ލ. ގަމު މަސްޖިދުއް ޒިކުރާގެ އިމާމު ޢަލީ ޝަރީފު އިމާމުކަމުން ސަސްޕެންޑް ކޮށްފިއެވެ. ޝަރީފު ވިދާޅުވިގޮތުގައި އޭނާއަށް ގަމު ކައުންސިލުން ފޯނުކޮށްފައި ގޭގައި މަޑުކުރުމަށް ވަނީ އެނަގައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މިވީ ތިންމަސް ދުވަހުގެ ތެރޭގައި ވަގުތަށް ނުދެވިވާނީ އެންމެ ބަންގިއަކަށެވެ. އަދި ވަޒީފާ އަދާކުރަމުން ގެންދެވީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ.
މިހާރު އެނގުނުގޮތުގައި ވަޒީފާ ގެއްލެން ދިމާވި ސަބަބަކީ ރައީސް ސޯލިޙު މިދޭތެރެއިން ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ ސިޔާސަތާއި ހިތްހަމަ ނުޖެހޭކަން ދެއްކުމުގެ ގޮތުން ހަމަހިމޭން މުޒާހަރާއެއްގައި ބައިވެރިވެފައި ވުމެވެ. އެއީ ފޮތިގަނޑެއްގައި ރައީސް ސޯލިޙުގެ ސަރުކާރުން ކަންތައް ކުރައްވާގޮތްތަކަށް ފާޑުކިޔުމެވެ. އަދި ބައެއް ކަންތައްތަކާއި ނުރުހެވޭކަން ފައުޅުކުރުމަށެވެ.

ޝަރީފު ވިދާޅުވިގޮތުގައި އޭނާ ދިރިއުޅެމުން ގެންދިޔައީ މިސްކިތާއި 10 ކިލޯމީޓަރު ދުރުގައެވެ. ނަމަވެސް އެންމެ ދުވަހަކު ނޫނީ ބަންގިއަށް ގަޑިޖެހިފައި ނުވާނެއެވެ. އަދި މިސްކިތައް ނަމާދަށް ދާ މީހުންނަށް އެނާގެ ނަމާދު ކުރުމާއި ކިޔެވުމާއި ޚުތުބާ ކިޔެވުންފުރިހަމަ ކަމަށްބުނެ ތަޢުރީފުގެ ބަސްތައް ބުނެފާވެއެވެ.
މިސަރުކާރުން ޑިމޮކްރެސީގެ އުސޫލު ތަކާއި ޢަދުލްއިންސާފު ދަމަހަށްޓަން ވެފައިވާ ވަޢުދުގެ އަޑު ހަރުކޮށް ކަންފަތަށްއިވި ހިތުގައި އެކަން ހަރުލާފައިވުމުން މިފަދަ އަނިޔާއެއް މިގޮތަށް ލިބިދީފާނެ ކަމަކަށް ވިސްނިފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި ޝޭޚް އިމްރާން އެ ވިދާޅުވެފައިވާ ޢަދުލު އިންސާފުގެ ނަމޫނާ ވެރިކަމެއް ހިންގަމުންގެންދަވާ ސަރުކާރަކުން މިފަދަ ނާއިންސާފުން ޢަމަލު ކޮށްފާނެކަމަށް ވިސްނިފައިނުވުން އެއީ އެނާގެ ކުށްކަމުގައި މިހާރު ގަބޫލުކުރެއެވެ.
އެމުޒަހަރާގައި ބައިވެރިވުމަށްފަހު ދިމޭވޭ ކޮންމެ ދިމާލަކުން އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އިމާމު ޝަރީފަށް ވަރަށް ހުތުރުބަހުން ބަވާފައެވެ. އަދި މާލަސްތަކެއް ނުވެ ވަޒީފާއިން ބޭރުކުރާނެކަމަށްވެސް ބުނެފައެވެ.
4 Responses
އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤުބަސްފާޅުކުރުމަށްވުރެ ބޮޑު ޖިހާދެއް ނެތް
ވިސްނުމެއްނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކުދޭހުގާ
ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދޭއޭ ޢުމުރުން މުޅިން
އެމީހުންގެ ޑިމޮކްރެސީއަކީ ތިބާ އަސް ދިމާކުރުމެވެ. ބީރު ދެލޯކަނު ދިމާކުރެސީއެއް ގައުމަށް ފާވީމާ ދެންވާނެ ގޮތްތައް ތިފެންނަނީއެވެ. އިމާމަށް އޮންނާނީ ވެރިކަމުގައި ތިބޭބެޔަކު ބުނާގޮތަށް ބަންގިދީ ނަމާދު ކުރުމެވެ.
ދެރައީ ދީނީ ޕާޓިއެކޭ ކިޔައިގެން އުޅޭ ޢަދާލަތު ޕާޓީ މިފަދަ އަނިޔާތަކުގައި ބައިވެރިވާކަމެވެ. އަދި މިސަރުކާރުގެ ބޮޑުންނާއި އެމްޑީޕީ އިން ދީނަށް ފުރަށްސާރަކުރަމުން ދާއިރުވެސް ހަމަ މިވަރެއް ނެތިގެން އުޅޭތީއެވެ. ދުނިޔެ އެންމެވެސް ބޭނުންވާނެއެވެ. އެހެނަސް އަދާލަތު ޕާޓީގެ ބޮޑުންވަރެއް މަށެއް ނުދެކެމެވެ.