ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވީދު ބަޖްވާ އެ މަގާމުގައި ހުންނެވި އިރު ހަތިޔާރު ގަތުމުގެ މުޢާމަލާތުތަކުން އެތައް ބިލިއަން ރުޕީސްގެ ފައިދާ ޢާއިލާގެ ބޭނުމަށްޓަކައި ހޯދާފައިވާކަމަށް އޮންލައިން ނޫހަކުން ހާމަކުރި ރިޕޯރޓަކާ ގުޅިގެން ލީކުކޮށްލާފައިވާ ޓެކްސްއާ ބެހޭ ސިއްރު ލިއުންތަކެއްގެ މައްސަލަ ތަޙުގީގުކުރަން ސަރުކާރުން ނިންމައިފިއެވެ.
ޕާކިސްތާނުގެ މާލީ ވުޒާރާއިން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ ޖެނެރަލް ގަމަރް ޖާވީދު ބަޖްވާ ގެ

ޢާއިލާއާ ބެހޭގޮތުން ލީކު ކޮށްލާފައިވާ ޓެކްސް އާ ބެހޭ މައްސަލަތަކަކީ ވަރަށް ސީރީއަސް މައްސަލަތަކެއް ކަމަށާއި ބޮޑުވަޒީރުގެ ޓެކްސްއާއިބެހޭ ޚާއްސަ އެހީތެރިޔާ ތޯރިގް މަޙްމޫދު ޕާޝާ އެ މައްސަލަ ތަޙްގީގު ކުރުމަށްފަހު 24 ގަޑިއިރުތެރޭގައި ރިޕޯރޓް ހުށައަޅުއްވާނެ ކަމުގައެވެ.
ބުލޫމްބަރގް އިން ސިފައިންގެ މީޑިއާ ވިންގް އިންޓަރ-ސަރވިސަސް ޕަބްލިކް ރިލޭޝަންސް މިމައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ހޯދަން ގުޅުމުން މާލީ ވުޒާރާއަށް ގުޅުމަށް ވަނީ ބުނެފައެވެ. އޭނާ އިތު ޖަވާބެއް ދޭކަށް ބޭނުމެއް ނުވިއެވެ.
ފެކްޓް ފޯކަސް ނިއުސް ޕޯރޓަލުން ޚަބަރު ދީފައިވާގޮތުގައި 2016 ވަނައަހަރު މަގާމާ ޙާވާލުވެ ވަޑައިގަތުމަށްފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޖެނެރަލް ބަޖްވާގެ ޢާއިލާއަކީ ބިލިއަނަރުންނަށް ވަނީ ވެފައެވެ. ސަރުކާރުގެ ތެރޭގައި ސިފައިންގެ ބާރު ފެތުރިފައި އޮންނަލެއް ބޮޑުކަމުން ސިފައިންނާބެހޭ ވާހަކައެއް ލީކްކޮށްލުމަކީ ޕާކިސްތާނުގައި ވަރަށް ނުރައްކާތެރި ކަމެކެވެ.
1947 ގައި ޕާކިސްތާން މިނިވަންވީއްސުރެން މިހާތަނަށް ހިންގަމުން ގެންދިޔަ ސަރުކާރުތަކުގެ ދެބައިކުޅަ އެއްބައި ހިންގާފައިވަނީ ސީދާ ސިފައިންގެ ބާރުގެ ދަށުންނެވެ.
އެމެރިކާގައި ދިރިއުޅެމުން ގެންދާ ޕާކިސްތާނުގެ ނޫސްވެރިޔާ އަޙުމަދު ނޫރާނީ ހާމަކޮށްފައިވާ ގޮތުގައި ޖެނެރަލް ބަޖްވާ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އޭނާގެ އަނބިކަބަލުންނާއި އާއިލާގެ މެމްބަރުން ގެންދަވަނީ ރިއަލް އިސްޓޭޓާއި ތެލުގެ ބޮޑެތި ވިޔަފާރިތަކަށް އިންވެސްޓްކޮށް ގައުމުން ބޭރަށް ފައިސާ ފޮނުވަމުންނެވެ.
ޖެނެރަލް ބަޖްވާ މި ހިނގާ ނޮވެމްބަރު މަހުގެ 29 ވަނަދުވަހު މަގާމުން މުސްކުޅި ކުރައްވާނެއެވެ. މީގެ ދެއަހަރުދުވަސް ކުރިން ބޮޑުވަޒީރު އިމްރާން ޚާންގެ ޚާއްސަ އެހީތެރިޔާގެ މަގާމުގައި ހުންނެވި އާސިމް ސަލީމް ބަޖްވާގެ އާއިލާއިން ނުބައްދަލު މުއްސަނދިކަމެއް ހޯދައި އެމެރިކާގައި ނަންމަޝްހޫރު ޕާޕާ ޖޯންސް އިންޓަރނޭޝަނަލް އިންކޯޕަރޭޓެޑް މިލްކުކުރުންފަދަ މައްސަލަތަކެއް ހަމަ އެ ވެބްސައިޓުން ހާމަކުރުމާ ގުޅިގެން އާސިމް ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
ނަމަވެސް އޭނާ ވިދާޅުވެފައިވަނީ ގާނޫނާ ޚިލާފް އެއްވެސް ކަމެއް އޭނާ ނުކުރާކަމަށެވެ.
2 Responses
ކާނަލް ނާޒިމުވެސް މިހެން ދޯ އެ މަހުޖަނަކަށްވީ؟ ހަތިޔާރު ވިއްކިޔޭވެސް ބުނެއުޅޭ.
މީނަ ބޭނުންކޮށްގެން އިމްރާނުގެ ވެރިކަން ދުއްވާލައިފާ މިހާރު މީނަވެސް އެ އިންދާލީ. ޕޮލިޓިކްސް ދޯ. ޒަދާރީ ވެސް އެތަކެއް ވައްކަމުގެ ޝަރީއަތްތަށް ކޯޓްގައިއޮއްވާ ވޯޓެއް ގަނެލައިގެން ބަރުލަމާނީ ސިސްޓަމުން އެވެރިކަން ދަމާއިގަތީއެވެ. މަކަރާއި ޙީލަތާއި ފަސާދަ އެއި މިހާރު މިކިޔާ ސިޔާސީއެވެ.