ތުރުކީ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ތުރުކީ ރަސްމީ މީޑިއާތަކުން ޚަބަރުދޭގޮތުގައި ނޭޓޯގެ މެމްބަރެއްގެ ގޮތުގައިވެސްއޮތް ތުރުކީން މިހާރު އެސް.ސީ.އޯ. (ޝެންގހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން) ގެ މެމްބަރުކަން ހޯދަން ބޭނުންވާ ކަމުގައެވެ. އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއް ފެށުމުގެ ކުރިން އުޒުބަކިސްތާނުގައި އޮތް އެސް.ސީ.އޯ. ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރި ވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ވިދާޅުވީ އެސް. ސީ. އޯ. ގެ ގައުމުތަކާއެކު އަހަރެމެން މިއަޅާ ފިޔަވަޅުތަކުން ގައުމުތައް ކުރިއެރުމުގައި އިތުރު އުސްމިނަކަށް ދެވޭނެ ކަމަށް އުންމީދު ކުރެވޭކަމަށެވެ. ތުރުކީއަކީ މިހާރު އެސް. ސީ. އޯ. […]
ނަބީހު އަށް ސައުދީގެ އިސްލާމިކް އެފެއާޒްގެ ބޭފުޅުންގެ ތައުރީފު
ސައުދި އަރަބިއްޔާގައި ”ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ގުރުއާން“ގެ ނަމުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް ދިޔަ ރާއްޖޭގެ އަލްހާފިޒް އަޙްމަދު ނަބީހު ކިޔެވުމުގެ އަޑު އިވިފަ ސައުދީގެ އިސްލާމިކް އެފެއާޒްގެ ބޭފުޅުންގެ ތައުރީފު ކޮށްފިއެވެ. ނަބީހުގެ އާއިލާއިން ބުނީ ނަބީހުގެ ގުރުއާން ކިޔެވުމާއި ބަންގި ގޮވުން އަޑު އެހުމަށްފަހު ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ބޭފުޅުން އޭނާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށް ހިތްވަރުދީފައިވާ ކަމަށެވެ. ނަބީހުގެ އާއިލާއިން ބުނީ ނަބީހު ކިޔަވާ […]
ވިނަރެސް ފްލެޓްތަކަށް ކުރިމަތިލީ ނިސްބަތުން މަދު ފަރާތަކުން
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތައް ގަންނަން ހުޅުވާލި މުއްދަތު ހަމަވިއިރު މި ފްލެޓްތަކަށް ކުރިމަތިލާފައިވަނީ ނިސްބަތުން މަދު ފަރާތަކުންކަން ހާމަވެއްޖެއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ ވިނަރެސް ފްލެޓަށް އެދުމުގެ ފުރުސަތު މިދިޔަ ބްރާސްފަތި ދުވަހު ހަމަވިއިރު ފްލެޓަށް އެދި ކުރިމަތިލާފައިވަނީ 1،413 މީހުން ކުރިމަތިލި ކަމަށެވެ. ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހިމެނޭއިރު އެތާގައި ހުންނަނީ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް އެވެ. އެހެންކަމަށްވާއިރު ފްލެޓް ހިމެނޭ […]
މާއުނގޫދޫގެ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
ށ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 59.71 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 59,013.29 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި، 3245.48 ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި މީގެ އިތުރުން 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 1508.90 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ނެރު […]
ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެކަމުގެ އިންޒާރު ދިން ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެކަމުގެ އިންޒާރު ދިން ބަޔަކު އައްޑޫސިޓީން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން ދެ މީހަކު އައްޑޫ ސިޓީ ހިތަދޫން ހައްޔަރުކޮށްފައިވާ ކަމަށާ އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ފުލުހުންނަށް އިންޒާރުދީފައިވަނީ ހިތަދޫގައި އިއްޔެގެ ވަގުތެއްގައި ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯވ ކުރުމުންނެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި، […]
މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
މަކަރާއި ހީލަތުގެ މައްސައިގައި މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ބުނީކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ފުލުހުން އާންމުކޮށްފައިވަނީ ކ. މާލެ/ މއ. ސީނުމާ، އިސްމާއީލް އާމިރު (39އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް […]
ފުލުހުންގެ އިދާރާއަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރުދިން މީހާ ކޯޓުން ދޫކޮށްލައިފި
މާލޭގެ ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މާފަންނު ޕްލިސްސްޓޭޝަނަށް ވަދެ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެންނެވެ. އެކަން ހާމަކުރެއްވީ މި ދިޔަ އާދީއްތަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ސީޕީ އޭރު ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ މާފަންނުގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު […]
އެއްޖިންސުން ގުޅުން ހިންގުން މަނާކުރާނަން – ތުރުކީ
ބައިނަލް އަގްވާމީ މީޑިއާތައް ޚަބަރުދޭގޮތުގައި އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުން ހުއްދަނުކުރުމަށާއި އެކަމަށް ވަކާލާތުކުރާ ހަރަކާތްތަކާއިއޭޖެންސީތައްވެސް ބަންދުކުރަން ގޮވާލާ “ ދަ ބިގް ފެމިލީ ގެދަރިންގ “ ގެނަމުގައި އެތައް ހާސްބަޔަކު ތުރުކީގެ ރަށްތަކުގައި އަޑުއުފުލަމުން އެބަގެންދެއެވެ. މި މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުމާއި އެކަންކަމަށް ވަކާލާތުކުރަން ހިންގާ ހަރަކާތްތައްވެސް މަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނު ވުޖޫދު ކުރަން އެދި މަޖިލީހަށް ހުށައެޅުމަށްޓަކައި މިހާތަނަށް ދެލައްކައާއި ގާތްކުރާ އަދަދެއްގެ ރައްޔިތުންގެ ސޮއި ލިބިފައިވާ ކަމަށެވެ. މުޒާހަރާގައި ބައިވެރިވާ މީހުންގެ […]
ކުޑަކުދީންގެ މައްސަލަ ތައް ބޮއްސުން ލައި ދިޔައީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން
ރާއްޖޭގެ ކުޑަކުދީން މައްސަލަތައް ބޮއްސުން ލުމުގެ ކުރިން ބޮއްސުން ލިޔަ ނުދިނުމަށްޓަކާ އެއްވެސް މަސައްކަތެއް ނުކޮށް ތިބުމުގެ ސަބަބުން މިޖެނަރޭޝަނަށް ނިސްބަތްވާ ހުރިހާކުޑަކުދީންގެ މައްސަލަތައް ބޮއްސުންލައި ނިމިއްޖެއެވެ. ރާއްޖޭގައި މިހާރު މަދުރަސާތަކުން ތަޢްލީމު ޙާޞިލް ކުރާ ދަރިވަރުންގެ ތެރޭގައި ވަނީ ލަދުވެތިކަމާ އަޚުލާގީ ސިފަތަށް ނެތިގޮސްފައެވެ. އެހެންކަމާއެކު މިޖެނަރޭޝަނަށް ނިސްވާކުދީންގެ މައްސަލަތައް ޙައްލު ކުރެވޭވަރުގެ އެއްވެސް ގާބިލްކަމެއް މިސަރުކާރަކު ނެތެވެ. ކުޑަކުދީންނަކީ ގައުމުގެ މާދަމާގެ މުސްތަގްބަލް ކަން ދެކެ ދެނެތިބެ މާދަމާގެ މުސްތަގްބަލް ފުނޑާލުމުގެ ޒިންމާ ޖުމްލަގޮތެއްގައި ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން […]
ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނެގުމަށް ހުކުމްކޮށްފު
އިންޑިއާ މީހަކު ރާއްޖެއަށް ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނެގުމަށް ހުކުމްކޮށްފިއެވެ. މި ރަންތައް އަތުލައިގަތީ ޖުލައި 19 ގައި ރާއްޖެ އައި އިންޑިއާ ރައްޔިތެއްކަމަށް ވާ އަކްޝޭގެ ކުމާރު ނަމަކިޔާ މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާ އާއި މެދު ޝައްކު އުފެދި ބެލި ބެލުމުންނެވެ.އެމީހާ ވަނީ ދެ ބްލެޓް ރަން ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތްކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެވަނީ އަކްޝޭ 60،000ރ. އިން ޖޫރިމަނާކޮށް އޭނާ އެތެރެކުރި ރަންތައް ދައުލަތަށް […]