ފާޚާނާކަރުދާހުގެ އަގު އަތްނުފޯރާ ހިސާބަށް

ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަގުބޮޑު ވަމުންދާ އެއްޗެހީގެ ލިސްޓުގެ އެންމެ ކުރިއަށް ފާޚާނާ ކަރުދާހުގެ އަގު އަރައިގެން ހިނގައްޖެއެވެ. އަދި ފާޚާނާ ކަރުދާސް މާރކެޓަށް ނުލިބިދާނެެ ކަމުގެ ބިރުވެސް ކުރިމަތި ވެއްޖެއެވެ.                                                            ފާޚާނާ ކަރުދާސް އުފެއްދުމަށް އެންމެ އާންމުކޮށް ބޭނުންކުރާ […]

ޔޫކްރެއިން ހަކަތައިގެ ވަސީލަތްތަކުން ބޮޑުބައެއް ވީރާނާ ކޮށްލައިފި 

ޔޫކްރެއިންގެ ހަކަތައާއިބެހޭ ވަޒީރު ވިދާޅުވެފައި ވާގޮތުގައި ފާއިތުވެގެން މިދާ ތިން ދުވަހުގެ ތެރޭގައި ޔޫކްރެގެ ހަކަތައިގެ ވަސީލަތްތަކުގެ 30 އިން ސައްތަ ރަޝިޔާގެ މިސައިލްތަކުން ވީރާނާ ކޮށްލައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ފެށުނީއްސުރެން މިއީ ފުރަތަމަ ފަހަރު ހަކަތައިގެ ވަސީލަތްތަކަށް ރަޝިޔާއިން ގަސްދުގައި ހަމަލާދިން ފުރަތަމަފަހަރެވެ.  ޔޫކްރެއިނުން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ވީހާވެސް އަވަހަކަށް އެތަންތަން އަލުން އޮޕަރޭޝަނަށް ގެނެވޭތޯއެވެ. ސީ. އެން. އެން. ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ހަލުޝިންކޯ ވިދާޅުވީ ރަޝިޔާއިން މިޙަމަލާތައް ދީފައިމިވަނީ ރަޝިޔާގެ ހަކަތަ ނުލިބުން ޔޫރަޕަށް ކުރިމަތި […]

މަސްޖިދުއް ޒިކުރާގެ އިމާމު ސަސްޕޭންޑް ކޮށްފި 

ލ. ގަމު މަސްޖިދުއް ޒިކުރާގެ އިމާމު ޢަލީ ޝަރީފު އިމާމުކަމުން ސަސްޕެންޑް ކޮށްފިއެވެ. ޝަރީފު ވިދާޅުވިގޮތުގައި އޭނާއަށް ގަމު ކައުންސިލުން ފޯނުކޮށްފައި ގޭގައި މަޑުކުރުމަށް ވަނީ އެނަގައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މިވީ ތިންމަސް ދުވަހުގެ ތެރޭގައި ވަގުތަށް ނުދެވިވާނީ އެންމެ ބަންގިއަކަށެވެ. އަދި ވަޒީފާ އަދާކުރަމުން ގެންދެވީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. މިހާރު އެނގުނުގޮތުގައި ވަޒީފާ ގެއްލެން ދިމާވި ސަބަބަކީ ރައީސް ސޯލިޙު މިދޭތެރެއިން ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ ސިޔާސަތާއި ހިތްހަމަ ނުޖެހޭކަން ދެއްކުމުގެ ގޮތުން […]

  ތިނަދޫގެބިން ޢިލްމީނޫރުން ދިއްލާލަދެއްވި އަލިގަދަ ތަރި މަޝްހޫރު އަލްގޭ ބެއްޔާގެ ޒިކްރާ 

      ގދ. ތިނަދޫ މަޝްހޫރު އަލަގޭ މުޙައްދު ޢަލީ ތަކުރުފާނު (ޢަލަގެ މުޙައްމަދު ޢަލީ) އަލްގޭ ބެއްޔާއަކީ މުޅި ގދ.އަތޮޅުގެ އެތަކެއް ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގާ އަޅުއްވާ ދެއްވި އަގުހުރި ބޭކަލެކެވެ.     ހަދާނާ ތާރީޚުގެ ތެރެއިން ވެސް އަލަގޭ ބެއްޔާ އަކީ ފަނޑު ވުމެއްނެތް ދާއިމަށްދެމިހުންނަނިވި އަގުހުރި ތަޢުލީމީ ޚިދުމަތްތަކެއް ފޯރުކޮށް ދެއްވި ބޭކަލެކެވެ.      އަލަގޭ ބެއްޔާއޭ ބުނުމުން އެއީ ކޮން ބޭކަލެއްކަން ނޭނގޭ އެއްވެސް މީހަކު މި ފަހަކާ ޖެހެންދެން މުޅި ހުވަދޫ އަތޮޅުގައި ވެސް […]

ހަ މީހުންނާ އެކު ދަތުރުކުރި ދޯންޏެއް އޮޔާދާތީ ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި

ކ.ކާށިދޫ ކަނޑުން އިންޖީން ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަންފަށައިފިއެވެ.  އެމްއެންޑީއެފްން ބުނީ އެ ދޯންޏަކީ ހަ މީހުންނާއެކު މިއަދު މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ދޯނީގެ އިންޖީނު ހުއްޓި އޮޔާދާ ދޯންޏެއް ކަމަށާ މި ދޯނި ހުއްޓުނުއިރު ދަތުރުކުރަމުންދިޔައީ ކާށިދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ.  ”ހައިރާތު“ ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:01 ހާއިރުކަމަށް އެންއެންޑީއެފްން […]

އަރުޝަދު ދޫކޮށްލި މައްސަލައިގައި ފުލުހުން އޮޅުވާލައިވާކަމުގެ ތުހުމަތު ޕީޖީން ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމުގެ އިސްކޮށްހުންނަ ފަރާތެއްކަމަށް ތުހުމަތުކުރެވޭ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ދޫކޮށްލި މައްސަލައިގައި ފުލުހުން އޮޅުވާލައިފައިވާކަމުގެ ތުހުމަތު ޕީޖީން ކޮށްފިއެވެ. ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފައި ވަނިކޮށް އަރުޝަދު ދޫކޮށްލި މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހަދައި ބައެއް ކަންކަން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ޕީޖީން ބުނީ އަރުޝަދު ކޯޓަށް ހާޒިރުކުރުމުގެ ކުރިން އޭނާ ދޫކޮށްލުމަށްފަހު އެކަމާ ގުޅޭ ލިޔުމެއް ފުލުހުންގެ ފަރާތުން އަރުޝަދުއަށް ދިން ކަމަށެވެ. […]

މާލޭގެ އެއްގަމުތޮށި އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާވޭ ހެދުމަށް ސޮއިކޮށްފި

މާލޭގެ ވަށައިގެން ޖަހާފައިވާ އެއްގަމު ތޮށި އަފްގްރޭޑްކުރުމަށް ބޭނުންވާ ސާވޭ ކުރަން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އާއި ޕްލޭނިން މިނިސްޓްރީ އާއި ދެމެދު މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްލޭނިން މިނިސްޓްރީން މި އެއްބަސްވުމުގެ ދަށުން ކުރެވޭ ސާވޭ ކުރަނީ ހިލޭ ކަމަށާ މި ސާވޭގައި މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމަށް ބޭނުންވާ ސާވޭ އާއި އަދި ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ […]

ބުރިޖުން ދަތުރުކުރާއިރު ސަމާލުވާން އިލްތިމާސްކޮށްފި

މޫސުމް ގޯސްވުމުގެ ސަބަބުން ބުރިޖުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު އެއްގަމު އުޅަނދު ދުއްވުމުގައާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކުރާކަމަށެވެ. ”އެގޮތުން، އަތޮޅު ތެރެއާއި، މާލެ އަދި ހުޅުމާލޭގެ މަގުތަކާއި ބުރިޖު ބޭނުންކުރުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު އުޅަނދު ކަހާލުން ފަދަ ހާދިސާއެއް ދިމާނުވާނޭހެން އިތުރު ސަމާލުކަމެއް […]

ފެމިލީ ކޯޓުގެ އިސްގާޒީއަކަށް އިބްރާހިމް މާހިރު އައްޔަންކުރައްވައިފި

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ރ. އަލިފުށި، މެޑޯޒް، އިބްރާހިމް މާހިރު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުޒައިފާ މުހައްމަދު މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ އިސް ގާޒީގެ ޒިންމާ ވަގުތީ ގޮތުން އުފުއްލަވަމުން ގެންދަވަނީ ވެސް މާހިރު […]

މާލޭ ގެއަކުން ދުންއަރާތީ ފުލުހުން ދިޔައިރު ބަނގުރާކަށްކަނީ

މާލޭސިޓީގެ ގެއަކުން ދުން އަރާތީ ފުލުހުން އެ ސަރަހައްދަށް ދިޔައިރު ދުން އަރަމުން ދާތީ ފުލުހުން ދިޔައިރު ބަނގުރާ ކަށްކަން ތިއްބާ ފެނިއްޖެއެވެ. ބަނގުރާ ކަށްކަނިކޮށް ފެނިފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުންނަ ގެއަކުންނެވެ. ފުލުހުން ބުނީ އެ ގެއިން ދުން އަރާތީ މިއަދު ހެނދުނު 6:12 ހާއިރު ލިބުނު ރިޕޯޓަކާއި ގުޅިގެން ސިފައިންނާއި ފުލުހުން އެގެއަށްގޮސް ދޮރުގައި ޓަކި ދިނުމުންވެސް އެއްވެސް މީހަކު ދޮރު ނުހުޅުވިކަމަށެވެ. އަދި ބާރުގެ ބޭނުން ކޮށްގެން އެގެއަށް ވައިންއިރު އެގެއިން […]