތަޙުގީގުކުރަން ސަރުކާރުން ނިންމައިފިއެވެ.  ޕާކިސްތާނުގެ މާލީ ވުޒާރާއިން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ ޖެނެރަލް ގަމަރް ޖާވީދު ބަޖްވާ ގެ  ޢާއިލާއާ ބެހޭގޮތުން ލީކު ކޮށްލާފައިވާ ޓެކްސް އާ ބެހޭ މައްސަލަތަކަކީ ވަރަށް ސީރީއަސް މައްސަލަތަކެއް […]

ރައީސް ޔާމީނު ޝަރިޢަތުގެ ފަހު އަޑު އެހުން އަންނަ ހަފުތާގައި 

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބޭއްވުމަށް ކޯޓުން ނިންމައިފިއެވެ. މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުން ނިންމަވާލައްވަމުން ގާޒީ  ޝަކީލު ވިދާޅުވީއަންނަ ބުދަ ދުވަހު އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމެވެ. އެއަށްފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ އޮންނާނީ ހުކުމް އިއްވުމެވެ. ރައީސް ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދަޢުވާއެވެ. ދަޢުވާ އުފުލާފަވަނީ އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ތެރެއިން އެރަށް ޔޫސުފް […]

އުތުރު ކޮރެޔާގެ އިންޒާރު އެމެރިކާއަށް 

ދެވަނަ ބޮޑު ހަނގުރާމާގައި ފުރަތަމަފަހަރަށް އިންސާނީ ތާރީޚުގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުން އޭގެ ހިތި ރަހަ އަދިއަދަށްދާންދެންވެސް ޖަޕާނުގެ ރައްޔިތުން އަރުތެރޭން ނުފިލައެވެ. ނިއުކްލިއަރ ހަތިޔާރު ބޭނުން ކޮށްފާނެ ވާހަކަދައްކާ އަޑު އިވުނަސް ގައިން ހީބިހި ނަގައިގެން ދެއެވެ.  އެކަމަކު މިއަދު އެވާހަކަތައްވެސް މިއޮތީ ދީވާލީ މޫސުމުގައި އިންޑިއާގެ ކަންކޮޅުތަކުގައި ފަޓާސް ބޭނުން ކުރުންކަހަލަ އިޝްތިހާރަކަށް ވެފައެވެ.ހައިރާންވާން ޖެހޭކަމަކީ އެވާހަކަ އެންމެގަދަޔަށް ދައްކަނީ އެނުބައި ވިހަ ހަތިޔާރު ބޭނުންކުރި އެމެރިކާ ކަމަށް ވާތިއެވެ. އަބަދުވެސް އެމެރިކާ ދުނިޔޭގެ ސުލްޙަމަސަލަސް ކަމަށް ލޯބިކުރާ ވާހަކައިންނެވެ. […]

ޕާސް އާއި އެކު މެލޭޝިޔާގެ ސިޔާސީ ދަތުރު، އާ ސަރުކާރު އުފެއްދުމުގެ ސުންގަޑި މާދަމާ..

މިމަހުގެ 19 ވަނަދުވަހު ބޭއްވުނު މެލޭޝިޔާގެ އާންމު އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އިސްލާމިކް ޕާޓީ ޕާސް އިން ފުރަތަމަ ފަހަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. އެކަމާއި ގުޅިގެން މީޑިއާ ރިޕޯޓް ބުނާގޮތުން މެލޭޝިޔާގައި ބަނގުރަލާ ލޮޓްރީއާއި ގޭމްބްލިންގ އަދި ކެސިނޯގެ ވިޔަފާރީގެ މާރކެޓްތަކުގެ އަގު ވަރަށްބޮޑަށް ވެއްޓިގެން ދާނެއެވެ. އެހެނީ ޕާސް ޕާޓީ އިން ގަބޫލުކުރާގޮތުގައި އެޕާޓީގެ އެންމެބޮޑު އެއް އަސާސަކީ އިސްލާމީ ޝަރިޢަތް ކަނުގައި މިއަދާހަމަޔަށްވެސް ބުނަމުން އަންނާތީއެވެ. ވުމާއިއެކު އެޕާޓީން ދެކޭގޮތުގައި އެފަދަ ކަންތައްތަކަކީ ޙަރާމް ކަންތައް ތަކެވެ. އަދި […]