ފުލުހުންގެ އިދާރާއަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރުދިން މީހާ ކޯޓުން ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

މާލޭގެ ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ މާފަންނު ޕްލިސްސްޓޭޝަނަށް ވަދެ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެންނެވެ. އެކަން ހާމަކުރެއްވީ މި ދިޔަ އާދީއްތަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ސީޕީ އޭރު ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ މާފަންނުގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިހެން ފުލުހުން ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލުމަށް އަމުރުކުރީ ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކާ ނުލައި ކަމަށްވާތީ އެވެ. ކޯޓު އަމުރެއް ނެތި މީހަކު ހައްޔަރުކުރެވޭނީ ކުށުގެ ވެށިން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވެ އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެއް ނޫނެވެ.

 ފުލުހަކަށް އިންޒިރާދުން މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކުރުމަށް ކޯޓުން އަމުރުކުރިއިރު ފަހަކަށް އައިސް ފުލުހުންނަށް އަމާޒުކޮށްގެން ބައެއް ގްރޫޕްތަކުން އަންނަނީ ނުރައްކާތެރި ހަމަލާތައްވެސް ދެމުންނެވެ.


މިމަހުގެ ނުވަވަނަ ދުވަހު ޑްރަގް އެންފޯސްޑް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ތިން ފުލުހަކަށް  މަގުމަތިން ވަނީ ހަމަލާދީފަ އެވެ.  
އެ މައްސަލައިގައި މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންނަށް މަގުމަތިން ހަމަލާ ދިން މައްސަލަ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާ މައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސީޕީ ހަމީދު ވަނީ ފުލުހުންނަށް އަންގަފާވަ އެވެ. އަދި މި މައްސަލައާއި ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އަދި 38 މެންބަރުންގެ އިއްތިފާގުން އެމައްސަލަ މަޖިލީހުން ވަނީ ބަލައިގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް