މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒިރު ކަމަށް އަންވަރު އިބްރާހީމް 

Loading

Facebook
Twitter
WhatsApp

އެންމެފަހުގެ ޚަބަރު:

މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރު ކަމަށް އިދިކޮޅު ލީޑަރ ދަތޯ ސްރީ އަންވަރު އިބުރާހިމް އައްޔަން ކުރައްވައިފިއެވެ. އެގޮތަށް ހަމަޖެއްސެވީ ހަމަ ދެންމެ މިއަދު ހެދުނު މެލޭޝިޔާގެ އަގޮން (ރަސްގެފާނު) ގަނޑުވަރުގައި ބޭއްވެވި ރަސްމިއްޔާތު ގައެވެ. 

މިގޮތަށް ނިންމެވުމުގެ ކުރީން މިދިޔަ ހަތަރު ދުވަހެއްގެ ތެރޭގައި ރަސްގެފާނު ވަނީ މެލޭޝިޔާގެ ހުރިހާ ޕާޓީތަކުގެ ލީޑަރުންނާއި އެކު މަޝްވަރާ ބައްދަލުވުން ބާއްވަވައިފައެވެ. އަދި މިއަދު ހެދުނު، މެލޭޝިޔާގެ އެހެން ހުރިހާ ސްޓޭޓެއްގެ ރޫލަރުންނާއި އެކުވެސް އޯޑިއަންސްއެއް (ބައްދަލުވުމެއް)ބޭއްވެވިއެވެ. އެ ބައްދަލުވުމަށްފަހު މިވަނީ އެގޮތަށް ނިންމަވާ ޢިއުލަން ކުރައްވާފައެވެ.

ނިމިދިޔަ 15ވަނަ ޖެނެރަލް އިލެކްޝަންގައި އެއްވެސް ކޯލިޝަން ޕާޓީއަކަށް މަޖިލިސްގެ މެޖޯރެޓީ 112 ގޮނޑި ލިބިފައެއް ނެތެވެ. އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވީވެސް އަންވަރުގެ ޕަކަތާން ހަރަޕަން ކޯލިޝަނުންނެވެ. ދެން އެންމެގިނަ ވޯޓް ހޯއްދެވީ ކުރީގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ މުޙިޔުއްދީން ޔާސީންއެވެ.

Loading

2 Responses

  1. ތިކަމާ އެންމެ ދެރަވާނީ މަހާތީރެވެ. އަންވަރަށް ކޮންމެފަހަރަކު ލަނޑުދީފާ އޭނާގެ ނިމިން އެދިޔައީ މަޖިސްގޮނޑިވެސް ގެއްލި ނިކަމެތިވެގެނެވެ. ދުނިޔޭގައިވެސް ނާއިންސާފު ގެ ހިތި ނަތީޖާ މަހާތީރަށްވެސް އެ ދެއްކެވީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް