ޕާސް އާއި އެކު މެލޭޝިޔާގެ ސިޔާސީ ދަތުރު، އާ ސަރުކާރު އުފެއްދުމުގެ ސުންގަޑި މާދަމާ..

Loading

Facebook
Twitter
WhatsApp


މިމަހުގެ 19 ވަނަދުވަހު ބޭއްވުނު މެލޭޝިޔާގެ އާންމު އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އިސްލާމިކް ޕާޓީ ޕާސް އިން ފުރަތަމަ ފަހަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. އެކަމާއި ގުޅިގެން މީޑިއާ ރިޕޯޓް ބުނާގޮތުން މެލޭޝިޔާގައި ބަނގުރަލާ ލޮޓްރީއާއި ގޭމްބްލިންގ އަދި ކެސިނޯގެ ވިޔަފާރީގެ މާރކެޓްތަކުގެ އަގު ވަރަށްބޮޑަށް ވެއްޓިގެން ދާނެއެވެ.

އެހެނީ ޕާސް ޕާޓީ އިން ގަބޫލުކުރާގޮތުގައި އެޕާޓީގެ އެންމެބޮޑު އެއް އަސާސަކީ އިސްލާމީ ޝަރިޢަތް ކަނުގައި މިއަދާހަމަޔަށްވެސް ބުނަމުން އަންނާތީއެވެ. ވުމާއިއެކު އެޕާޓީން ދެކޭގޮތުގައި އެފަދަ ކަންތައްތަކަކީ ޙަރާމް ކަންތައް ތަކެވެ. އަދި ބައިޢަތު ހިފޭނީވެސް އެގޮތް ގަބޫލުކުރާ ކޯލިޝަންކާއި އެކުގައިކަމަށެވެ.

މި ”ޙަރާމް“ ބައެއް ވިޔަފާރިތައް 1993 ވަނަ އަހަރުގެ ފެންވަރަށް ވެއްޓޭނެކަމަށް ބެލެވޭއިރު މިހާރުވެސް ބިޔަރުގެ ވިޔަފާރި 10 އިން ސައްތައަށް ވުރެންވެސް ދަށަށް ވެއްޓިއްޖެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.                                      

ޕީ. އޭ. އެސް. (ޕާސް) އިއްޔެ ނިމުމު ޖީ15 އިލެކްޝަންގައި 220 ގޮނޑީގެ ޕާލަމެންޓުން 49 ގޮނޑި ކާމިޔާބު ކޮށްފައިވާތީ މުހުޔިއްދީން ޔާސީން ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރެވުނު ކަމުގައިވިޔަސް  ޕީ. އޭ. އެސް. ގެ ނުފޫޒު ސަރުކާރުގެ މައްޗަށް ވަރަށް ގަދަވާނެކަމަށް ބެލެވެއެވެ. އަދި އިސްލާމީ ޝަރީއަތް ގާއިމް ކުރުމަށްޓަކައި މަގުފަހިކުރުމަށް ބާރުއެޅޭނެކަމަށް ބުނެއެވެ.                       

ސިންގަޕޯރުގެ އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް އެފެއާރޒްގެ އޯހ އީ ސުން ވިދާޅުވާގޮތުގައި ޔާސީންގެ އިއްތިހާދުގެ ސަރުކާރެއް އުފެއްދިއްޖެ ނަމަޕާރލަމެންޓުގެ އެންމެ ގިނަ ގޮނޑީގައި ތިއްބަވާނީ ޕާސް ޕާޓީ އަށް ނިސްބަތްކުރެވޭ މެމްބަރުން ކަމުގައި ވުމުން ސަރުކާރުގެ ތެރޭން އެމީހުންގެ ފަލްސަފާ ތަންފީޒުކުރަން ބާރު އަޅާނެއެވެ. 

އަދި މިހާރުގެ މަލްޓިޕާޓީ ޑިމޮކްރެސީ ދެމިއޮންނާނެ ކަމަށްވެސް ބަލައިގެން ނުވާނެއެވެ. ހަމަމިމޭރުމުން އާރ. އެޗް. ބީ. ބޭންކުގެ މުހައްލިލެއް ކަމުގައިވާ އެލެގްޒެންޑަރ ޗިއާގެ ނޯޓެއްގައި ހާމަ ކޮށްފައިވަނީ ޕާސް ގެ ވިސްނުމާއިފިކުރަށް ބަލާއިރު ގޭމްބްލިންގ އާއި ބިޔަރު އުފެއްދުމާއި ދުންފަތުގެ ބާވަތްތަކާ ގުޅޭ ގާނޫނުތައްވެސް ހަރުކަށި ބަދަލުތަކެއް ގެނެވިގެންދާނެ ކަމަށް ބަލަން ޖެހޭކަމަށެވެ.


ޕުތުރާޖާޔާގެ ރަސްގެފާނުގެ ގަނޑުވަރުން އެންމެފަހުން ނެރުއްވި ބަޔާނުގައި ވާގޮތުން ސަރުކާރެއް އުފެއްދުމަށް ޔާސީން އަށާއި އަންވަރަށް،އެފަރާތްތަކަށް ތާއިދު ކުރައްވާ މަދުވެގެން 112 މެމެބަރުންގެ ނަންތައް ފޮނުވުމަށް އޮތް ސުންގަޑި މާދަމާ (އަންގާރަ 22) ގެ 2 ޖަހާއިރަށް މިވަނީ އިތުރުކޮށް ދެއްވާފައެވެ

Loading

One Response

  1. ބޮޑު ކާމިޔާބީއެކެވެ. އެހެނަސް އެހެންބަޔަކާއި އެކު ސަރުކާރަށް ދިއުމުން މާބޮޑު މަންފާއެއް ދީނީ ލައިންނުން ވާނެ ހެނެއް ހިއެއް ނުވޭ. އެހެނީ ކަރަޕްޝަނާ ފަސާދައިން ތި 49 ގޮޑިން 50% ގަނެލާނެތީއެވެ. ދެން ބަލަމާހިނގާ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް